ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

މުސްކާނަށްޓަކައި އެހިތުގައި ޖާގައެއް ހުސްވަމުން އައިކަމެއް ލުހާމް ނުދެނަހުއްޓެވެ. ހިތަށްކުރަމުންދިޔަ ފުން އަސަރުގެ ފަހަތުގައިވީ އެސަބަބުކަން ޚުދު އޭނާއަށް ވެސް ނުވިސްނެއެވެ. މުސްކާންގެ ކޮޓަރިން އެހެން ފިރިހެނަކު ނުކުތްތަންފެނި ހިތަށް އެހައި ތަދުވީ އެއަންހެންކުއްޖާއަށް ހިތުގައި ޚާއްސަކަމެއް އުފެދިފައި ވުމުންކަން ޔަގީނެވެ. އެހެނަސް އެހުރިކަމެއް ދެނެގަނެވޭވަރަށްވުރެ ލުހާމްގެ ސިކުނޑިވަނީ އައި ގަދަރުޅީގައި ބަލިކަށިވެ ގޮސްފައެވެ.

Ads by Sosun Fihaara

މުސްކާންގެ އަތުގައި ހިފައި ލުއްކެތް ޖަހައިލަމުން ލުހާމް ހިނގައިގަތީ ގެއަށް ވަނުމަށެވެ. އެހައިއިރު ވާއިރު ގޭގެ އެންމެން ނިދައި ގޭތެރެ ހަމަހިމޭން ވާނެކަން މިހައި ދުވަސްވީއިރު އޭނާއަށް އެނގެއެވެ. އެއްވެސް ޖެހިލުންވުމެއް އޭނާގެ ކިބައިން ފެންނަންނެތީ އެހެންވެއެވެ. ރޮވިފައިހުރި މުސްކާން އޭރުވެސް މަސައްކަތް ކުރަމުންދިޔައީ ލުހާމްގެ އަތްދަށުން ސަލާމަތް ވުމަށެވެ.

"ލުހާމަށް ހީކުރެވުނީ ރަނގަޅަށް.. އަހަރެން ލުހާމްދެކެ ލޯބިވޭ.. ވަރަށް ލޯބިވޭ.. އެކަމަކު.. ދުވަހަކުވެސް އަހަރެން ހިއެއްނުކުރަން ތީ ތިހައި އަނިޔާވެރި ގޮތެއްފޮތެއްނެތް އިންސާނެއް ކަމަކަށް.. ދުވަހަކުވެސް އަންހެން ކުއްޖަކަށް އަނިޔާވެރިވާން ލުހާމަށް ކެރިދާނެކަމަކަށް.. އާދޭސްކޮށްފަ ބުނަން.. އަހަރެން ލުހާމްދެކެ ވާ ލޯބީގެ ހައްގުގައިވިއަސް.. އަހަންނަށް ތިހެން ނުހަދާ.. ޕްލީޒް.." މުސްކާންގެ ވާހަކަތައް އިވިފައި ހިނދުކޮޅަކަށް ލުހާމްގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާގެ ދެލޯ ކުރިމަތިން ސިފަވީ މުސްކާންގެ ކޮޓަރިން ނުކުތް ގޮތް ނޭނގޭ ފިރިހެންމީހާއެވެ. އެކޮޓަރިން ނުކުތުމަށްފަހު ގަމީހުގެ ގޮށްތައް އެމީހާ އަޅުވައިލިގޮތެވެ. އޭނާގެ ހޭވިފައިވި އިސްތަށިގަނޑެވެ. އެހުރިހައި ކަމެއް ހެކިދެމުންދިޔައީ އެންމެ ކަމަކަށްކަން ޔަގީނެވެ.

"އަހަރެންދެކެ ކަލޭ ލޯބިވާލެއް ބޮޑުކަމުންދޯ އެހެން ފިރިހެނުން ރޭގަނޑު ކޮޓަރިއަށް ވައްދަނީ.." ދެލޯހަނިކޮށްލުމާއެކު އަނެއްކާވެސް ލުހާމް ހިނގައިގަތެވެ. ރުޅިއައިސްފައި ހުރިއިރު އޭނާގެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެނެވެ. އިރާކޮޅު އޮތް ޕާޓީއެއްގެ ތެރެއިން އޭނާ ބޭނުންކުރި ޑްރަގްސްގެ އަސަރު އަދިވެސް މުޅިއަކުން ނުފިލައެވެ. ހަށިގަނޑަށް އަރަމުންދިޔަ ގަދަބާރުގައި ކުރެވޭ ނުކުރެވޭކަމެއް ޚުދު އޭނާއަށް ވެސް އިހުސާސުނުވެއެވެ. މުސްކާންގެ އަނގައިން ބޭރުވަމުންދިޔަ މަޑު ގިސްލުމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެވެ. އެއަށްވުރެ ހިތުގައި އުފެދެމުންއައި ތޫފާނުގެ ބާރު ގަދަވެފައިވިއެވެ.

