ޚަބަރު

ރިސޯޓުތަކަށް ފުލުހުން އަރުވައިގެން މިނިމަމް ވޭޖް ތަންފީޒުކުރާ ހާލަތަކަށް ނުދާނެ: ފައްޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރިސޯޓެއްގައި މުވައްޒަފުންތަަކެއް މަސައްކަތް ކުރަމުންދާ މަންޒަރު/ ފޮޓޯ: އަވަސް

ރިސޯޓްތަކަށް ފުލުހުން އަރުވައިގެން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ތަންފީޒުކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް ގަބޫލު ނުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިމަމް ވޭޖް އިއުލާނު ކުރެއްވުމަށް ފަހު ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ މި ވާހަކަ ދައްކާތާ އެތައް އަހަރެއް ފަހުން މިނިމަމް ވޭޖް ކަނޑައެޅުމުން ވެސް ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށާއި ނަމަވެސް ޖުމްލަކޮށް މިނިމަމް ވޭޖުން އެންމެންނަށް އޮތީ ފައިދާ ކަމަށެވެ. އަދި މިކަމާ މެދު ހިތްހަމަނުޖެހުމެއް އުޅޭ ނަމަ އެކަން ދައްކަން ޖެހޭނީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުން ކަަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ތަންފީޒު ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ލަފާ ދެއްވީ މިދިޔަ އޮކްޓޯބަރު މަހުއެވެ. ނަމަވެސް އެ ބޯޑުގެ ލަފަޔާ ގުޅިގެން މަޓީން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

"ހުރިހާ ރިސޯޓުތަކަކީ ފައިދާވާ ރިސޯޓުތަކެއް ވެސް ނޫން. 50 ވަރަކަށް ރިސޯޓު އެބައޮތް ރަނގަޅަށް ފައިދާވާ. އަދި 50 ވަރަކަށް ރިސޯޓު އެބައޮތް ކޮވިޑުން ލިބުނު ގެއްލުމުން އަރައިނުގަނެވި. އެ މީހުންނަށް އިތުރު ކޮސްޓް ބާޑަންއެއް މި އަންނަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ:

▪︎ އަމިއްލަ ކުދި ވިޔަފާރިތައް: ގަޑިއިރަކަށް 21.63ރ.؛ މަހަކަށް 4،500ރ.
▪︎ މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 33.65ރ.؛ މަހަކަށް 7،000ރ.
▪︎ ބޮޑެތި އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 38.46ރ.؛ މަހަކަށް 8،000ރ.
▪︎ ޕަބްލިކް ސެކްޓާ (ސިވިލްސާވެންޓުންނާއި ސަރުކާރުގެ ކުންފުނިތައް)
- ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000ރ.
- ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65ރ.ގެ ރޭޓުން

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!