ޚަބަރު އިޖުތިމާޢީ ސަރުކާރު

ޕިކްނިކް އައިލެންޑްގެ އަމަލީ މަސައްކަތް ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ads by MWSC

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ހިއްކަމަށް ކަނޑައަޅައިފައިވާ ރަށް ހިއްކުމަށް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ނިންމައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅު ފުއްދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރީ ހެދުމުގެ މަސައްކަތުގެ ދަށުން އެ ސަރަޙައްދުން 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ކުޑަގިރި ފަޅަކީ މާލެއާއި 10.5ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!