Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ބަޖެޓަށް ބަލާލިޔަސް ފެންނަނީ މުޅި ގައުމު އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު: ޝިޔާމް

ބަޖެޓަށް ބަލާލިޔަސް ފެންނަނީ މުޅި ގައުމު އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު: ޝިޔާމް

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް ބަލާލިޔަސް ފެންނަނީ ރާއްޖެ އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި" މިނަމުގައި މިއަދު ހަވީރު އިދިކޮޅުން ކުރިއަށް ގެންދިޔަ ހިނގާލުމުގައި އިނގިރޭސިބަހުން މީޑިޔާއާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެއާއި އިންޑިޔާއާ އެކު ފަހުން ވެފައިވާ އެއްބަސްވުންތަކާ މެދު ދިވެހިން ހިތްހަމަ ނުޖެހޭކަމަށެވެ.

"އިންޑިއާއާއި ރާއްޖެއާ ދެމެދު މިފަހުން ވެވުނު އެއްބަސްވުންތަކާ މެދު ދިވެހިން ހިތްހަމައެއް ނުޖެހޭ. އަދިވެސް އެބަހުރި ބައެއް އެއްބަސްވުންތައް ދިވެހިން ހިތްހަމަނުޖެހޭ. އެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިންގެ މިނިވަންކަމަށް އަސަރު ކުރާނެ. އެހެންކަމުން ދިވެހިން މަގުތައް މައްޗަށް މި ނުކުތީ" ޝިޔާމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޝިޔާމް ވިދާޅުވީ މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީ ކުރިއަށް ގެސްގޮސްފައި ވަނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި ރަށްރަށުގައި ވެސް މިރެލީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި ކުރިއަށް ގެންދިޔަ 3 ވަނައަށް އެންމެ ބޮޑު ރެލީކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ މި ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވައިލާ ބޭއްވި ހިނގާލުމެކެވެ. އަދި މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުންނާ އެކު ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް