ޚަބަރު ސަރުކާރު

ސުލޫކީ މިންގަނޑުތަކާ ޚިލާފުވެގެން ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސުލޫކީ މިންގަނޑުތަކާ ހިލާފުވެގެން ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފިއެވެ.

Ads by Sosun Fihaara

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވާ ޖޯން ޕެންޝަން އޮފީހުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި ނޫންކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފައިވާއިރު އެއޮފީހުގެ ބޯޑުގެ ދެ މެމްބަރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.ޕެންޝަން އޮފީހުގެ ބޯޑުގެ ދެ މެމްބަރުން އިސްތިއުފާ ދީފައިވީ ނަމަވެސް އެ ދެމެމްބަރުން އިސްތިއުފާ ދިން ސަބަބެއް ހާމަކަކޮށްފައެއް ނުވެއެވެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި ޖޯން ގްރިންޑަލްއަށް ކުރެވޭ ޖިިންސީ ގޯނާގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެފަދަ މައްސަލައެއް ހުށައެޅިފައި ނުވާކަމަށް ޕެންްޝަން އޮފީހުން ބުނެއެވެ.

ޖޯންއަކީ އިންޝުއަރެންސްއާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުރި މީހެކެވެ. މަގާމަށް އައްޔަނު ކުރިތާ އަހަރެއް ވެސް ނުވަނީސް ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކުރައްވައިފައި ވަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ.

Ads by HDC
  1. ޙަސަން

    ދިވެހިންގެ ތެރޭގައި ޤާބިލު ކިޔަވާގެންތިބި މީހުން ނެތީބާއޭ ، އަހަރެންގެ ހިތައްއަރާ، ރޯކަފަރުން ގެނައިން އަހަރެމެންގެ ކަންތައްތަކާ ހަވާލުމިކުރަނީ ؟