އުރީދޫން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫއިން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އުރީދޫން އިއުލާނު ކޮށްފައިވާ ގޮތުގައި މި ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމައިފައި ވަނީ ހުޅުމާލޭގައެވެ.
ހިޔާ ޓަވަރުތައް ކައިރީގައި ބާއްވާ މި ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މިއަދު ހަވީރު 4:00އިން 6:00އަށެވެ.
ކުޑަކުދިންނަށް ހާއްސަ ވަރަށް ގިނަ ކުޅިވަރުތައް ހިމަނައިގެން ބާއްވާ މި ކުޑަކުދިންގެ ހަވީރުގައި ވީހައި ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އުރީދޫން ދައުވަތު ދީފައިވެއެވެ.
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.