ޚަބަރު ރައްޔިތުންގެ މަޖިލިސް

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅިގެން ކުރި ސުވާލު އިމްރާނަށް އަޑު އިވިނުލެއްވި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި

އިންޑިއާ ސަރުކާރާ އެކު ދިވެހި ދައުލަތުން ހަދައިފައިވާ އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވެސް ޖަވާބު ނުދެއްވައި ދޫކޮށްލައްވައިފިއެވެ.

Ads by Hajj Corporation

ނިމިދިޔަ ހަފްތާގައި މިނިސްޓަރު އިމްރާން މަޖިލީހަށް ވަޑައިގެންނެވުމުން ވެސް މެމްބަރު ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކެބިނެޓުގައި ކުރިއަށް ދިޔަތޯ އައްސަވައިފައެވެ. އެދުވަހު އިމްރާން ވިދާޅުވީ ސުވާލު ސާފުވެވަޑައިނުގަންނަވާ ކަމަށެވެ. ރިޔާސަތުން ވެސް ސައީދަށް ސުވާލު ސާފުކޮށްދެއްވަން އެދުވަހު ފުރުސަތެއް އަރުވައިފައެއް ނުވެއެވެ.

މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވުމުން ސައީދު އަނެއްކާ ވެސް މި ސުވާލު ތަކުރާރު ކުރެއްވިއެވެ. ސައީދު ކުރެއްވި ދެ ސުވާލުގެ ތެރެއިން އިމްރާން ޖަވާބު ދެއްވީ ފުރަތަމަ ސުވާލަށެވެ. އަދި ދެވަނައަށް ކުރެއްވި އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ސުވާލު އަޑު އިވިނުލައްވާކަމަށް ހައްދަވައި އިމްރާން ވަނީ ޖަވާބު ނިންމަވައިލައްވައިފައެވެ.

އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުމުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާގެ އެތައް ކަމެއް ހުރިކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. މިއެއްބަސްވުމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު އެންމެ ފަހުން ވެސް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ އެއްބަސްވުން ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމަކީ ސިއްރު އެއްބަސްވުމެއް ނޫން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ކީއްވެކަން ސަރުކާރުން މިހާތަނަށް ވެސް ބުނެއެއް ނުދެއެވެ.

އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ލީކުވިއެވެ. އެލިޔުމުގައިވާގޮތުން އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ 15 އަހަރަށް ވަނީ ދީފައެވެ. އަދި އިންޑިއާއިން ބޭނުންވެއްޖެ ނަމަ އެ މުއްދަތު އިތުރު 15 އަހަރަށް ދަންމައިލެވޭނެއެވެ.

މިކަން ސަރުކާރުން ދޮގު ކުރެއެވެ. ސަރުކާރުން ބުނަނީ ހަތިޔާރުއެޅި އެހެން ގައުމެއްގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ތިބުމުގެ ހުއްދަ ދޭ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން ހަދައިފައި ނުވާނެކަމަށެވެ.

  1. ށަވިޔަނި

    ބައެއް ކަންކަންދޯ ފެންނަނީ .އިވެނީ. ހެއްވާ

  2. ދަނާލް

    ތޔަ ތިބީ ފައްކާ ސޭހުން