ދިއްގަރުން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 95އަށް އަރައިފި

މ. ދިއްގަރުން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 95އަށް އަރައިފިއެވެ.
ދިއްގަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެ ރަށުން 5 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. މި އަދަދާ އެކު އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 95އަށް އަރައިފައެވެ. 37 ސުންކެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިހައިތަނަށް އެރަށުން ޖުމްލަ 459 ސުންކު ނަގައިފައިވެއެވެ.
އެ ރަށުން އެންމެ ފުރަތަމަ ވޭދަނައެއް ފެނިފައި ވަނީ ކަރަންޓީނުގައި ނެތް މީހެއްގެ ފަރާތުންނެވެ. އޭނާ ފައްސިވެފައި ވަނީ ކޮވިޑް-19ގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ނެގުނު ސުންކުންނެވެ. އޭނާ ކޮވިޑަށް ފައްސިވުމާ އެކު އޭނާއާ ގާތުން އެއްތާވި މީހުން ދެނެގަނެ އެމީހުން ކަރަންޓީން ކުރެވުނެވެ. މީގެ އިތުރުން އެ ރަށަށް އަރައި ފޭބުން ވެސް އެ ދުވަހު ވަނީ މަނާކޮށްފައެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލައިފައިވާއިރު އެ ރަށުގެ ޖުމްލަ 25 ގެއެއް ވަނީ ކަރަންޓީންކުރެވިފައެވެ.