ޚަބަރު އިޖުތިމާޢީ

ދަނގެތީ ގެއަކުން ބޮޑު ވައްކަމެއް: 9 ހާސް ޑޮލަރުގެ ސާމާނު ވަގަށް ނަގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދަނގެތީ ގެއަކުން 9 ހާސް ޑޮލަރުގެ ސާމާނު ވަގަށް ނަގައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއިން ވަގަށް ނަގައިފައި ވަނީ ފަރުމަސްވެރިކަން ކުރާ ސާމާނުތަކެކެވެ.

ފުލުހުން ވިދާޅުވީ ދަނގެތީ ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅައިފައިވާ ކަމަށާއި މިމަައްސަލަ ފުލުހުން ބަލަމުން އަންނައިރު މިމައްސަލައިގެ ތުހުމަތަށް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މިމަހުގެ 14ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރައިލައި ވަޅަކަށް ފައްތައިފައި އޮއްވާ ފެނުނު އެރަށު މޮނަލާލްޒް މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހިމޭން ވެފައިވާ ދަނގެއްޗަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ބޮޑު ރަށެކެވެ. އެހެން ނަމަވެސް މިފަދަ ކުށްތަކުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ދެމީހުން މަހްމޫދުގެ މަރުގެ ތުހުމަތަށް ރައްޔިތުން ނުކުމެ ފުލުހުންނާ ހަވާލު ކޮށްފައިވާއިރު އެމީހުން މިހާރު ވަނީ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

އަނިޔާވެރި ގޮތަކަށް މަހްމޫދު މަރައިލިތާ ހަފްތާއެއް ވެފައިވާއިރު އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ރައްޔިތުންނަށް ނަފްސާނީ ގޮތުން އަސަރުކޮށް ނަފްސާނީ އެހީއަށް ބޭނުންވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!