ލުހާމް ހީކުރިގޮތަށް މުޅި ގޭތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވުމާއެކު މުސްކާންގެ އަތަށް ބާރު ކޮށްލަމުން އޭނާ މިސްރާބުޖެހީ މުސްކާންގެ ކޮޓަރިއާ ދިމާއަށެވެ. ގިސްލެވިފައިހުރި މުސްކާން ނުދާން ގަދަހަދަން ފެށުމުން ލުހާމްގެ ރުޅިގަނޑު ކޮންޓްލޯނުން ނެއްޓިއެވެ. މުސްކާންގެ އަނގައަށް އަތުން ފިތައިލުމާއެކު އޭނާ ބުނާހައި ގޮތެއް ހެދުމަށް އަމުރުކޮށްލީ ހަރުކަށި ރާގަކަށެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ގެނެސް އެކޮޓަރީގެ ދޮރުހުޅުވައިލަމުން މުސްކާން އެތެރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި މުސްކާން ގޮސް އަނގަވަތަށް ކޮޓަރީތެރަށް ވެއްޓުނެވެ. ދޮރުމަތީގައި އެމަންޒަރު ބަލަން ހުރުމަށްފަހު ކޮޓަރީތެރަށް ފިޔަވަޅެއް އަޅައިލަމުން ފަހަތުން ލުހާމް ދޮރުލައްޕައިލިއެވެ. އަދި ލަސްލަހުން ކޮޓަރި ތަޅުލުމާއެކު އޭނާ މުސްކާނަށް ބަލައިލީ ނުރައްކާތެރި ގޮތަކަށެވެ.

* * * * *

ކާއިލް ކޮޓަރިއަށް ވަދެއްޖެކަން ޔަގީންކޮށްލުމަށްފަހު މަޑުމަޑުން ރުހައިމް ދޮރުހުޅުވައިލިއެވެ. އަޑެއްވެސް އިއްވައިލުމެއްނެތި ދޮރުލައްޕައިލަމުން އޭނާ މިސްރާބުޖެހީ ގެއިން ނުކުތުމަށެވެ. ލަސްހިނގުމެއްގައި ލައިގެންހުރި ޖިންސުގެ ދެޖީބަށް އަތްޖަހައިލައިގެންހުރެ އޭނާ ހިނގަމުންދިޔައިރު އެތައް ކަމެއް އެސިކުނޑިއަށް ވެރިވަމުންދިޔައެވެ. ހަޔާތުގެ އެކިކަންކަމާމެދުގައި ވިސްނުން ހިންގެމުންދިއަސް އޭނާގެ ހިތަށް އަތްގަދަކޮށްފައިވީ އައިޝްގެ ހަނދާންތަކެވެ. އެރީތި ސޫރައެވެ. މައުސޫމުކަމުން ފުރިފައިވި ތޫނު ކަޅިރަވައެވެ.

ލޫޔާއާއެކު އައިޝް ފެނުނުފަހުން މިހާރު އެތައް ދުވަހެއް ފާއިތުވެގޮސްފިއެވެ. އޭގެފަހުން މުޅިންހެން އެސަރަހައްދައް ދިއުން ރުހައިމް ވަނީ ހުއްޓައިލައިފައެވެ. އެގޮތުގައިހުރެ އައިޝްގެ ކުރިމައްޗަށް އަރާން އޭނާ ބޭނުންނުވީއެވެ. އަމިއްލަ ނަފުސު ބަދަލުކުރެވެންދެން އެއަންހެންކުއްޖާއާ ދުރުގައި ހުރުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާ ދެކުނެވެ. ފުންނޭވައެއް ދޫކޮށްލަމުން ރުހައިމް ހިނގުން ބާރުކޮށްލިއެވެ. މިރެއަށްފަހު އޭނާ އަކީ ފުރިހަމަ މިނިވަނަކަށް ވާނެއެވެ. އެއްވެސް މީހެއްގެ އަމުރެއް ދެން އޭނާގެ މައްޗަކަށް ނުހިނގާނެއެވެ. އާރަމްގެ ވަކިތައްދަށުން ސަލާމަތްވެގެން ނޫނީ އޭނާ އަށް އެއްވެސް ހަމަޖެހުމެއް ނެތެވެ. އާރަމްއާ ދެމެދު ވެވުނު އެއްބަސްވުން މިރޭ ފުރިހަމަ ވާނެއެވެ. އައިޝްއާ ބައްދަލުކުރަން އޭނާ ދާނީ އޭގެފަހުގައެވެ. އޭނާ ފެނުމުން އައިޝްއަށް ވާނީ ކިހިނެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުމާއެކު ރުހައިމްއަށް ހިނިތުންވެލެވުނެވެ. އެއަންހެންކުއްޖާއަށް އޭނާ ފާހަގަކުރަން އެނގިއްޖެއްޔާވެސް ރަނގަޅެވެ. ހިނިއައިސްފައި ހުރެ ކުރުކޮށްހުރި އޭނާގެ ފަން އިސްތަށިގަނޑުގައި ރުހައިމް އަތް ހިންގައިލިއެވެ.

އެމީހުންގެ ބައްދަލުވުންތައް އާންމުކޮށް ކުރިއަށްދާ ފަޅުގެއާ ހިސާބަށް އާދެވުމާއެކު ރުހައިމް ހިނގުން މަޑުޖައްސައިލިއެވެ. ފިނި ނޭވައެއް ފަޒާގެތެރަށް ދޫކޮށްލަމުން އަމިއްލަ ނަފުސު ހަމަޖައްސައިލިއެވެ. ދެމެދުގައި ކުރިމަތިލާ އެންމެ ފަހުގެ ކުރިމަތިލުން ނިމިދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އާރަމް އެހައި ފަސޭހައިން އޭނާ ދޫކޮށްލައިފާނެ ބާއެވެ؟ އިތުބާރުކުރަން ކިތަންމެ ދައްޗަސް އޭނާ އައީ ފުރިހަމައަށް އެބައްދަލުވުމަށް ތައްޔާރުވެގެންނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ރުހައިމް އެގޭތެރަށް ވަނެވެ.

އޭނާގެ އިންތިޒާރުގައި ބޮޑު ގޮނޑިއެއްގައި އިނށީދެ އަތުގައިހުރި ތަށިން އެތިފޮދުފޮދު ބޯން އާރަމް އިނެވެ. އެކޮޓަރިއަށް ވެރިވެފައިވީ ފަނޑު އަލިކަމުގެ ތެރޭގައި ވަށައިގެންތިބި މީހުން ފެންނަނީ ކިރިޔަކިރިޔާއެވެ. މަތީގައި ދިއްލައިފައިހުރި އޮރެންޖް ކުލައިގެ ބޮކީގެ އަލި ފޯރަނީ ވަކި ހިސާބަކަށެވެ. ތަނުން ދުވަމުންދިޔަ ވަހުން އުނދަގޫވެ ރުހައިމް ނޭފަތުގައި އަތް އަޅައިލިއެވެ. އެތެރަށް ވަދެގެން އައި ރުހައިމްއަށް ބަލަން އާރަމް އިނީ ހިނިއައިސްފައެވެ. އަތުގައިހުރި ތަށި ހިއްލައިލަމުން އެއްބުމަ އޭނާ އަރުވައިލީ ބޮޑާކަމާއެކުއެވެ.

"ރުހައިމް.. މައި ބޯއި.. އާދޭ އާދޭ..." ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލަމުން އާރަމް ބުނެލިއެވެ. ދެކޮޅު ހެދުމެއްނެތި ރުހައިމް އައިސް އެގޮނޑީގައި އިނށީނެވެ.

"ހާދަ ބޮޑު ބަދަލެކޭ އަމިއްލަ ނަފުސަށް ގެނެސްފަ ތިހުރީ.. މިހާރު އަހަރެންނަށް ހަމަ އަސްލުވެސް ޔަގީން ވެއްޖެ ރުހައިމް އަހަރެމެންނާ ވަކިވާން ބޭނުންވާކަން.." އެއްފައި މައްޗަށް އަނެއްފައި އަރުވައިލަމުން ރުހައިމްގެ ފައިން ފެށިގެން ބޮލާއި ހަމައަށް އާރަމް ނަޒަރު ހިންގައިލިއެވެ.

"ވާހަކަ ދިގުކުރާކަށް އަހަރެންގެ ގަސްދެއް ނެތް.. އާރާ އަށް ރަނގަޅަށް އެނގޭނެ މިރޭ ބައްދަލުކުރަން އަހަރެން ބޭނުންވި ސަބަބު.. އެހެންވީމަ އެވާހަކައާގެން ކުރިއަށް ދޭ.." ހަށިގަނޑު ގުދުކޮށްލުމަށްފަހު އެދަތް ޖޯޑުކޮށްލައިގެން އިނދެ ރުހައިން ބުންޏެވެ. ރުހައިމްގެ ވާހަކަތަކުން އާރަމްގެ ހިނިތުންވުން ފުޅާވެލިއެވެ.

"ރުހައިމް ހާދަ ކެތްމަދުވެއްޖޭ ދޯ.." ނުލަފާ ހިނިގަނޑަކާއެކު އާރަމް ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ސީރިއަސް ނަޒަރަކުން އާރަމްއަށް ބަލަންހައްޓައިގެން ރުހައިމް އިނީއެވެ.

