Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ކޮޕީ މުޙައްމަދު ރަޝީދުގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ކޮޕީ މުޙައްމަދު ރަޝީދުގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދުމަތްތަކެއް ކުރައްވައިފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ރަޝީދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

https://twitter.com/ibusolih/status/1459036212140785667?s=21

Advertisement
Allied — Dhen Online (box)

ރައީސްގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެފައެވެ. ނައިބު ރައީސް ވިދާޅުވީ ކޮޕީ މުޙައްމަދު ރަޝީދަކީ ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ ރޭގެ ވަގުތެއްގައެެވެ. ޢަރަބި ތާނަ ލިޔުމާއި، ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ކޮޕީ މުޙައްމަދު ރަޝީދަށް 3 ފަހަރެއްގެ މަތިން ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް