ލައިފްސްޓައިލް ލުއި ޚަބަރު

ޒުވާންކަން މަތީ ހުރުމުގެ ސިއްރަކީ ރޮނާލްޑޯގެ 5 ލައްކަ ރުފިޔާގެ އެނދު: ޖޯޖީނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރޮނާލްޑޯއާއި އޭނާގެ ބައިވެރިޔާ ޖޯޖީނިއާ އާއި މިދެމީހުންގެ ދަރިން

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނިދާ އެނދުގެ އަގަކީ 31،000 ޔޫރޯ (540،425 ދިވެހި ރުފިޔާ) ކަމަށް އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ބުނެފިއެވެ.

Ads by STELCO

އާޖެންޓީނާގެ މަޝްހޫރު މޮޑެލް ޖޯޖީނާ މިކަން ހާމަކުރީ އޭނާ ދިން އިންޓަރވިއުއެއްގައެވެ. އުމުރުން 27 އަހަރުގައި ޒުވާންކަން މަތީ ދެމިހުރުމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން ޖޯޖީނާ ބުނީ އޭނާ އަބަދުވެސް ދުވަހުގެ ކޮންމެ ވެސް ވަގުތެއް އަރާމު ކުރުމުގައި ހޭދަކުރާކަމަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތު ރަނގަޅަށް ނިދި ލިބުން ވަރަށް މުހިންމު ކަމަށާއި އެ ނިދި ލިބެނީ ރޮނާލްޑޯގެ އަރާމު އެނދުގެ ސަބަބުންކަމަށް ޖޯޖީނާ ބުންޏެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިހާރު ވެސް ގެންދަނީ މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޗުގަލްއަށް ކުޅެމުންނެވެ. ޖޯޖީނާ ބުނީ ރޮނާލްޑޯ ފަދަ އެތްލީޓުން ދުޅަހެޔޮކަންމަތީ ތިބުމަށް ވެސް އަރާމު ނިދި ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ކުޅިވަރުގައި ކުރިއަރައިގެން ދިޔުމުގައި ވެސް އެނދު ހިއްސާވާނެކަމަށް ޖޯޖީނާ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖޯޖީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އަގުބޮޑު އެނދުގައި އޮވެ ނަގައިފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. އޭނާ ، އެ އެނދު ސިފަކުރީ ވިލާގަނޑެއްގެ ގޮތުގައެވެ. އޭނާ ބުނީ ކޮންމެ ދުވަހެއް ވެސް ފެށޭނީ އެނދުގައި އޮށޯވެ ނިދާ ހިސާބުންކަމަށެވެ.

ބުރަކޮށް އުޅޭއިރު ވެސް ވަރުބަލި ނުވެ ދުވަސް ކަޑައްތުކޮށްލުމުގެ ސިއްރަކީ އޭނާގެ "ވިލާގަނޑު" ކަމަށް ޖޯޖީނާ ބުންޏެވެ. ޖޯޖީނާ ބުނީ އެއްވެސް ކަމަކަށް ޓަކައި އޭނާގެ އެނދު ގުރުބާން ނުކުރާނެކަމަށެވެ.

ރޮނާލްޑޯގެ އެނދަކީ ހޯގޯ ކުންފުނީގެ އުފެއްދުމެކެވެ. މި ބްރޭންޑަކީ ސައިންސްވެރިންގެ ހާއްސަ ދިރާސާއަކާ އެކު އަރާމު ނިންޖެއް ލިބޭގޮތަށް ޑިޒައިންކޮށްފައިވާ އެނދު އުފައްދާ ބްރޭންޑެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި މި އެނދުގެ ސަބަބުން ޒުވާންކަން މަތީ ހުރުމަށް އެހީތެރިވެދޭނެއެވެ.

ހޯގޯއިން ކޮންމެ އަހަރަކު އެންމެ ގިނަވެގެން އުފައްދަނީ 240 އެނދެވެ. މިއެނދުތައް އުފައްދަނީ އޯޑަރު ދިނުމުންނެވެ.

Ads by HDC
  1. ނުރަބޯ

    ދުނިޔޭގައި އުފަލުގައި އުޅެވިދާނެ. އާޚިރަތުގެ ޙާލަކީ ކޮބައިބާ؟

  2. ތިމަންޖެ ނުއިދެ ލިބިފަ ތިބި ހަރާން ދަރިންނާއެކު މުޅިއުމުރަަށް ތި ވިލާގަނޑު އޮވެވޭނެބާ؟