Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޤާނޫނު އަސާސީ ބަދަލު ކުރާ ވާހަކަ ސިއްރުން ދައްކަވާ ނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް: އިބްރާ

ޤާނޫނު އަސާސީ ބަދަލު ކުރާ ވާހަކަ ސިއްރުން ދައްކަވާ ނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް: އިބްރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ޤާނޫނު އަސާސީ ބަދަލު ކުރާ ވާހަަކަ ސިއްރުން ދައްކަވާ ނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ ރާއްޖޭގައި ސިޔާސީކަމެއްގައި ބައިވެރިވެވަޑައިގަންވާނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ ނިޔަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދިން އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރާ ދެމެދު ބާރުތައް ހިއްސާކުރެވޭނެ ގޮތެއް ހޯދުމަށް ރައީސް ޞާލިޙްއާ ވެސް މަޝްވަރާ ކުރައްވައިފައިވާ ކަމަށާއި ރައީސް ޞާލިޙްގެ ވިސްނުންފުޅު ހުރީ އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް ކަންތައްތައް ނިންމައި، ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި އެކަން ވެސް ކުރުމަށް ކަމަށެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން އިބްރާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހާއި ރައީސް ނަޝީދު ޤާނޫނު އަސާސީ ބަދަލު ކުރާ ވާހަކަ ސިއްރުން ދައްކަވާ ނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

https://twitter.com/ibramandhu/status/1452645334769815556?s=20

"އެ ދެބޭފުޅުންނާ ވެސް ރައްޔިތުން ހަވާލު ކުރީ ޤާނޫނު އަސާސީ ހިންގަން. އެއަށް ބޮޑެތި ބަދަލު ގެންނާކަށް ނޫން" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލުތައް ގެނައުމުގައި އެ ބޭފުޅުންނެކޭ އެހެން ބޭފުޅުންނެކޭ ވެސް އެއްގޮތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް