ކުޅިވަރު

18 އަހަރަށް ފަހު ބަނގްލަދޭޝްއަތުން ރާއްޖެ ބަލިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: އެފްއޭއެމް

މަހިންދަ ރާޖަޕަކްސަ ، ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބަނގްލަދޭޝް އަތުން 2-1ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

Ads by MWSC

ފާއިތުވި 18 އަހަރު ތެރޭގައި ރާއްޖެއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ބަނގްލަދޭޝްއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ރާއްޖެއަތުން ބަންގލަދޭޝަށް އެންމެ ފަހުން މޮޅެއް ހޯދިފައި ވަނީ 2003ވަނަ އަހަރު އެ ގައުމުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައެވެ.

އެންމެ ފަހުން ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކޮށްފައި ވަނީ މިއަހަރު ސާފް ޗެންޕިއަންޝިޕްގައެވެ. އެ މެޗުން ރާއްޖެ ވަނީ 2-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި މުބާރާތުގެ ފުރަތަމަ ކުޅުނު މެޗުން ރާއްޖެއާއި ލަންކާ ވަނީ 4-4ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ބަންގްލަދޭޝްއާއި ސީޝަލްސް ވެސް ވަނީ އެ ދެ ޓީމުގެ ފުރަތަމަ މެޗުގައި 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ބަނގްލަދޭޝްގެ މި މޮޅާ އެކު، އެ ޓީމުން ވަނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރިޔަށް ޖެހިލައިފައެވެ. ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށް ދާ މި މުބާރާތުގައި ރާއްޖެ މިވަގުތު އޮތީ، ކުޅުނު ދެ މެޗުން ލިބުނު އެންމެ ޕޮއިންޓަކާ އެކު ތާވަލްގެ ފުލުގައެވެ.

މިއަދުގެ މެޗު ބަލަން ލަންކާގެ ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަދެ ތިއްބެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، ރާއްޖެއިން މެޗުގެ ކުރީ ކޮޅު ރަނގަޅު ޕާސްތަކެއްކޮށް ރަނގަޅު ކުޅުމެއް ވަނީ ދައްކައިފައެވެ. އެހެން ނަމަވެސް، މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނަގައިފައި ވަނީ ބަނގްލަދޭޝްއިންނެވެ. އެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްފައި ވަނީ ކެޕްޓަން ޖަމާލް ބުޔާންއެވެ. އެ ގޯލަކީ އޮފްސައިޑެއް ކަަމަށް ފުރަތަމަ ދެއްކި ނަމަވެސް، ފަހުން ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

ބަނގްލަދޭޝްގެ ފުރަތަމަ ގޯލަށް ފަހު، ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ 33 ވަނަ މިނެޓްގައި އުމައިރު ޖަހައިދިން ލަނޑާއެކުގައެވެ. ރާއްޖެއިން ބަނގްލަދޭޝާ ދެކޮޅަށް އުފެއްދި ފުރަތަމަ ނުރައްކާރި ހަމަލާ، އެސިސްޓްކޮށްދީފައި ވަނީ ކެޕްޓަން އަކްރަމެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުން މޮޅުވި ލަނޑު 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން، އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބަރްމަނެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ސީޝެލްސްއާއެވެ. ފައިނަލުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ރާއްޖެއަށް ވަނީ ގެއްލިފައެވެ.

Ads by Allied Insurance
  1. ފޫހި

    ޢަސްއަދުު އަލީީ ގޮވައިގެންް ދެންް ރަށަށްް އާދޭޭ ތިޔައޮތީީ ތަށިލިބިފަަ.

  2. ުސާން

    އެހެންދޯވާނީ އަބަދުވެސް އެއްކައްޑިފެންޓްވަންޔާ

  3. ހަސަނު

    އަދިވެސް އުންމީދު ކުރާނަން ފައިނަލަށް ޝުކުރިއްޔާ ގައުމީ ޓީމް