Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުން ސޮއި އަނބުރައި ނެގުމަށް ޒަމީރަށް ގޮވައިލައިފި

"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުން ސޮއި އަނބުރައި ނެގުމަށް ޒަމީރަށް ގޮވައިލައިފި

އެމްޑީޕީއާ އިދިކޮޅު ،ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްވެ އޮވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ސޮއިކުރި ޢަމަލު ކުށްވެރިކޮށް، އެ ސޮއި އަނބުރާ ނެންގެވުމަށް އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާއިން ގޮވައިލައިފިއެވެ.

އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ ސިޔާސީ ހަރަކާތްތެއް ކަމުގައިވާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މައްޗަންގޮޅި
މެދު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ހޮވިވަޑައިގެންފައިވާ މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ސޮއިކުރުން އެއީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތަށް ބާރު ލިބޭގޮތަށް ކޮށްފައިވާ އަމަލެއްކަމުގައި ދެކޭ ކަމަށެވެ.

"އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެން ހުރެ އެ ޕެޓިޝަނުގައި ސޮއިކުރުން އެއީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރުކަމެއް ކަމުގައި ދެކި އަދި ކައުސިލަރ ޒަމީރުގެ މި ޢަމަލުގެ ސަބަބުން މި ދާއިރާގެ އެމްޑީޕީގެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާއިން މި ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ." މައްޗަންގޮޅި ދެކުނު ދާއިރާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މި ޕެޓިޝަނުގައި އޭނާ ސޮއި ކުރެއްވީ ، ސޮއިކުރުން ކުރިއަށް ދިޔަ ތަނަށް ވަޑައިގެން އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް