ރާއްޖޭގައި ނެގި ނިޒާމީ ވޯޓަކީ "ކުޑަކާފު ބޮޑުކާފު" ޒަމާނުގައި ނެގި ވޯޓެއްކަމަށާއި އެ ވޯޓަކީ ބޮޑު އޮޅުވައިލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު (ބޮންޑޭ)ވިދާޅުވެއްޖެއެވެ.
ބޮންޑޭ ވިދާޅުވީ ވޯޓު ގުނާ ވަގުތު ފުޅިބައްތި ރެޑީ ކުރަން ޖެހުނު ޒަމާނުގައި ނެގި ނިޒާމީ ވޯޓަކީ ބޮޑު އޮޅުވައިލުމެއް ކަމަށާއި ނިޒާމީ ބަދަލެއް ބޭނުންވާ ކަމަށެވެ.
"އެމެރިކާގެ ފޮޓޯ ގަނޑެއް ދައްކައިގެން ރަށުގައި ވޯޓު ގުނުން މަނާ ކުޑަކާފު ބޮޑުކާފު ވޯޓު ގުނާ ވަގުތު ފުޅިބައްތި ރެޑީ ކުރަންޖެހުނު ޒަމާނުގައި ނެގި ނިޒާމީ ވޯޓަކީ ބޮޑު އޮޅުވާލުމެއް.! ތަންފީޒުކުރާން ފަސޭހަ ދުވެލި ހަލުވި ވެރިކަމުގެ ނިޒާމީ ބަދަލަކަށް ! ނިޒާމީ ބަދަލަކަށް މުޅި ގައުމު!" ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް މެމްބަރު ކަމުގައިވާ ބޮންޑޭ މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމާ މެދު ގޮތެއް ނިންމަން އަންނަ ނޮވެމްބަރު މަހު ވޯޓެއް ނަގަން ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެހެން ނަމަވެސް އެފަދަ އެއްބަސްވުމެއް ވެވިފައި ނުވާކަމަށް ސަރުކާރު ހިނގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ކަމުގައިވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ބޮންޑާމެންގެެ ވަގުކަމާއިި މަކަރުވެރިކަންް އެންމެނައްް މިހާރުު އެގިހާމަވެއްޖެެ ބަރުލަމާނީީ ނިޒާމުގަަ ރައްޔިތުންމަޖިލިސްގަވެސްް ބޮންޑާާ ހުރިހާމިނިސްޓްރީއެއްވެސްް ބޮންޑާާ ހުރިހާކުންފުންޏެއްވެސްް ބޮންޑާާ ދެންވިސްނާާ ތިކަހަލަަ ހަޔާތްކުޑަަ ގޮތްނެތްމީހުންް ހުރިހާކަމަކައްް މޖިލިސްމެމްބަރުންލީމަަ ވާނެގޮތްް ރައްޔިތުންނަެްް އެގުމެއްް ކެހުމެއްނެތިި ގައުމުވިއްކާލާފަަ ފިޔަސްް ރެޔަކާނުލާނެތީީ ތިވަރައްް ތިފެލެނީީ
2008 ގެ އިންތިޚާބުގައި ކުޑަކާފު ބޮޑުކާފު އޮޅުވައިލިގެން އެމްޑީޕީ ވެރިކަމަށް އައީވެސް އެހެންނޫންތަ