Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
މެދުއިރުމަތި

ނުރައްކާތެރި ހަމަލާއަކުން އިރާގްގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ

ނުރައްކާތެރި ހަމަލާއަކުން އިރާގްގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ

އިރާގްގެ ބޮޑުވަޒީރު މުސްތަފާ އަލްކަދީމީއަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާއަކުން އަނިޔާއެއް ނުވެ އޭނާ ސަލާމަތް ވެއްޖެއެވެ.

އިރާގުގެ އަސްކަރިއްޔާއިން ހާމަކުރެއްވި ގޮތުގައި ބަގްދާދުގައި ހުންނަ މުސްތަފާ އަލް ކަދީމީ ގެކޮޅަށް ޑްރޯނެއްގައި ގޮވާ ތަކެތި ހަރުކޮށްގެން ދިން ހަމަލާއަކުން އޭނާ ވަނީ ސަލާމަތްވެފައެވެ. އެހެން ނަމަވެސް މިހަމަލާގައި ބޮޑު ވަޒީރުގެ 6 ބޮޑީގާޑުން ވަނީ ޒަހަމްވެފައެވެ.

"އަހަރެންގެ ހާލު ރަނގަޅު. އަލްހަމްދު ﷲ" ހަމަލާއިން ސަލާމަތްވެ ކުރައްވައިފައިވާ ޓްްވީޓެއްގައި އިރާގުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އޭގެ ފަހުން އިރާގުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ވިދާޅުވީ ރޮކެޓް ހަމަލާތަކާއި ޑްރޯން ހަމަލާތަކުން ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށާއި މުސްތަގުބަލު ބިނާ ނުކުރެވޭނެ ކަމަށެވެ.

މިއަދު ހެނދުނު ދިން މި ހަމަލާ ދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު އިރާގުގައި ބޭއްވި އިންތިހާބަށް ފަހު އިރާގުގެ ވެރިރަށުގައި ހިންގި ބޮޑެތި މުޒާހަރާތަކަށް ފަހުއެވެ. މުޒާހަރާ ކޮށްފައި ވަނީ އިންތިހާބުން ބަލިވި ފަރާތްތަކުގެ ލީޑިން ގުރޫޕުން، އެ އިންތިހާބު ނާކާމިޔާބު ވުމުން ވޯޓް އޮޅުވައިލައިފައިވާ ކަމަށް ބުނެއެވެ.

ބަގްދާދުގެ ގްރީން ޒޯނުގައި ދިން މިނުރައްކާތެރި ހަމަލާގެ ޒިންމާ އަދި މިހައިތަނަށް އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް