މަޖީދިއްޔާ ސުކޫލްގެ އިންޑިއާ ދަރިވަރެއް ޤުރުއާނަށް ޖޯކް ޖަހައި މަލާމާތްކުރި މައްސަލައެއް!
މަޖީދިއްޔާ ސުކޫލްގެ ގްރޭޑް3ގައި ކިޔަވަމުންދާ ދަރިވަރެއް އިސްލާމްދީނަށް ތައުހީނުކޮށް ޤުރުއާނަށް ޖޯކް ޖަހައި ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ހިނގައިފައި ވަނީ އިއްޔެ އެ ދަރިވަރު ނިސްބަތްވާ ކްލާހުގެ ޤުރުއާން މާއްދާގެ ގަޑީގައެވެ. ޤުރުއާނަށް ޖޯކްޖެހި ދަރިވަރަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ މި އަމަލު ހިންގި ދަރިވަރަކީ ކްރިސްޓިއަން ދެމަފިރިއެއްގެ ކްރިސްޓިއަން ކުއްޖެކެވެ. އޭނާ އިއްޔެ ވަނީ ޤުރުއާނަށް ފުރައްސާރަ ކުރުމުގެ އިތުރުން ކްރިސްޓިއަން ދީނުގެ ވާހަކަ ވެސް ކްލާހުގައި ދައްކައިފައެވެ. އެގޮތުން ޙައްޤު ދީނަކީ ކްރިސްޓިއަން ދީން ކަމަށާއި އިސްލާމް ދީނަކީ ބާތިލް ދީނެއް ކަމަށް ބުނެ ކްލާހުގައި އަޑުގަދަ ކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން މަޖީދިއްޔާ ސުކޫލުން ވަނީ އެ ކުއްޖާއާ ވާހަކަ ދައްކައިފައެވެ. އަދި އެ ކުއްޖާ ވަނީ އެ ކުއްޖާގެ އެ ޢަމަލަށް ޓަކައި މަޢާފަށް ވެސް އެދިފައެވެ.
މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެ ސުކޫލުގެ ބެލެނިވެރިއަކު ބުނީ އުމުރުން ދިހަ ވަރަކަށް އަހަރުގެ ކުއްޖަކު އެފަދަ ކަންކަން ކުރުމަކީ އަޅައިނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެ އުމުރުގެ ކުއްޖެއްގެ ކިބައިން އެފަދަ ޢަމަލެއް ފެނުމަކީ ވަރަށް ގޯސް ސިގްނަލެއް ކަމަށެވެ.
އެއީ ކްރިސްޓިއަން ކުއްޖެއް. އެކުއްޖާގެ ހުންނާނީ އޭނަގެ މައިންބަފައިންގެ ފިކުރު. މިތާ އެބަތިބި ދިވެހި މުސްލިމް އާއިލާތަކުގަ ދީން ގަބޫލުނުކޮށް ފުރައްސާރަކުރާ އެތަކެއް ކުދިން. މިއީ ނުރައްކާސިގުނަލަކީ
އިންޑިއާގައި އުޅޭ ދިވެހި ކުއްޖަކު ހިންދީ ދީނަށް މަލާމާތްކޮށްބަލަ، ވަގުތުން ގައުމުން ބޭރުކުރާނެ! މި ޤައުމުގައި އިސްލާމްދީނަށް ތައުހީނުކޮށްފިއްޔާ ލިބޭނީ އިނާމާއި ކުރިރުން. ދޭސީއަކަސް ބިދޭސީއަކަސް. ޢެހެންވެ ނުރައްކަލީ. #ޢިންޑިއާއައުޓް!
ތީ އިންޑިޔާގަ ދިވެއްސަކު ކުރި ކަމެއްނަމަ(ހިންދޫ ދީނަށް ތި ގޮތަށް މަލާމަތް ކުރިނަމަ) އެ ޤައުމުންވެސް ބޭރުކުރިސް..އެކަމަކު މީ ފިނޑިން އުޅޭ ޤައުމެއް…
ޢިންޑިއާގަ ދިވެއްސަކު ނޫން ހަމަަ އިންޑިއާގެ މުސްލިމަކު އެފަދަ ބަހެއް ކީއްކުރަން ހިންދޫން ނަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ބުން ޏަސް މިހާރު ވެރިކަމުގައިއޮތް ހައްދު ފަހަނަ އަޅާ ފައިވާ ހިންދޫން އެމީހަކު ދިރިއުޅުމަށް ދަތިކުރަމުން ދޭ.
ނުވާނެއެއްނު މިތާމިތިބަ ވެރިން ހީކުރަނީ ކާންދެނީވެސް މޯދީ ކަމަށް އަދި ބޯދެނީވެސް އެޅާކަމަށް އޭގެ މީހަކު ބޭރުކޮށްފިއްޔާ އަހަރެމެން ތިބޭނީ ނުކައިނުބޮއެ ކަމަށް
މިހާރު މި އޮތީ އިންޑިއާގެ ދށުވެފަ އޮތް ސަރުކާރެއް، ތިކަމާ އަޅައެއް ނުލާނެ، ބުންޏަސް ބުނާނީ އެއީ ނަފުސާނީކުއްޖެއް ކަމަށް.
