ފުޓްބޯޅަ

ރާއްޖެ ބަލިވެ، އިންޑިއާ ފައިނަލަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: އަބްދުﷲ އަބީދް/ވަގުތު

މިރޭ ގަލޮޅު ދަނޑުގައި ރާއްޖެއާއި އިންޑިއާ ބައްދަލު ކުރި މެޗުން 3-1ގެ ނަތީޖާއަކުން ރާއްޖެ ބަލިވެ، އިންޑިއާ ފައިނަލަށް ދަތުރުކޮށްފިއެވެ.

Ads by STELCO

މިހާތަނަށް އިންޑިއާއިން ސާފް ޗެންޕިއަންޝިޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާއިރު ހަތަރު ފަހަރު ރަނަރަޕްކަން ހޯދައިފައިވެއެވެ. 2003 ވަނަ އަހަރުން ފެށިގެން އިންޑިއާއިން އަބަދުވެސް ފައިނަލްގައި ކުޅޭކަން ފާހަގަކޮށްލެވެއެވެ. އިންޑިއާއެކު ފައިނަލްގައި ބައްދަލު ކުރާނީ ނޭޕާލުންނެވެ.

މިރޭގެ މެޗުން އިންޑިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މީގެ ކުރީގެ މެޗްތަކުން އިންޑިއާއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި މެޗުގެ އިތުރުން، އިންޑިއާއިން މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ލިބިފައިވަނީ ނޭޕާލު ކައިރިން އެކަންޏެވެ. އެ މެޗުން އިންޑިއާ މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި އިންޑިއާއިން ދެން ކުޅުނު މެޗުތަކުންވަނީ އެއްވަރު ވެފައެވެ. ލަންކާއިން 0-0 ގެ ނަތީޖާއަކުން އިންޑިއާ ހިފެހެއްޓިއިރު، ބަންގާޅުން ވަނީ 1-1 ގެ ނަތީޖާއަކުން އިންޑިއާ ހިފަހައްޓައިފައެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، މެޗު ޑޮމިނޭޓްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ އިންޑިއާއިންނެވެ. އަދި ކުޅެފައި ވަނީ އެޓޭކިން ގޭމެކެވެ. ފުރަތަމަ ހާފްގައި އިންޑިއާއިން ގިނަ ފައުންތަކެއްކޮށްފައިވާއިރު، އެ ޓީމަށް ތިން ރީނދޫ ކާޑް ވަނީ ދައްކައިފައެވެ. އަދި ރާއްޖޭގެ ޓީމަށް އެއް ކާޑް ދައްކައިފައި ވެއެވެ.

އިންޑިއާ އިން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައި ވަނީ މެޗުގެ 26 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފޮނުވާލީ އިންޑިއާގެ ކެޕްޓަން ޗުނިލް ޗެތުރީއެވެ. ނަމަވެސް ބޯޅަ އަމާޒުވީ ހުރަސް ދަނޑީގައެވެ. މެޗުގެ 27 ވަނަ މިނެޓްގައި ދަގަނޑޭއަށް ވެސް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ގޯލާއެކު ލީޑް ނަގައިފައި ވަނީ އިންޑިއާއިންނެވެ. މެޗުގެ 33ވަނަ މިނެޓްގައި ލީޑް ނެގީ މަންވީރް ސިންގު ޖެހި  ގޯލުންނެވެ.  ލަނޑު ޖަހައިފައިވަނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ވަރަށް ހުސްކޮށް ހުރެ ހުރެ ޖެހި ބޯޅައަކުންނެވެ. ރާއްޖެއިން މެޗު ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ދަގަނޑޭއެވެ. ރާއްޖެއަށް ޕެނަލްޓީ ލިބިފައި ވަނީ ހަމްޕުއަށް ކުރި ފައުލްއަކާ ގުޅިގެންނެވެ.

އިންޑިއާއިން ލީޑް އަލުން ނަގައިފައި ވަނީ މެޗުގެ 62 ވަނަ މިނެޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. 71 ވަނަ މިނެޓްގައި އިންޑިއާއިން ލީޑް ފުޅާކޮށް ތިންވަނަ ގޯލެއް ވެސް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތުރީއެވެ.

މެޗުގެ ދެވަނަ ހާފްގައި އިންޑިއާގެ ކޯޗު ސްޓިމަކް އިގޯއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފައި ވެއެވެ. ފައިނަލްގައި ކޯޗަށް ބެންޗްގައި ނީނދެވޭނެއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި ދެއްކި އިތުރު ވަގުތުގައި އިންޑިއާގެ ސުބަސިޝް ބޯސްއަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ވަނީ ދައްކައިފައެވެ.

Ads by Allied Insurance
  1. ފާޝަނާ

    އެހެންނުވާނީ. ޔޫކޭގަޔާ، ޔޫއޭއީގަޔާ، ޖަރުމަނުގަޔާ ތެޅިތެޅިފަ އައިސް ފިރުއައުނު ދަނޑަށް ވަނީމަ. މިހާރު އޮންނާނެ ގެރިމޯޑީގެ ހައިކޮމިޝަން ތެރޭ ގެރިގޮރު ބޯން. ދިވެހިން ލޮލުގަ އަނދުން އެޅުވީ ރާއްޖެއަށް ސަޕޯޓުކުރާ ކަމަށް. ހަމަހިލާ ފިރުއައުނު އިންޑިއާ އޮއްވާ އަމިއްލަ ގައުމު އިސްނުކުރާނެ. ބޮޑު ގައްދާރު މުނާފިގު