ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު އެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
މި ގާނޫނަކީ ރާއްޖޭގައި ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާ ގުޅޭ ގޮތުން ކުއްޔަށް ހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
މިގާނޫނު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާ ގުޅޭ މުޢާމަލާތްތަކުގެ މައްޗަށެވެ.
ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއްގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު ކަނޑައަޅަން ޖެހެނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަދި މުޅި ރާއްޖޭގެ ދަފްތަރެއް ހޯމް މިނިސްޓްރީން ގެންގުޅެން ޖެހެއެވެ.
ގެދޮރު ކުއްޔަށް ދޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގިނަވެގެން ނެގޭނީ ދެ މަސް ދުވަހުގެ ކުލީގެ ފައިސާކަން ގާނޫނުން ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން، ކުއްޔަށް ދޭ ތަނުގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހު އެތަނެއްގައި އެންމެ ގިނައިން އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަން ޖެހެއެވެ. އަދި ސަބް ލީޒްއަށް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޭ ނަމަ އެކަން ކުރެވޭނީ ކުއްޔަށް ދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެން ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މިއަދު ރައީސް ތަސްދީގު ކުރެއްވި ބިލާ އެކު އާ ގާނޫނު ވުޖޫދުވެ ކުރިން އަމަލުކުރަމުން ދިޔަ "ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" އުވިގެންދާނެއެވެ.
ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު އެކުލަވައިލި ނަމަވެސް އެ ގާނޫނުގައި ކުއްޔަށް ދެވޭނެ އެންމެ ބޮޑު އަގު ބަޔާންކޮށްފައެއް ނުވެއެވެ. މާލޭގައި އެންމެ ބޮޑުވެފައިވާ ކުލީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެންމެ ބޮޑު އަގު ކަނޑައަޅަންޖެހޭކަމަށް ގިނަ ރައްޔިތުން ދުށް ނަމަވެސް ސަރުކާރުން ދެކެނީ އެއީ ކުލީގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. ސަރުކާރުން ބުނާ ގޮތުގައި ކުލީގެ މައްސަލަ ހައްލު ވާނީ ހެޔޮ އަގުގައި ލިބޭނެ ސޯޝަލް ހައުސިންއާއި ސެކަންޑް ހައުސިންގް މާކެޓެއް ތަރައްގީ ކުރެވިގެންނެވެ.
ތީގެންް ފެންނަނީބޭކާރުު ބާތިލްކަންތައްް ތަންދޫކޮއްލީމަަ ސެކިއުރިޓީއައްބެހެއްޓިި ފައިސާކޮޅުު ފަސޭހައިންލިބުމާއިި ތަނައްލިބުނުގެއްލުމުގެެ ބަދަލުު ތިފަރާތުންް އަވަހައްދޭގޮތައްް އޮތުމެއްނޫންތޯޯ ރައްޔިތުންނައްބޭނުންވާނީީ ތީހަމަަ ބޭކާރުމަގާމުތަކަކައްް ބަޔަކުު އައްޔަންކޮއްގެންއުޅޭޭ ބޭކާރުު ގޮތުގަަ ވަގުތުނަގާލުމެއްް ހޭދަކުރާބޭކާރުފައިސާނޫންބާއޭޭ ހިތައްއަރަނީ
މިހާރުވެސްް އަބަދުވެސްް އެމީހަކައްް އެމީހަކުބޭނުންސައިޒެއްގެެ ބޭނުންފެންވަރެއްގެެ ތަންތަންހިފުމާއިި ނުހިފުންް އެއީީ އޮންނަކަމެއްް ފެންނަނީީ އެޑްވާވާންސްް ފައިސާތިބޭފުޅުންބަހައްޓާފަަ ދެފަރާތައްް ހަމަހަމައްް ކަންތައްކޮއްދޭންް އަދިި އެއްވެސްް ފަރާތެެއްގެެ ހައްގެއްގެއްލިއްޖެނަމަަ އެކަމުގަަ ތިފަރާތުންް ފައިސާގެެ ކަންތައްް ހަމަޖައްސަދޭންް އަދިި އެގެއްލުންލިބޭފަރާތައްް ފުރިހަމަަ އިންސާފުު ލިބުންް އަދިި އެފަދަކަމެެއްގަަ ލަސްކަމެއްއަތުވެއްޖެނަމަަ އެއައްވެސްް ތިފަރާތުންް ބަދަލުދިނުންް ކުއްޔައްހިފުމާއިި ކުއްޔައްހިފުމާއިި ކުއްޔައްދިނުމަކީީ ދެފަރާތައްވެސްް ފަސޭހައިންް އެއްވެސްމައްސަލަަ އެއްނެތިި އުފާވެރިކަމާއިއެކުު ކުރާކަންތައްތަކެއްް މީގަަ މައްސައުފެދޭހިސާބަކީީ އެޑްވާންްސް ލަސްވުުމާއިި މަރާމާތް