އޭޝިއާ ދުނިޔެ

މިޔަންމާގެ މިލިޓަރީ ލީޑަރަށް "އާސިއާން" ސަމިޓަށް ދައުވަތެއް ނުދޭނެ 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސައުތު އޭޝިއާގެ ގައުމުތައް ބައިވެރިވާ "އާސިއާން" ސަމިޓުގައި ބައިވެރިވުމަށް މިޔަންމާގެ މިލިޓަރީ ލީޑަރަށް ދައުވަތު ނާރުވަން އާސިއަންއިން ނިންމައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުން އިންތިހާބު ކޮށްފައިވާ ވެރިކަމާ ދެކޮޅަށް އަސްކަރީ ބަގާވާތެއްކޮށް މިދިޔަ ފެބްރުއަރީ މަހު ވެރިކަމާ ހަވާލުވި މިލިޓަރީ ލީޑަރުގެ ބަދަލުގައި އާސިއާން ސާމިޓަށް ދާން ދައުވަތު ދޭނީ މިޔަންމާ ނޮން ޕޮލިޓިކަލް މަންދޫބަކަށެވެ. މިނިންމުން ނިންމައިފައި ވަނީ އާސިއާން ސަމިޓުން ބޭއްވީ އިމަޖެންސީ ބައްދަލުވުމެއްގައެވެ.

"މިއީ ނިންމަން އުނދަގޫ އެހެން ނަމަވެސް އާސިއާންގެ އަގު ހިފެހެއްޓުމަށް ޓަކައި ނިންމަންޖެހޭ ނިންމުމެއް"  އާސިއާން ސަމިޓުން ބުނެއެވެ.

މިޔަންމާގެ ލީޑަރު ސީނިޔާ ޖެނެރަލް މިން އަންގް ހްލައިންގ ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައްޔިތުން ހޮވައިފައިވާ ވެރިޔަކާ ދެކޮޅަށް ލޭ އޮހޮރުވުން ހިންގައި ބަގާވާތް ކޮށްފައިވެއެވެ. މިފަދަ ލީޑަރަކަށް އާސިއާން ސަމިޓުގައި ބައިވެރި ވެވިއްޖެ ނަމަ އާސިއާންގެ ނަމަށް ވެސް ހުތުރު ވާނެކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސިއާންގެ މިހާރުގެ ޗެއަރ ކަމުގައިވާ ބުރުނާއީއިން ވެސް ބުނެފައިވާ ގޮތުގައި މި އޮކްޓޯބަރު މަހުގެ 26އިން 28އަށް ކުރިއަށް ގެންދާ އާސިއާން ސަމިޓުގައި މިޔަންމާގެ ފަރާތުން ބައިވެރި ވާނީ އެގައުމުގެ ނޮން ޕޮލިޓިކަލް މަންދޫބެކެވެ.

މިޔަންމާއަށް ގެނައި އަސްކަރީ ބަގާވާތުގައި ހާހަކަށް ވުރެ ގިނަ އާއްމު ރައްޔިތުން ވަނީ މަރައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!