އެފްރިކާ ދުނިޔެ

ހަތިޔާރު އެޅި މީހަކު ނައިޖީރިއާގެ ޖަލަކަށް ހަމަލާދީ ކުށްވެރިންތަކެއް މިނިވަންކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ؛ދަ ގާޑިއަން

ހަތިޔާރު އެޅި މީހަކު ނައިޖީރިއާގެ ޖަލަކަށް ހަމަލާދީ އެޖަަލުގައި ހައްޔަރުކޮށްފައިވާ ބައެއް ކުށްވެރިން މިނިވަންކޮށްފިއެވެ.

Ads by Sosun Fihaara

ނައިޖީރިޔާގެ އޮޔޯ ކަރެކްޝަނަލް ސެންޓަރުގެ ސްޕޯކްސް ޕާރސަން އޮލަންރެވަޖު އަންޖޮރިން އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޑި ހިފައިގެން ހުރި މީހަކު އެ ސެންޓަރަށް ހަމަލާ ދީފިއެވެ.

ނައިޖީރީއާގެ ޖަލެއްގައި ދިން މިހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލު އޮފިސަރުން ވަނީ ޖަލުގެ ކޮންޓްރޯލް ހޯދައިފައެވެ. އެހެން ނަމަވެސް އޭރު ބައެއް ގޮޅިތަކުން ވަނީ މީހުން މިނިވަންކޮށްފައެވެ.

ނައިޖީރިއާގެ ޖަލުތަކަށް ހަމަލާދީ ކުށްވެރިން މިނިވަން ކުރުން ވަނީ މިފަހަކަށް އައިސް އާއްމު ކަމަކަށްވެފައެވެ. މިގޮތުން މިއީ މިއަހަރުގެ މިހާތަނަށް ވެސް ދިން މިފަދަ 3 ވަނަ ހަމަލާއެވެ. މިފަދަ ހަމަލާތަކުގައި 4 ހާހަށް ވުރެ ގިނަ ކުށްވެރިން މިނިވަން ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހިނގާ 2021ވަނަ އަހަރު އެކަނި ވެސް ނައިޖީރިއާގެ ޖަލުތަކުން މިގޮތަށް މިނިވަން ކުރި ކުށްވެރިންގެ އަދަދުގެ 2000އަށް ވުރެ މަތިވާނެއެވެ. މީގެ ތެރޭގައި މިދިޔަ ސެމްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ވެސް ބަޑިއާއި ގޮވާތަކެތި ބޭނުންކޮށްގެން ޖަލުތައް ފަޅައިލައި 240 މީހުން މިނިވަން ކޮށްފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ނައިޖީރީއާގެ ސައުތު އީސްޓް އިމޯ ސްޓޭޓްގެ ޖަލަކުން ވެސް ވަނީ 1800 އެއްހާ ކުށްވެރިން މިނިވަން ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!