ޚަބަރު

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަހަކަށް 5،000 ރުފިޔާ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދީފައި ވަނީ ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރައިގެ ގޮތުގައި މަހަކު 5،000ރ. ކަނޑައެޅުމަށް ކަމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

Ads by MWSC

އެކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ޕްރައިވެޓް ސެކްޓަރގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ދޭން ހުށަހެޅީ 24.04 ރުފިޔާ ކަމަށެވެ. އަދި ޤާނޫނުގައި ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ވެގެން މަސައްކަތް ކުރެވޭނީ 48 ގަޑިއިރުގައި ކަމަށް ބަޔާންކޮށްފައި ވާތީ، މި ރޭޓުން ބަލާއިރު މަހެއްގެ މައްޗަށް ޖެހޭނީ 5،000 ރުފިޔާ ކަމަށް ބުނެފައިވެއެވެ.

ޕްރައިވެޓް ސެކްޓަރގެ މެދު ފަންތީގެ ވިޔަފާރިތަކުގެ އެންމެ ދަށް މުސާރައަކީ 7،000 ރުފިޔާއެވެ. އަދި ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކުގެ އެންމެ ދަށް މުސާރައަކީ 8،900 އެވެ. އެއީ މެދު ފަންތީގެ ވިޔަފާރިއަކަށް ގަޑިއިރަކަށް 33.65 ލާރި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް 42.79 ލާރިއެވެ.

ޕަބްލިކް ސެކްޓަރގައި 6 ގަޑިއިރު މަސައްކަތް ކުރާ މުވައްޒިފުންގެ އެންމެ ދަށް މުސާރައަކީ، 7،000 ރުފިޔާއެވެ. 6 ގަޑިއިރަށް ވުރެ މަދުވާ ނަމަ، ގަޑިއިރަކަށް 33.65 ރުފިޔާގެ އުސޫލުންނެވެ. ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ އަދި ކަނޑައެއް ނާޅައެވެ.

އެކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިނިމަމް ވޭޖްއަށް ދީފައިވާ ލަފާ މިހާރު މިނިސްޓްރީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!