"އޯކޭ އޯކޭ.. ތިހައި ސީރިއަސްވެފަ ނީނަކަސް މިކަން ނިމިދާނެ.. އަހަރެމެން ދެމެދު ވެވުނު އެއްބަސްވުން ފުރިހަމަ ވެއްޖެ.. ނޫންތަ.. އަހަރެން އެދުނުފަދައިން ބޮޑު ފައިދާއަކާއެކު އެންމެ ފަހުން ހަވާލުކުރެވުނު ވިޔަފާރީގެ ކަންކަން ރުހައިމް ނިންމައިފި.. އައި އެމް އިމްޕްރެސްޑް.. ރުހައިމްގެ ތިއުކުޅުތައް މިތަނުން މީހަކަށް ދަސްކޮށްދޭންވީނު.. ކަލޭ ދިޔައީމަ އަހަންނަށް ހާދަ ގެއްލުން ދައްކާނޭ.." ގޮނޑީގެ ލެގޭ ބައިގައި ބޯޖައްސައިގެން މައްޗަށް ބަލަން އިނދެ އާރަމް ބުނެލިއެވެ.

"ސޮރީ އާރާ.. އިތުރަށް ދެން މިގޭންގާ ގުޅޭ އެއްވެސް މަސައްކަތެއްގަ ޝާމިލް ވުމުގެ ނިޔަތެއް ނެތް.. އަހަރެމެން ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން އަހަރެން ބޭނުންވަނީ.. އާރާގެ އެއްވެސް ސިއްރެއް އަހަރެންގެ ފަރާތުން ބޭޒާރު ނުވާނެކަމުގެ ޔަގީންކަން ދެން.. ޔުއަރ ސީކްރެޓްސް ވިލް އޯލްވޭސް ބީ ސޭފް ވިތް މީ.. އެހެންވީމަ އިތުރަށް މިކަންކަން ދިގުދަންމާކަށް އަހަރެން ބޭނުމެއްނޫން.. މިހާރު ބޭނުންވަނީ މިދިރިއުޅުން ދޫކޮށްލާ އައު ހަޔާތެއް ފަށަން.. ސޯ.. ލެޓްސް އެންޑް ދިސް.." އާރަމްއަށް ބަލަން އިނދެ ރުހައިމް ބުނެލީ މަޑުމައިތިރި ރާގަކަށެވެ. ރުހައިމްގެ ވާހަކަތަކަށް ބޯޖަހައިލަމުން އާރަމް ހަށިގަނޑު ސީދާ ކޮށްލިއެވެ. އިރުކޮޅަކު އެވާހަކަތަކާމެދު ވިސްނަން އިނދެފައި އޭނާ ރުހައިމްއަށް ބަލައިލިއެވެ.

"އެންމެ ރަނގަޅު.. ޔޫ އަރ ފްރީ ޓް ގޯ.. އަހަރެން ރުހައިމްއަށް އިތުބާރު ކުރަން.. އަހަރެންވެސް.. އަދި އަހަރެންގެ އެއްވެސް މީހަކުވެސް މީގެ ފަހުން ރުހައިމްއަށް އުނދަގޫ ކުރާކަށް ނުދާނެ.. އެހެންވީމަ އެކަމާ ކަލޭ ކަންބޮޑުވެ ޖެހިލުންވާކަށް ނުޖެހޭނެ.. އައި ވިޝް ޔޫ އަ ހެޕީ ލައިފް އެހެޑް..." ހިނިތުންވެލަމުން ކުޑަކޮށް ގުދުވެލައިފައި ކުރިމަތީގައި އިން ރުހައިމްގެ ކޮނޑުގައި އާރަމް ޖަހައިލިއެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި ރުހައިމްއަށް ދެލޯމަރައިލެވުނެވެ. އެނބުރި އޭނާގެ ކުރީގެ ދިރިއުޅުމަށް ދާން ރުހައިމް ބޭނުންވެއެވެ. ކުރިއަށް ދިއުމަށް އޮތް ރާސްތާ އަމާންވިކަމުގެ އިހުސާސު އޭނާ އަށް ކުޑަކޮށްވިއަސް ކުރެވުނެވެ. އާރަމްއަށް ހިނިތުންވެލަމުން އިންތަނުން ތެދުވެ އެތަނުން ދިއުމަށް ރުހައިމް ހިނގައިގަތެވެ. ރުހައިމް ފަސްދިނުމާއެކު އާރަމްގެ ތުންފަތްމަތިން ހިނިތުންވުން ފިލައިދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ބުމަގޮށްޖެހުމާއެކު މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. ދެލޮލުން ފައުޅުވާންހުރި ގާތްކަން ފިލައި ނުރައްކާތެރި ވިދުވަރެއް ވެރިވެގަތެވެ. ރުހައިމް އެތަނުން ނުކުތުމާއެކު ރުޅިއައިސްފައި އަތުގައިހުރި ތަށި ތަޅުންގަނޑު މައްޗަށް ޖަހައި ތަޅައިލިއެވެ. ނަފުސަށް ވެރިވަމުންއައި ގަދަ ރުޅީގައި އިންތަނުން ތެދުވެ ކުރިމަތީގައި ހުރި ގޮނޑީގައި ފައިން ޖަހައި ވައްޓައިލިއެވެ.

"އޭނަ ހީކުރީ އެހެންބުނެ އަހަރެންގެ ބޮލަށް އެރެވޭނެކަމަށްތަ؟ އޭނާ ދައްކާހައި ވާހަކައެއް އަހަރެން ގަބޫލުކުރާނެ ކަމަށްތަ؟ އޭނަ ހީކުރީ އަހަރެންމީ ބޯހަމަނުޖެހޭ ބޮޑު މޮޔައެއް ކަމަށްތަ؟ އޭން.." ރުޅިއައިސްގެން ގޮސް ހަޅޭއްލަވައި ގަނެވުމާއެކު އާރަމްގެ އަޑު މުޅި އެތަނުގައި ގުގުމައި ގަތެވެ. ފުންނޭވާތަކެއްލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލުމަށްފަހު އޭނާ ފަހަތުގައި އިސްޖެހިފައި ހުރި ހާއިޝްއަށް ބަލައިލިއެވެ.

"ކޮބާ އަހަރެން ތައްޔާރުކުރަން ބުނި ގްރޫޕް؟ ރެޑީގަތަ އޮތީ؟" ހަރުކަށިކަން އާރަމްގެ އަޑުގައި ވިއެވެ. އާނއެކޭ ބުނަމުން ހާއިޝް ބޯޖަހައިލިއެވެ. އެއާއެކު އާރަމް ކޮށްލި އިޝާރާތަށް އެތަނުން ނުކުތުމަށް ހާއިޝް ހިނގައިގަތެވެ. ދަމުން އަތުގައި އޮތް ފޯނުން އޭނާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އަދި ހަމަލާ ދޭންވީ ވަގުތު ޖެހިއްޖެކަމުގައި އަންގައިލިއެވެ.

* * * * *

ވެއްޓިފައިއޮތް މުސްކާންގެ އަތުގައި ހިފައި ނަގެމާއެކު ލުހާމް އޭނާ ކޮށްޕައިލީ އެއްފަރާތުގައި ހުރި އެނދާއި ދިމާއަށެވެ. އެނދުމައްޗަށް މުސްކާން ވެއްޓުމާއެކު ހިތްވަރުކޮށްފައި އެތަނުން ތެދުވާން އޭނާ އުޅުނެވެ. އޭރު ތުންފަތުން ކުޑަ ތަންކޮޅެއް ފަޅައިގެންގޮސް ލޭ އަންނަމުންދިޔައެވެ. އެނދަށް ނަޒަރު ހުއްޓުމާއެކު ލުހާމްގެ ސިކުނޑީގައި ސިފަވީ އެފިރިހެންމީހާއާއެކު މުސްކާން އުޅޭނެ ނުބައި ގޮތެވެ. ދަތްކުނޑި ވިކައިލުމާއެކު ލައިގެންހުރި ޓީޝާޓް ބައިލަމުން ތަށިމުށިތައް މައްޗަށް އޭނާ ވައްޓައިލިއެވެ. އެނދުން ތެދުވުމަށްފަހު ފަހަތަށް ބަލައިލި މުސްކާނަށް އެތަން ފެނި ދެލޯ ބޮޑުވެގެން ދިޔައެވެ.

"ނު..ނޫން.. އާދޭސްކުރަން ލުހާމް.. އަހަން.. ނަށް.. ތިހެން ނުހަދާ.. ހެޔޮނުވާނެ.. އަހަރެން.. ދު.. ދޫކޮށްލާ.." ލުހާމްގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލަމުން މުސްކާން އާދޭސްކޮށްލިއެވެ. ނަމަވެސް އެއަޑު ލުހާމަށް ނީވޭ ފަދައެވެ. ނޫނީ އިވުނަސް ނީވޭކަމަށް ހެދެނީއެވެ. ބޭނުންކޮށްފައިހުރި ޑްރަގްސްގެ އަސަރު ސިކުނޑިއަށް ކުރަމުންދިޔަވަރުން އޭނާއަށް އެއްވެސް ކަމެއް އިހުސާސުނުވާ ފަދައެވެ. ސިކުނޑި ސިފަކޮށްދެމުންދިޔަ މަންޒަރުތަކުން އުނދަގޫވެ ރުހައިމްގެ ރުޅި އިތުރަށް ގަދަވުން ނޫންހެންކަމެއް ނުވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލުމާއެކު މުސްކާން އެނދުމައްޗަށް އަނެއްކާވެސް ވައްޓައިލިއެވެ. އަދި އޭނާގެ ގައިމައްޗަށް އަރައި މުސްކާންގެ ދެއަތުގައި ބާރަށް ލުހާމް ހިފަހައްޓައިލިއެވެ.

"އަހަންނާއެކު މިހެން އުޅެންވީމަތަ މުސްކާން ޖެހިލުންވަނީ؟ އެހެންމީހުނާއެކު ކޮންމެ ގޮތަކަށްވެސް އުޅެން ކެރޭ ދޯ.." ދަތްކުނޑި ވިކައިލައިގެން އިނދެ ލުހާމް ބުނެލިއެވެ.

"ކިތަށް ފަހަރުތަ ބުނަންވީ ލުހާމް ތިސިފަކުރާފަދަ އެއްވެސް ގުޅުމެއް އެއްވެސް މީހަކާއެކު ނޯވެއޭ.. ކީއްވެތަ ކަލެއަށް އަޑުނީވެނީ؟" ދެލޮލުން ކަރުނަ ފައިބަމުންދިޔަސް ބަލިކަށިވާކަށް މުސްކާން ބޭނުމެއްނުވިއެވެ. މުސްކާންގެ އަނގައަށް ލުހާމް ފިތައިލީ އެގޮތަށް އޭނާއާ ވާހަކަ ނުދައްކަންބުނެ އިންޒާރެއް ދެމުންނެވެ. އިތުރު ވާހަކަތަކެއް ދައްކައި ވަގުތު ބޭކާރު ކުރާކަށް ލުހާމް ބޭނުމެއްނުވިއެވެ. މުސްކާނާ ގާތްވެލުމާއެކު މުސްކާން އަޅައިގެންހުރި ބުރުގާ މަތިން އޭނާގެ ކަނދުރާގައި ލުހާމް ތުންފަތް ޖައްސައިލިއެވެ. ލިބުނު ސިހުމާއެކު މުސްކާން ތެޅިގަތެވެ. ކުރިއަށްވުރެ ބޮޑަށް މުސްކާންގެ ހަށިގަނޑު އަތުތެރޭގައި ހިފަހައްޓައިލަމުން ލުހާމް މަސައްކަތްކުރީ މުސްކާންގެ ބުރުގާ ބޭލުމަށެވެ. ބުރުގަލުގައި ހިފައި ދަމައިލުމާއެކު ތަންތަނަށް ޖަހައިފައިހުރި ޕިންތަކަށް ވާންވެލިއެވެ. ދެވަނަފަހަރަށް އެޔަށްވުރެ ބާރަށް ލުހާމް ބުރުގަލަށް ދަމައިގަތެވެ. އެއާއެކު އެކި ތަންތަނަށް ޕިންތައް ބުރުއްސައިގެންގޮސް ދާދި ފަސޭހައިން މުސްކާންގެ ބޮލުން ބުރުގާ ވަކިވެގެން އައެވެ. ލިނުބު ކާމިޔާބާއިއެކު ހިންދެމިލަމުން ބުރުގާ ދުރަށް އެއްލައިލިއެވެ. ގަނެފައިވި ބިރާއި ހިތަށް ވެރިވެފައިވި ލަދުވެތިކަމާއެކު މުސްކާންގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އިތުރުވެފައި ވިއެވެ. އެއޮމާން ކަނދުރާއާއި މޫނުގެ އިތުރުން ކަޅުކަންގަދަ އިސްތަށިގަނޑަށް ލުހާމްގެ ދަހިވެތި ނަޒަރު ދަތުރުކޮށްލިއެވެ. ހިކެމުންއައި ތުންފަތް ތެންމައިލަމުން އޭނާ ގުދުވެލިއެވެ. އެވަގުތު ބަލާކަށް ނޯވެ ޖެހިގެންހުރި މޭޒުމަތީގައިހުރި ފެންޖަގު ނެގުމަށްފަހު ގައިގައިހުރި ބާރެއްލައިފައި އޭގެން ލުހާމްގެ ބޮލުގައި މުސްކާން ޖެހިއެވެ. ބޮލަށް އިހުސާސުކުރެވުނު ތޫނު ތަދާއެކު އައްދޯއިއޭ ކިޔައި ލުހާމަށް ހަޅޭއްލަވައި ގަނެވުނެވެ. ލިބުނު ހަނިފުރުސަތުގައި ދެއަތުން ބޮލުގައި ހިފަހައްޓައިގެންއިން ލުހާމް ގަދަކަމުން ކޮށްޕައިލުމަށްފަހު އެނދުން މުސްކާން ފޭބިއެވެ. ގިސްލެވޭވަރުން ރަނގަޅަށް އޭނާގެ އަޑުވެސް ބޭރުނުވެއެވެ. މުސްކާން ހިފަހައްޓަން ލުހާމް ދެތިން ފަހަރު މަސައްކަތްކުރިއަސް، އޭނާއަށް އެކަން ކާމިޔާބުނުވީ ބޮލަށް އެނބުރުން އަރައިފައި ހުރުމުންނެވެ. އަވަސް އަރުވައިލައިފައި އެއްފަރާތުގައިހުރި ހަރުގައި އަޅުވައިލައިފައިހުރި ވަށް ބުރުގާކޮޅު ބޮލަށް މަހައިލަމުން ތަށިމުށިތައް މަތީގައި ވެއްޓިފައިއޮތް އޭނާގެ އަތްދަބަސް ނަގައި މެޔާއިލައި ބޮނޑިކޮށްލުމާއެކު ކޮޓަރިން ނުކުތުމަށް މުސްކާން ދުއްވައިގަތެވެ. ކަށީނެތް ހިތްވަރުންވެސް އެނދުން ފޭބުމަށްފަހު މުސްކާންގެ ފަހަތުން އަންނަން ލުހާމް މަސައްކަތް ކުރަމުންދިޔައެވެ. ފަހަތަށް ބެލުމެއްވެސް ނެތި ކޮޓަރިން ނުކުމެ ގެއިން ނުކުތުމަށް މުސްކާން މިސްރާބުޖެހިއެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުރުމަށް އޭނާ ނޭދެއެވެ.

ފަޔަށް ލެވުނުހައި ބާރެއް ލައިފައި މަގުމަތީގައި އޭނާ ދުވަމުންދިޔައިރު ދެވޭ ނުދެވޭ ދިމާއެއްވެސް މުސްކާނަކަށް ނޭނގެއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެމުން މަގުމައްޗަށް ބެލުމެއްވެސްނެތި އޭނާ ކުރިއަށް ދިޔައެވެ. ވިއްސާރަ ރެއަކަށްވެފައި ދަންގަޑިއެއްކަމުން މަގުތައްމަތީގައި ހޭލަމޭލަވަމުންދިޔަ މީހުން ފުދޭވަރަކަށް މަދެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް މުސްކާންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ގަނެފައިވި ބިރެއްގެ ބޮޑުކަމުން އިރުއިރުކޮޅާ އޭނާއަށް ފަހަތަށް ބެލެމުންދިޔައެވެ. އެހާލުންވެސް ލުހާމް އޭނާގެ ފަހަތުން އަތުވެދާނޭ މުސްކާނަށް ހީވަނީއެވެ. ޖެހިލުންވެފައިވީ އެހެންވެއެވެ.

* * * * *

ލަސްހިނގުމެއްގައި ކުރިއަށްދިޔަ ރުހައިމްގެ ބޮލުގެ ފުށްކިބައިގައި މީހަކު ބާރު އެތިފަހަރެއް ޖެހީ އޭނާއަށް ކުއްލި ސިހުމެއް ގެނުވަމުންނެވެ. ދެލޯ ބޮޑުވުމާއެކު ކުރެވެމުންދިޔަ ތޫނު ތަދާއެކު އެތަނުގައި ރުހައިމްއަށް އަތްޖައްސައިލެވުނެވެ. އަތުގައި ހޭކުނު ދިޔާ އެއްޗަކީ ލޭކަމުގައި އެވަގުތު އޭނާގެ ހިތް ބުނެލިއެވެ. ވެއްޓެންދިޔަ ހަށިގަނޑު އުނދަގޫ ގޮތަކަށް ކޮންޓްރޯލް ކޮށްލަމުން އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. އަތުގައިއޮތް ލަޓިބުރިއާއެކު ހިނިއައިސްފައި ހުރި ހާއިޝް ފެނުމުން ރުހައިމްގެ ދެބުމަ ގޮށްޖެހުނެވެ. އެހެނަސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ހަފަރާތުން މީހުންތައް އައިސް އޭނާ ވަށައިލިއެވެ. އެއެންމެންނާއި އެއްފަހަރާ ކުރިމަތިލާނެ ގޮތެއް ރުހައިމްއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް އެކިފަރާތުން ހަށިގަނޑަށް އަމާޒުވެލި ހަމަލާތަކާއެކު ރުހައިމްއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް މުޅި އެގޯޅީގައިވެސް އެމީހުންނޫން ބަޔަކު ފެންނާކަށް ނެތެވެ. ސަލާމަތަށް އެދި އޭނާ ހަޅޭއްލަވަމުންދިޔަސް އެއިން މީހަކަށް އެއަޑު އިވޭނެ ހެއްޔެވެ؟ ގައިގެ އެތަން މިތަނުން ހޯސްލައިފައި އޮހޮރިގަތް ލޭތަކާއެކު ރުހައިމް ހުރިތަނަށް ތިރިވިއެވެ. އޭނާގެ ގައިން ފައިބަމުންދިޔަ ލޭތަކުން މީހާ ތަތްތެޅެމުންދިޔައިރު އެއިން މީހެއްގެ ހިތަށް ރަހުމުގެ ކުޑަވެސް މިންވަރެއް ނުވަނެވެ. ވެއްޓިފައި އޮތް ރުހައިމްއާ ގާތްވެލަމުން އަތުގައި އޮތް ލަޓިބުރިއަށް ހާއިޝް ބަލައިލިއެވެ. އޭގެ އެއްފަރާތުގައިހުރީ މޮހޮރު ހަރުކޮށްފައެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު ރުހައިމްގެ މޫނާއި އަމާޒުކޮށް އޭނާ އޭތި މަޅައިލިއެވެ. "އާރާއަށް ބޭވަފާތެރިވާ ކޮންމެ މީހެއްގެ ނިމުން އަންނާނީ މިހެން.." ރުހައިމްއަށް އެއަޑު އިވޭނެކަމާއި މެދު އޭނާއަށް ޝައްކެވެ. ލެއިން ކަޅިވެފައި އޭނާ އޮތް އިރު އެހަށީގައި ފުރާނަހުރެދާނެކަންވެސް ޔަގީނެއްނޫނެވެ. ތިރިވެލަމުން ރުހައިމްގެ ނޭފަތާއި އޭނާ އަތް ގާތްކޮށްލިއެވެ. ނޭވާލާކަމުގެ އެއްވެސް ނިޝާނެއް ފާހަގަނުވުމުން ކާމިޔާބީގެ ހިނިތުންވުމެއް އެތުންފަތުގައި ދުވެލިއެވެ. "މަރަށް ތެޅެން އޭނާ ބާއްވާ.." ރުހައިމްއަށް ބަލައިލަމުން އަތުން ދެންތިބި މީހުނަށް އިޝާރާތް ކޮށްލުމަށްފަހު އެތަނުން ދިއުމަށް އެމީހުން މިސްރާބުހިއެވެ.

* * * * *

ދުވަމުންއައިސް އަނދިރި ގޯޅިގަނޑަކަށް ނުކުމެވުނު ވަގުތު ފެނުނު މަންޒަރުން މުސްކާންގެ ހެއަށްވެސް ގޮތްވެގެން ދިޔައެވެ. އަނގަމަތީގައި އަތްއަޅައިލެވުމާއެކު އަވަސް އަވަހަށް އެތަނުގައި ހުރި ގެއަކާއި އޭނާ ނިވައިވެލިއެވެ. ދެލޯބޮޑުވެފައި ފެންނަމުންދިޔަ އަނިޔާވެރި މަންޒަރުބަލަން އޭނާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. އެއްއަތުން މޭގައި ޖައްސައި ބާރުކޮށްލައިގެން ހުރިއިރު ބިރުންގޮސް އޭނާ ރޫރޫއަޅަމުންދިޔައެވެ.

އެބަޔަކު އެތަނުން ދަންދެން ބަލަހައްޓައިގެން މުސްކާން ހުއްޓެވެ. އެމީހުންގޮސް ޖެހިގެންއޮތް މަގަށް އަޅައިލުމުންވެސް އިރުކޮޅަކު މަޑުކޮށްލައިގެން އޭނާއަށް ހުރެވުނީއެވެ. މުޅި ނަފުސަށް ވެރިވެފައިވި ބިރުވެރިކަމާއެކުވެސް ލަސްލަހުން ހުރިތަނުން ނުކުމެ އެދިމާއަށް މުސްކާން ފިޔަވަޅެއްއަޅައިލިއެވެ.

ޖެހިލުންވެފައިހުރެ ކުދި ފިޔަވަޅުތަކެއްގައި އައިސް ލޭތަކުގެ މެދުގައި ޚަބަރު ހުސްވެފައިއޮތް ޒުވާނާއަށް މުސްކާން ބަލައިލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހިތަށް ވެރިވެފައި ބިރުވެރިކަން އެއްފަރާތްކޮށްލަމުން އަތްދަބަސް ތެރެއިން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށް ގުޅައިލިއެވެ. އަދި ވީހައިވެސް އަވަހަހަށް އެންބިއުލޭންސް ފޮނުވައި ދިނުމަށް ބުނަމުން ކުޑަކަކޫ މައްޗަށް އިނށީދެލުމަށްފަހު އެވަގުތު އޭނާއަށް ދެވެންއޮތް ފަރުވާއެއް އޮތްތޯ ޗެކް ކޮށްލިއެވެ. ހިނދުކޮޅެއްކުރިން އޭނާއަށް ކުރިމަތިވި ހާދިސާމަތިން މުސްކާން ހަނދާންނެތިފައިވާ ކަހަލައެވެ. އެޒުވާނާގެ އަތުގައި ހިފައިލުމާއެކު ވިންދު ހުރިތޯ އޭނާ ޗެކްކޮށްލީ ހާސްވެފައި އިނދެއެވެ.

(ނުނިމޭ)

Ads by HDC
  1. ހަސަނު

    އޯ ސޯ ސޭޑް