ނޮވެމްބަރު 3 ހަމަލާ ރޭވި ދިވެހިންނަކީ ބާޣީން ކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިއުކޭޝަން

ނޮވެމްބަރު 3 ހަމަލާ ރޭވި ދިވެހިންނަކީ ބާޣީން ކަމުގައި ދަރިވަރުންނަށް ކިޔަވައިނުދޭން ނާންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެެވެ.
މިނިސްޓްރީން މިފަދައިން ވިދާޅުވީ ނޮވެމްބަރުމަހުގެ 03ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގައި ބައިވެރިވި މީހުންނަށް "ބާޣީން"ގެ ލަގަބު ނުދިނުމަށް ރާއްޖޭގެ ބައެއް ސްކޫލެއްގެ ޓީޗަރުންނަށް އަންގައިފައިވާކަމަށް ނޫހެއްގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ޒުވާނަކު މީސްމީޑިއާގައި ކުރި ޕޯސްޓަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޮވެމްބަރު 3ގެ ޚާއިނުންގެ ފޮޓޯ ދަރިވަރުންނަށް ދެއްކުމަށް ފަހު، އެއީ "ބާޣީން" ކަމުގައި ދަރިވަރުންނަށް ކިޔައި ނުދިނުމަށް، ޓީޗަރަށް އަންގައިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަނުން ވިދާޅުވީ އެ ޚަބަރަކީ އެއްވެސް އަސްލެއް ނެތް، ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ހިނގައިފައި ނުވާ ކަމަށާއި ޤައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވައި ސިޔާސީ މަންފާ ހޯދުން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ހިނގީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން(ސީއެޗްއެސްއީ)ގައި ކަމަށެވެ.
މީހަކުއަޖާބެއްނުވާނެތަދެންއެއީ ޢާޒީކަމުގަދަރިވަރުނަބުނެދޭތަޖެހެނީ
ސަގަރާ ލުޠުފީ ސިއްކާ ތީ ބާޣީނެއްނޫހޭ ވެރިކަން އަތުލަން ތެޅުނުއިރު ރޯގާ ލަދުވެސް ނުގަނޭ ނޫހޭ ތީބާޣި ބާޣީން