ކޮވިޑް-19 އަދާހަމަ: މިއަދު ފައްސިވީ 149 މީހުން

ރާއްޖެއިން މިއަދު އިތުރު 149 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 18 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 111 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 20 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 90،266 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 87،855 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 9 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ނިޔާވެފައި ވެއެވެ.