Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ވާހަކަ ބުނެފައެއް ނުވާނެ: ރިޔާޒް

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ވާހަކަ ބުނެފައެއް ނުވާނެ: ރިޔާޒް
ޑރ. އަފްރާޝީމްގެ މަަރުގެ މައްސަލައިގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ވާހަކަ ވިދާޅުވެފައި ނުވާނެކަމަށް، ޑރ އަފްރާޝީމް އަވަހާރަ ކޮށްލިއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. އެމްޑީޕީއާއި ޕީޕީއެމް ފެއިލް ވެއްޖެކަމަށާއި އުއްމީދަކީ ހަމައެކަނި އެމްއެންޕީކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވުމުން، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު، ރިޔާޒަށް ފާޑުވިދާޅުވެ ، ވައުދުވެވަޑައިގެންނެވި ފަދައިން އަފްރާޝީމްގެ މަރުގެ މައުލޫމާތު އާއްމު ނުކުރަނީ ކީއްވެތޯ އައްސަވައި ސުވާލު ކުރެއްވުމުން ރައްދު ދެއްވައި ރިޔާޒް ވިދާޅުވީ އެ މައްސަލައިގައި އޭނާ ކަމިޝަނަރގެ މަޤާމްގައި ހުރިއިރު ލިބުނު ހުރިހާ މަޢުލޫމާތެއް ވާނީ މަރު ކޮމިޝަންއިން ހިންގަވާ ތަހުޤީޤަށް ޙިއްސާ ކޮށްފައި ކަމަށެވެ.  "ތިޔަ ވިދާޅުވި މައްސަލައިގައި ، އަޅުގަނޑު ކަމިޝަނަރގެ މަޤާމްގައި ހުރިއިރު ލިބުނު ހުރިހާ މަޢުލޫމާތެއް ވާނީ ގެއްލުވައިލައިފައިވާ މީހުންނާއި މަރުގެ ކޮމިޝަނުން ހިންގަވާ ތަހުޤީޤަށް ޙިއްސާ ކޮށްފައި. ޕަބްލިކަށް އެކަން ހިއްސާ ކުރާނެ ވާހަކަ ބުނެފައެއް ނުވާނެ." ރިޔާޒް ވިދާޅުވިއެވެ.  https://twitter.com/riyazabdulla/status/1454419420864937985 އަފްރާޝީމްގެ މަރުގެ މައްސަލައިގެ މުހިންމު މައުލޫމާތުތަކެއް އެކަށީގެންވާ ވަގުތުގައި އާއްމުކުރާނެކަމަށް އަބްދުﷲ ރިޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހައި ތަނަށް ވެސް އޭނާ އެ ފަދަ މައުލޫމާތެއް ހާމަކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އެ މަނިކުފާނު އަވަހާރަކޮށްލީ ކަތިވަޅިއަކުން ބޮލާއި ހަށިކޮޅުގެ އެކި ތަންތަނަށް ހަމަލާދީގެންނެވެ.

މަރުތަކުގެ ހަގީގަތް ހޯދަމުން އަންނަ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން ވަނީ ހޯދިފައެވެ. އެއީ ކޮން ބައެއްކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގެ ޔަގީންކަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނުން އޮތީ ދީފައެވެ. އެހެން ނަމަވެސް އަފްރާޝީމްގެ މަރުގެ ފަހަތުގައިވާ ބައެއް އަދި އެ މަރާ ގުޅޭ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް