Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިނަދޫ އެސްޓީއޯ ފާމަސީގެ ޚިދުމަތް 24ގަޑިއިރަށް ބަދަލުކޮށްފި

ތިނަދޫ އެސްޓީއޯ ފާމަސީގެ ޚިދުމަތް 24ގަޑިއިރަށް ބަދަލުކޮށްފި

ތިނަދޫ އެސްޓީއޯ ފާމަސީގެ ޚިދުމަތް 24ގަޑިއިރަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯ ރީޖަނަލް ފާމަސީގެ މެނޭޖަރ އަހުމަދު ޝިޔާޛު ނައީމް "ދެން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ހެނދުނު 8އިން ރޭގަނޑު 12 ޖެހުމާ ހަމައަށް ދެމުން ގެންދިޔަ ފާމަސީގެ ހިދުމަތް ފެށިގެން މިއަދުން ފެށިގެން 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށެވެ.

ޝިޔާޛު ވިދާޅުވީ، 24 ގަޑިއިރަށް ބަދަލުކޮށްފައި ވަނީ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ ހުރިހާ ފަރާތްތަކަށް ވެސް ކޮންމެ ވަގުތަކު ވެސް އެ ދޭންޖެހޭ ޚިދުމަތް ދިނުމަށް ކަމަށެވެ. މީގެ އިތުރުން ޝިޔާޛު ވިދާޅުވީ މިއީ ސަރުކާރުން ސިއްޙީ ހިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

“ތިނަދޫ ފާމަސީގެ ހިދުމަތް ކުރިން ދެމުން ގެންދިޔައީ ހެނދުނު 8އިން ރޭގަނޑު 12 ޖެހުމާ ހަމައަށް. މިއަދުން ފެށިގެން 24 ގަޑިއިރަށް ބަދަލުކުރެވިފަ ވާނީ. މީ ސަރުކާރުން ސިއްޙީ ހިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ ދަތިކަމެއް ނެތި ތިނަދޫއާއި އަތޮޅުގެ ހުރިހާ ބޭސްފިހާރަތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ ފުރިހަމަ އިތުބާރާހުރި ހިދުމަތަކަށް ފާމަސީގެ ޚިދުމަތް ހެދުން” ޝިޔާޛު ވިދާޅުވިއެވެެ.

މީގެ އިތުރުން ޝިޔާޛު ވިދާޅުވީ ފާމަސީގެ ޚިދުމަތް ރަނގަޅު ކުރަން މޭންޖްމެންޓުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް