ދީނީ ކަންކަމުގައި ސިޔާސީ މަންފާ ނުހޯދަން ޝިޔާމަށް އިލްތިމާސްކޮށްފި
ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިސްލާމް ދީނާ ގުޅުން ހުރި ކަންކަމުގައި ނާޖާއިޒު ފައިދާ ނުނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އިލްތިމާސްކުރައްވައިފިއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނު އަސާސީއަށް ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވައިފައިވާ ބިލަށް އިސްލާހުތަކެއް ގެނަސް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އެރިޕޯޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވައިލި ފުރުސަތުގައި މެމްބަރު ޝިޔާމް ވިދާޅުވީ އިސްލާމް ދީނާއި ގުޅުން ހުރި މިފަދަ ބިލެއް މަޖިލީހަށް ފޮނުވުމުން ސަރުކާރުގެ އޮތް ނުބައި ނިޔަތް ހާމަވެގެންދާކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަކުރާ މީހުންނަށް ދިވެހި ބިމުގައި ޖާގަ ދިނުމަށް ޓަކައި ސަރުކާރުން ވިސްނުން ގެންގުޅޭކަން އިސްލާހުން އެނގިގެން ދިޔަކަމަށް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާ، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖޭގެ މަގުތަކަށް، މާލެއެއް ކިޔާނެކަމެއް ނެތް، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގަ މިކަމާ ދެކޮޅަށް އަޑުއުފުލާ ދިވެހިރައްޔިތުން މަގުތަކަށް ނިކުތީމާ ސަރުކާރަށް މަޖުބޫރުވީ މިކަމަށް އިސްލާހުތަކެއް ގެންނަން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި މިފެނިގެންދަނީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ޖާގަ ބޮޑުކޮށް ފުރުސަތު ދެވިގެންދާ މަންޒަރު ކަމަށެވެ. އަދި އެކަމަށް މަގު ފަހި ކުރުވުމަށް ގާނޫނަށް ހުށަހެޅޭ އިސްލާހުތަށް މަޖިލީހަށް ނުފޮނުވުމަށް ޝިޔާމް ގޮވައިލެއްވިއެވެ.
ޝިޔާމްގެ މިވާހަކަތަކަށް ރައްދު ދެއްވައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ސިފަކުރެއްވީ ޝިޔާމް ދެއްކެވީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައެވެ. އެގޮތުން ވިދާޅުވީ ނަފުރަތު ހުއްޓުވުމުގެ ބިލު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފައި ވަނީ ދީނީ އިލްމުވެރިންގެ ރައުޔާއި، ބަންޑާރަ ނައިބުގެ ރައުޔުވެސް ހޯދުމަށް ފަހުގައި ކަމަށެވެ. ދިވެހި ބިމުން އިސްލާމް ދީން ފޮހެލައި އެހެން ދީނެއް ފެތުރުމަށް ރާއްޖޭގެ އެއްވެސް ރައީސަކު ޖާގަ ނުދެއްވާނެކަން ފާހަގަކުރައްވަމުން އަފީފު ވިދާޅުވީ އިސްލާމީ މުޖުތަމައުތަކުގައި އަބަދުވެސް ދީނީ ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށެވެ.
"އެއް އިލްމުވެރިއަކަށް އޭނަ ދެކޭ ގޮތް އަނެއް މީހާ އެއްބަސްނުވާކަމަށް ވަންޏާ އެއީ އިސްލާމް ދީނާ ހިލާފު ކަމެއްކަމަށް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ ތެރޭގަ ބައިބައިވުމާ ފިތުނަ ފަސާދަ އުފެދޭނެ ކަންކަން" އަފީފު ވިދާޅުވިއެވެ.
ބައިބައިވުން އުފެއްދުމާއި ފިތުނަ އާންމުކުރުމަކީ އިސްލާމް ދީން ހިތްވަރުދޭ ކަންކަން ނޫން ކަމަށާއި ފިތުނަ އާންމުކުރަން ފުރުސަތު ދިނުމަކީ ދީނާ އެއްކޮޅަށް ނުވަތަ ދީނީ ކަންކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށް އަފީފު ވިދާޅުވިއެވެ. އަފީފު ވިދާޅުވީ މެމްބަރުން ވާހަކަ ދައްކަވާއިރު ބިލެއް ހުށަހެޅުމުގެ މަގްސަދާއި ބިލުގައި ހުރި ކަންކަމާއި ބިލަށް ހާޒިރު ކުރަންޖެހޭ ކަންކަން ބަލަންޖެހޭ ކަމަށެވެ.
ސިޔާސީ ގޮތުން ހިޔާލުތަފާތުވީމައި ލިބޭ ކޮންމެ ފުރުސަތެއްގައި އޭގެ ބޭނުންހިފައި ފައިދާ ނަގާނެ ކަމަށާއި ދީނީ ކަންކަމުގައި މި ވިސްނުން ދޫކޮށްލަން ޖެހޭކަމަށް އަފީފު ގޮވައިލެއްވިއެވެ.
ތި ލދީނީ ބައިގަނޑށްވުރެ ޝިޔާމްގެ ވިސްނުވެސް ރަނގަޅު
ޝިޔާމު ވިދާޅުވީ ދޮގެއްނޫން، އަދި ސިޔާސީގޮތުން، ފިތުނަ އުފެއްދުމެއް ވެސް ނޫން، އެމްޑީޕީ ވެރިކަމަށް އެރި ކޮއްމެ ފަހަރަކު ވެސް ފެނިގެން މި ދަނީ، ލާދީނީ، ކަންކަމަށް ތަރުހީބުދޭ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާ މަންޒަރު، އެއީތޯ، އެބަިގަނދު އެ ބުނާ ބޮޑުމަންޒަރަކ