Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޝޯގައި ޖަހާނީ ބޮޑުބެރު، ނާޗަރަންގީ ކުޅޭކަށް ނޫޅެން: މަހްލޫފް

ޝޯގައި ޖަހާނީ ބޮޑުބެރު، ނާޗަރަންގީ ކުޅޭކަށް ނޫޅެން: މަހްލޫފް

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ މެޗުކުޅެން ފެށުމުން ފައިނަލް މެޗާ ހަމައަށް މިއުޒިކް ޝޯ ބޭއްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވުމާ އެކު އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާ އެކު ކުރިއަށްގެންދަން ރާވައިފައި ވަނީ ބޮޑުބެރުކަމަށާއި މިއުޅުއްވަނީ ނާޗަރަންގީ ކުޅުއްވަން ނޫންކަމަށެވެ.</span>

<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">"މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވައިފައި ވަނީ ބޮޑުބެރެވެ. އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރި ނަގާށެވެ، ނާޗަރަންގީ ކުޅޭކަށް ނޫނެވެ. ދަނޑުގަ ބޮޑުބެރާ އެކު ނަގާ ފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާ ހަމައަށް ގެންގޮސްދިނުމަށެވެ." މަހްލޫފް ވިދާޅުވިއެވެ.</span>

Advertisement
Ooredoo — Truecaller (box)

https://twitter.com/AhmedMahloof/status/1448168836931354632

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރުއެވެ. މިމެޗަކީ ދެ ގައުމަށް ވެސް މުހިންމު މެޗެކެވެ. މިމެޗް ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން ދައްކަން ވަނީ ހަމަޖެހިފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ސިލްސިލާ މިޔުޒިކް ޝޯވތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން މަސައްކަތް ކުރަމުން ދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވުމާއެކު ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް