Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މަހްމޫދުގެ މަރު: މަހްމޫދުގެ ފޯނު ހޯދިއްޖެ

މަހްމޫދުގެ މަރު: މަހްމޫދުގެ ފޯނު ހޯދިއްޖެ

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރައިލުމަށް ފަހު ވަޅަކަށް ފައްތައިފައި އޮއްވާ މިދިޔަ ބުރާސްފަތި ދުވަހު ފެނުނު މަހްމޫދުގެ ފޯނު ފުލުހުން ހޯދައިފަައިވާ ކަމަށް "ދެން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދެން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަހްމޫދުގެ މަރުގެ ތަހްގީގުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް  ހޯދައިފައެވެ. އެގޮތުން ގާތިލްގެ އަންނައުނާއި މަހްމޫދުގެ ފޯނު ވެސް ފުލުހުން މިހާރު ހޯދައިފައިވާކަމަށް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލައިގެ ތުހުމަތަށް އެ ރަށުން ސާލިމް ނަމަކަށް ކިޔާ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ތަހްގީގުގެ ބޭނުމަށް އެ ރަށުގެ އެކި ތަންތަނަށް އޭނާ ވަނީ ގެންގޮސްފައެވެ. އަދި އޭނާ ކަންކުރި ގޮތް އޭނާ ލައްވައި ކުޅުވައިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement
HDC — Sidebar (box)

ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުންް ވަނީ 15 ދުވަސް ޖަހައިފައެވެ.އަދި އޭނާ މިހާރު ވަނީ އދ، މަހިބަދޫއަށް ގެންގޮސްފައިކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ބަނގްލަދޭޝްގެ މުޙައްމަދު ސާލިމް، މަޙްމޫދު އަބޫބަކުރުގެ ކަށުނަމާދުގައި، ބައިވެރިވިކަމަށާއި މޫނު ބެލުމަށް ވެސް ގޮސްފައިވާކަމަށް އެދުވަހުގެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް