އެމެރިކާ

5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުން ރަނގަޅު ކަމަށް އެފްޑީއޭއިން ބުނެފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުން ރަނގަޅު ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ސައިންސްވެރިން ބުނެފިއެވެ.

އެމެރިކާގެ ސައިންސްވެރިން ބުނީ ފައިޒަރ ދިނުމުން ކޮވިޑް-19އިން ރައްކާތެރިކޮށްދޭ ކަމަށެވެ.

އެފްޑީއޭގެ ސައިންވެރިން މިހެން ބުނެފައި ވަނީ ފައިޒާ އަދި ބައޯއެންޓެކްއިން އުފައްދައިފައިވާ ކޮވިޑް-19 ވެކްސިން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހިތުގެ އިންފްލެމޭޝަން އުފެދޭ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެފްޑީއޭއިން ބުނީ، އެގޮތަށް މެދުވެރިވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނަށް ކަމަށާއި ވެކްސިން ޖެހުމުން ލިބޭ ފައިދާއާ އަޅައިބަލާއިރު، ރިސްކް ވަރަށް ކުޑަ ކަމަށެވެ.

މި ތަފްސީލުތައް ހާމަކޮށްފައި ވަނީ، ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޝޮޓްތައް ދިނުމުގެ ހުއްދަ އެފްޑީއޭއިން ދިނުމާ މެދު އެފްޑީއޭއިން ރެކޮމެންޑް ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އަންގާރަ ދުވަހު ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ވަނިކޮށް، އެ އެޖެންސީގެ ތަޖުރިބާކާރުންގެ ޕެނަލަކުން ބޭއްވި ބައްދަލުވުމެއްގައެވެ.

ކޮވިޑް19ގެ ބަލިމަޑުކަމަށް އެންމެ ފުރަތަމަ އުފެއްދި ވެކްސިން އުފެއްދި ފަރާތް ކަމަށްވާ ފައިޒާއިން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ކްލިނިކަލް ޓްރަޔަލްގައި 90.7 ޕަސެންޓް އެފިކަސީ ދައްކައިފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.

އެފްޑީއޭއިން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ/ބައޯއެންޓެކް ވެކްސިން ދިނުމަށް ހުއްދަ ދީފިނަމަ، މިއީ އެ އުމުރުފުރާގެ ކުދިންނަށް ކޮވިޑް-19ގެ ފުރަތަމަ ވެކްސިނެވެ. އަދި ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ޝޮޓްތައް ޖަހަން ފަށާނެއެވެ.

ފައިޒަރ/ބައޯއެންޓެކް އަދި މޮޑާނާގެ ވެކްސިން ޖަހާ މީހުންނަށް ހިތުގެ އިންފްލެމޭޝަންގެ ވަރަށް މަދު ވޭދަނަތަކެއް ކަމަށްވާ މަޔޯކާޑިޓިސް ފެނިފައިވެއެވެ. މި ބަލި ފެންނަނީ ޚާއްސަކޮށް ޒުވާން ފިރިހެނުންގެ ގައިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!