Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރުކަކުން ވެއްޓި ޒުވާނެއްގެ ފަލަމަސްގަނޑުގެ ކަށިތައް ބިނދިއްޖެ

ރުކަކުން ވެއްޓި ޒުވާނެއްގެ ފަލަމަސްގަނޑުގެ ކަށިތައް ބިނދިއްޖެ

ފ. ނިލަންދޫން ޒުވާނަކު ރުކަކުން ވެއްޓި، ފައިގެ ފަލަމަސްގަނޑުގެ ކަށިތައް ބިންދައިގެން ގޮސްފިއެވެ.

މައުލޫމާތު ގޮތުގައި އަހުމަދު އިރުފާން ނަމަކަށް ކިޔާ އެ ޒުވާނާ ރުކަށް އަރަން އުޅުނީ މިއަދު ހެނދުނު 9:30 ހާއިރެވެ. ނަމަވެސް ރުކަށް އަރަން އުޅުމުގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ވެގެން މިހާރު އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ނިލަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އިރުފާނަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ހޮސްޕިޓަލަށެވެ. ނަމަވެސް ލިބިފައި ހުރި އަނިޔާތަކުގެ ސީރިއަސްކަމުން އޭނާ ވަނީ އެމަޖެންސީގައި މާލެ ފޮނުވައިލައިފައެވެ.

Advertisement
Allied Insurance — Square (box)

އިރުފާނުގެ ކަނާތު ފައި އެނބުރި، ފައިގެ ފަލަމަސްގަނޑުގެ ކަށިތައް ބިންދައިގެން ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ވެއްޓުނީ ގާތްގަނޑަކަށް 50 ވަރަަކަށް ފޫޓުގެ ރުކަކުންކަން ވެސް ނިލަންދޫން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް