ތުލުސްދޫ ކުނި ކޮށީގައި އަލިފާން ރޯވެ އަނދަމުން ދަނީ

ކ. އަތޮޅު ތުލުސްދޫ ކުނިކޮށީގައި ވަރަށް ބޮޑަށް ރޯވެ އަނދަމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ތުލުސްދޫ ކުނި ކޮށީގައި އަލިފާން ރޯވެ އަނދަމުން ދާތީ އެ އަލިފާން ނިއްވުމަށް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
ތުލުސްދޫ ކުނިކޮށީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ. އެ ރަށު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އެންމެ ފުރަތަމަ ކުނިކޮށީގައި އަލިފާން ރޯވެފައި ވަނީ ހަވީރުގެ ވަގުތެއްގައެވެ.
ހަވީރު ރޯވި އަލިފާންގަނޑު ނިއްވައިލިތާ މާގިނައިރު ނުވެ އަނެއްކާ ވެސް ކުނިކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.