Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރެފި!

ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރެފި!

ވައި ގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވި ގޮތުގައި ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައި ވަނީ މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީއެވެ. މިސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 21:00އިން ފެށިގެން 00:00 އަށެވެ.

މިރޭ ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާ ކުރެވޭ ގޮތަށް ބަލައިލާއިރު އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

Advertisement
HDC — Sidebar (box)

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް ވާއިރު އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް ވެސް މެޓްު އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަ ވާނެކަމަށާއި ރާޅުގެ އުސްމިނުގައި 8 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ވެސް މިރޭ ވަނީ ހުދު ސަމާލު ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް