ހޮލީވުޑް މުނިފޫހިފިލުވުން

"މިސްޓަރ ބީން" މަރުވެއްޖެކަމަށް ބުނެ އަނެއްކާ ވެސް ފެތުރެނީ ދޮގު ޚަބަރެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ހޫނު ތަރުހީބު ލިބިފައިވާ ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރޯވަން އެޓްކިންސަން، އާންމުކޮށް ގިނަ މީހުން ދަންނަ ނަމުން ނަމަ "މިސްޓަރ ބީން"، މަރުވެއްޖެ ކަމަށް ބުނެ އަނެއްކާ ވެސް ދޮގު ޚަބަރު ފެތުރެން ފަށައިފިއެވެ.

Ads by STELCO

ނުވަ ދިހައިގެ އަހަރުތަކުގައި އެތައް ބައެއްގެ ހިތްތައް ދަމައިގަތް ކޮމެޑީ ސީރީޒް "މިސްޓަރ ބީން"ގައި ލީޑް ރޯލު ކުޅުނު ރޯވަން މަރުވެއްޖެ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ދޮގު ޚަބަރެއް ފެތުރިފައެވެ.

އެގޮތުން ފޮކްސް ނިއުސްގެ ލޯގޯއާ ވައްތަރު ލޯގޯއެއް ހަދައިފައިވާ ފޭކް ޓްވިޓާ އެކައުންޓަކުން 2017ވަނަ އަހަރުގައި ވެސް ވަނީ މިސްޓަރ ބީން މަރުވެއްޖެ ކަމަށް ބުނެ ދޮގު ޚަބަރެއް ފަތުރައިފައެވެ. އެފަހަރު ބުނެފަ އިވަނީ މިސްޓަރ ބީން މަރުވީ އެކްސިޑެންޓެއްގައި ކަމަށެވެ.

މިސްޓަރ ބީން މަރުވެއްޖެކަމަށް ބުނެ އިއްޔެއިން ފެށިގެން މީސް މީޑިއާގައި އަނެއްކާ ވެސް ދައުރު ވަމުން ދަނީ ކުރީގައި ވެސް ދައުރުވި އެ ދޮގު ޚަބަރެވެ.

މިސްޓަރ ބީންގެ މަރުގެ ޚަބަރާ އެކު އޭނާގެ އެތައް މިލިއަން ފޭނުން މާޔޫސްވެ، ތައުޒިޔާގެ މެސެޖުތައް ވެސް ފޮނުވަމުން ގެންދިޔައެވެ.

މީގެ ކުރިން، 2016ވަނަ އަހަރު ވެސް ބަޔަކު ވަނީ ރޯވަން އެޓްކިންސަން މިފަދައިން "މަރައިލައިފަ"އެވެ. އެފަހަރު ޚަބަރު ފެތުރުނީ، އޭނާ މަރުވީ ސެން ފްރެންސިސްކޯގައި ހުންނަ އޭނާގެ ގޭ ތެރެއަށް ހަބަރު ހުސްވެގެން ވެއްޓި ކަމަށެވެ.

Ads by Allied Insurance
  1. ށަވިޔަނި

    މިސްޓަރ ބީން ދުނިޔޭގަހުރި ކަމުގެޔަޤީންކަންވާ ޚަބަރުވެސް ލިއުނުނަމަ ރަނގަޅުވީސް