އެފްރިކާ

އެސްތަވީނީގެ ފުލުހުންނަށް ފަރުވާ ދިނުން އެ ގައުމުގެނަރުހުން ހުއްޓައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މިއަދު ކުރި މުޒާހަރާގެ ތެރެއިން، ގިނަ ބަޔަކަށް ޒަޚަމްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރޭ

މިދިޔަ ބުދަ ދުވަހު ޑިމޮކްރަސީއަށް ތާއީދުކުރާ އެއްވުމެއްގެ ތެރެއިން އެސްވަތީނީގެ ނަރުހުންތަކެއްގެ ގަޔަށް ބަޑިޖަހައި މަރައިލި ކަމުގެ ތުހުމަތާ އެކު، އެސްވަތީނީގެ ފުލުހުންނަށް ފަރުވާ ދިނުމަށް އެ ޤައުމުގެ ނަރުހުން ދެކޮޅު ހަދައިފިއެވެ.

އެސްވަތީނީގައި މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތައް ވަނީ އެ ގައުމުގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. މި ހަމަނުޖެހުމާ ގުޅިގެން ފޭސްބުކް ފަދަ ބައެއް މީސްމީޑިއާގެ ހިދުމަތްތައް މި ހަފުތާގައި ވަނީ ވަގުތީ ގޮތުން މެދުކަނޑައިލައިފައެވެ.

މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރަމުންދާ ކަމަށް އެ ބައިވެރީން ވަނީ މީސްމީޑިއާގައި ހާމަކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކުރި ކަމަށް ބުނާ ވާހަކަ އެ ގައުމުގެ ސަރުކާރުން ދޮގުކުރެއެވެ. އަދި އެ ޤައުމުގައި އެއްވެސް ބާވަތެއްގެ މުޒާހަރާއެއް ކުރުން ވަނީ މަނާކޮށްފައެވެ.

ބަޑިން ހަމަލާދީ މަރައިލައިފައި ވަނީ، މުޒާހަރާ ކުރުން މަނާކޮށްފައި އޮއްވާ މިއަދު އެ ޤައުމުގެ ތިން ހޮސްޕިޓަލެއްގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިންކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ސްވާޒިލޭންޑް ޑިމޮކްރެޓިކް ނަރުހުންގެ ޔޫނިއަން (އެސްޑީއެންޔޫ)އިން ބުނި ގޮތުގައި މި ހަފުތާގެ ކުރީކޮޅު، އެޤައުމުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޕާލަމެންޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ދިޔަ ސިއްހީ ހިދުމަތްތެރިންނާއި ޕަބްލިކް ސެކްޓާގެ އެހެން މުވައްޒަފުންނާ ދެކޮޅަށް އެޤައުމުގެ ފުލުހުން ވަނީ އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްފައެވެ. އެ ޔޫނިއަނުން އިތުރަށް ބުނީ، އެދުވަހު ފުލުހުންނާއި އަސްކަރިއްޔާއިން ބަޑީގެ ހަމަލާތައް ދީ، މަންޒަރު ބަލަން ހުރި ޒުވާނަކު މަރައިލައިފައި ކަމަށާއި އެ ހަމަނުޖެހުންތަކުގައި 30 ނަރުހުން ޒަޚަމްވެފައިވާ ކަމަށެވެ. މިއަދު ކުރިޔަށް ދިޔަ މުޒާހަރާގައި މަރައިލައިފައި ވަނީ ކިތައް މީހުން ކަމެއް އަދި ހާމައެއް ނުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!