ޚަބަރު އިޖުތިމާޢީ ސަރުކާރު

ބަދަލުތަކާ އެކު އަންނަ އަހަރު ނާސްތާ ޕްރޮގްރާމް އަލުން ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުން ސްކޫލް ދަރިވަރުންނަށް ފެށި ހެނދުނު ނާސްތާ ޕްރޮގްރާމް ,އަންނަ އަހަރު އަލަށް ފަށަން ނިންމައިފިއެެވެ.

Ads by MWSC

މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިކުރަން ފަށައިފައި ވަނީ 2019ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ތެރޭގައެވެ. އޭގެ ކުރިން ފެށި ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ޓާމުގައި ފަށައިފައި ވަނީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ 25 ސްކޫލެއްގައެވެ. އެއީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައެވެ.

އަންނަ އަހަރަށް ލަފާކުރާ ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ހުރިހާ ކުދިންނަކީ ވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 4.1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

Ads by Ooredoo
  1. އައިޝާ

    ދެންޏާ ހުރިހާ ސްކޫލަކަށް ދޭންވާނެ