ޚަބަރު ސަރުކާރު

ކުރިއެކޭ އެއްގޮތަށް މިހާރު 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓް ޚިދުމަތަށް ކުރިއެކޭ އެއްގޮތަށް މިހާރު 24 ގަޑިއިރު ހުށަހެޅޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމިގްރޭޝަނުން ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. މީގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓަށް ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިއަށްގެންދާނީ ފޯމުތައް ލިބޭ ތަރުތީބުން ކަމަށެވެ. އަދި ޕާސްޕޯޓަށް ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި މިއީ ރައްޔިތުންނަށް ވީހާ ވެސް ފަސޭހައިން އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަން ވަނީ ޕާސްޕޯޓަށް އެދުމަށް "އިމުގަ"ނަމުގައި އޮންލައިން ޕޯޓަލްއެއް ގާއިމް ކޮށްފައެވެ. ނަމަވެސް ޕޯޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި މީގެ މަހެއްހާ ދުވަހުގެ ކުރިން ޕާސްޕޯޓަށް އެދުމުގެ ވަގުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!