ޢިނއޑިޔާއެއްނު ރަގަޅުވާނެ ކުޑަކުދިންނައްވެސްއެގޭމިހާރުމީ ިންޑިޔާގެ ބާރުގެދަށުގާވާތަނެއކަމަށާ އިސްލާންދީނައްމިހާރަކު ހާސަކަމެތް މިރާޖެއަކުމިހާރުނެތްކަން
އެއީީ ސްކޫލްކުއްޖެއްް ކަމުގައިި ވިޔަސްް އެކުއްޖާޔަށްް ނަސޭހަތްތެރިވެެ އެފަދަަ ކަމެއްތަކުރާރު ކުރަންޏާާ ޖެހޭނެެ ސްކޫލްއިންް ވަކިކުރަންް އަދިި ޑީޕޯޓްކުރަންވެސްް ޖެހޭނެެ އެފަކަންކަންް ނުކޮށްް ދޫކޮއްލައިފީވިއްޔާާ އޭގެމާނަޔަކީީ ސަރުކާރުންް ބޭނުންވެގެންް އެހެންދީންތަކުގެެ މީހުންލައްވާާ ކުރުވާކަންތައްތަކޭޭ
ތިކުއްޖާ އިސްލާމް ވުމީ އެކަށީގެންވާ ކަމެއް. އޭނާ ވިސްނާނެ. ހޯދާނެ
އެފަދަވާހަކަދައްކާ ކުދިން ތިބޭ . އަމީނިއްޔާސުކޫލުގެ ކުރިކެޓް ޓީމެއްގަވެސް އެފަދަކުއްޖަކުއުޅުނު . ދަރިންނަށް އެކުދިން ދައްކާވާހަކަތަކަށް އަމަލުނުކުރަން ބުނެދެވެންޖެހޭނެ . އެފަދަވާހަކަތައް ދެކެވުނީމަ އެކުދިންގެ ސިކުޑިތަކަށް އޭގެއަސަރު ކުރާކަށްވެސް ގަބޫކުކުރަން . އެކުދިން ގަބޫލުކުރަނީ އެއީރައްޓެހިންކަމަށް . ހަޤީގަތަކީ އެކުދިންގެވަނީ އެހެން މަގްޞަދެއް އެދެވޭވާހަކަތަކަށް ޖަވާބު ހޯދައިދެވޭބަޔަކަށް މައިންބަފައިން ވާން ޖެހޭނެ . އެކުދިންގެ ހިތުގަ އުފައްދަން މަސައްކަތް ކުރާޝައްކު ތަކަށް މައިންބަފައިން އަމިއްލަދަރިންނަށް އިސްލާމްކަމުގެ ފުރިހަމަ، މަތިވެރިކަމާ ބާތިލްކަމެއްގަ ހުރި ތަފާތު ކިޔައިދެވެން ޖެހެނެ . ޤުރުއާންގެ ތަރުޖަމާ އެކުދިންނަށް އަޑުއިވޭހާބާރަށް އަޑު އިއްވަން ވެސް ކިޔަންޖެހޭނެ . ވާހަކައަޑެއް އަހާކުމަށް ވެސް އަހާހިތުންއަޑުއަހާނެ . ދީނީވާހަކަ އެއްކިޔާދޭށޭވެސް ބުނާނެ . މިހާރު އެކުއްޖާއެއ ނުފެނޭ އެއީ އިންޑިޔާކުއްޖެއް . އެއްމެ ފަހުން ފެނުނު ދުވަހުވެސް ވާހަކައެއް އަހަރެންގެ ދަރިފުޅު ނުދެއްކި . ކީއްވެތޯ ސުވާލު ކުރީމަ އެއްގޮތަކަށް މީހުންގެ ވާހަކަދެއްކުމަށް ލޯބިނުކުރާތީ ޖަވާބެއް ނުދިން . ދަރިފުޅަށް މަންމައަކު ދިން ނަސީހަތް ގަބޫލު ކުރެވެނީ . ބުޑިސްޓުން ނަކީ ޔަހޫދީން ނަކީ މުސްލިމުންނަށް ރަގަޅުގޮތެއް ވާން އެދޭނެ ބައެއްނޫން . ދީނަށްޓަކައި ދުޝްމިނުންނާ ހަގުރާމަވެސް ކުރަންޖެހޭކަމަށް ގަބޫލުކުރެވުނީ . އަގައިން ނުބުނުން އެއީ އެކުއްޖާދެއްކިވާހަކަތަކާ ހިތްހަމަނުޖެހުން މަންމައާ އެވާހަކަތައް ހިއްސާކުރުން . ދަރިންނަމޫނާއަކަށް ހެދުން އެއީ އެއްވެސް މަންމައަކާ ބައްޕައަކަށް އެހާބޮޑުކަމެއްނޫން . ކަޑިންނާބަޑިން ނޫނަސް ފިކުރީގޮތުންވެސް ކުޑަކުދިންނަށް ވެސް ކުޑަކދިން މަގުފުރެއްދިދާނެ ހަގުރާމަވެސް ފިކުރީ ގޮތުން ކުރެވިދާނެ .