ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ކަށީނެތް ހިތްވަރުން މުސްކާންގެ ކޮޓަރިން ނުކުމެ އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ޚަބަރު ހުސްވެ ހުރިތަނަށް މީހާ ވެއްޓުނީއެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލެއްގެ ޕްރައިވެޓް ކޮޓަރިއެއްގައިކަންވެސް އޭނާ އަށް އެނގުނީ ވަށިއިގެން ނަޒަރު ހިންގައިލުމުންނެވެ. ގާތުގައި އިން ޒުލޭހާއާއި ދީމް ފެނުމުން އެތަނަށް އޭނާ ގެނައީ އެމީހުންކަން ޔަގީންވިއެވެ. ޒުލޭހާ ނުބުންޏަކަސް އެހިތުގައި ލައްކަ ސުވާލު ފުނިޖެހިފައި ވާނެކަން ލުހާމަށް ޔަގީންވެއެވެ. މުސްކާންގެ ކޮޓަރިން ފެށިގެން ތަށިމުށިތަކުގައި ހޭކިފައިހުރި ލޭތައް ޒުލޭހާ އަށް ފެނުނުމަކާއި މެދުގައި ލުހާމްގެ ހިތުގައި ސުވާލު އުފެދުނެވެ. ޝައްކުގެ ނަޒަރުން އޭނާ ބަލަމުންދިޔަކަން ލުހާމަށް ފާހަގަވިއެވެ. ޒުލޭހާ ވާހަކަދައްކަމުން ދަނިކޮށް ނޫންކަމަށް ހަދައިފައި އޭނާ ދެލޯ މަރައިލީ އަމިއްލަ ނަފުސު ބޭޒާރުވެދާނެތީ ޖެހިލުންވީ ވަރުންނެވެ.

Ads by Hajj Corporation

ބަހެއްވެސް ނުބުނެ ދީމް އިނީ ޒުލޭހާއާއި ލުހާމްގެ ހަރަކާތްތަކަށް ބަލާށެވެ. އިރުކޮޅަކު އަނގަތަޅަން އިނުމަށްފަހު ލުހާމް އެއްޗެކޭ ނުބުނުމުން ހިތްހަމަނުޖެހިފައި އެތަނުން ނުކުންނަން ޒުލޭހާ ހިނގައިގަތީ ނަރުސް ކުއްޖަކު އައިސް ހަވާލުކުރި ބޭސް ސިޓީ ހިފައިގެން ބޭސް ނަގާށެވެ. ކޮޓަރީގައި ދެމީހުން އެކަނިވުމުން ދީމްގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. ހިތްހަމަނުޖެހިފައި ލުހާމަށް ބަލަން އިނުމަށްފަހު އޭނާ ގޮވައިލީ މަޑުމަޑުންނެވެ.

"އައި ސޯ ދި ބްލަޑް.. ހާސްނުވޭ.. މަންމައަށް ފެނުމުގެ ކުރިން އަހަރެން އެތަން ސާފުކުރިން..." ނޫންކަމަށް ހަދައިފައި ދީމް ބުނެލިއެވެ. ސިހިފައި ދެލޯހުޅުވައިލަމުން ދީމްއާވީ ދިމާއަށް ލުހާމަށް މޫނު އަނބުރައިލެވުނެވެ.

"އަހަންނަށް ނުވިސްނެނީ ސިޑިން ވެއްޓި ބޯފަޅައިގެންދިޔަ މީހެއްގެ ބޮލުން ފޭބި ލޭތައް މުސްކާންގެ ކޮޓަރީ ދޮރުން ފެށިގެން ވަކި ހިސާބަކަށް ހުންނަންވި ސަބަބެއް.. އަޅެ ދޮންބެ ބުނެބަލަ.." ހަށަން ބަނދެލަމުން ދެލޯ ހަނިކޮށްލުމަށްފަހު ދީމް އަހައިލިއެވެ. ބުނާނެ އެއްޗެއް ލުހާމްގެ ސިކުނޑިއަކަށް ނައެވެ. އިރުކޮޅަކު ދީމްއަށް ބަލަން އޮތުމަށްފަހު އަނެއްކާވެސް އޭނާ ދެލޯ މަރައިލީއެވެ. އެތަންފެނި ކަޅިމައްޗަށް ހިންގައިލަމުން ހިތްހަމަނުޖެހުމުގެ އަޑެއް ކަރުބުޑުން ދީމް ލައްވައިލިއެވެ.

* * * * *

ކާއިލްގެ ކެބިންގައި އަތުގައި އޮތް ފޯނަށް ބަލަން އޭނާ އިނީ ދެޚިޔާލެއްގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުންދިޔަ މަންމަގެ ނަމްބަރަށް ގުޅުމާއިމެދުގައި އޭނާ ވިސްނަމުންދިޔައެވެ. ކޮންމެ ގޮތެއްވިއަސް ރުހައިމްގެ ހާލަތު އެމީހުނަށް އެނގުން މުހިންމެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެނަމްބަރަށް ޑައިލް ކޮށްލަމުން ފޯނު ގެނެސް ކަންފަތުގައި ޖަހައިލިއެވެ. އެކޮޅުން ކާއިލްގެ ކޯލަށް ރައުލާ ޖަވާބު ދިނުމާއެކު ނުކެރި އިނދެފައިވެސް ރުހައިމްގެ ހާލަތު އޭނާ މައިންބަފައިންނާ ހިއްސާ ކުރިއެވެ. ލިބުނު ޝޮކު ފިލައި ދިއުމާއެކު ރައުލާއަށް ބާރަށް ރޮއެގަނެވުނެވެ. ވަގުތުން ވީ އެންމެ އަވަހަކަށް ރާއްޖެ އައުމުގެ ކަންތައް ހަމަޖައްސައި ދިނުމަށް މާލިކް ގާތުގައި އެދި އާދޭސްކުރަން އޭނާ ފެށިއެވެ. ލޯބިވާ ދަރިފުޅު އެހާލަތުގައި އެކަނި ދޫކޮށްލާކަށް ކުޑަކޮށްވެސް އޭނާގެ ހިތެއް ނުރުހުނެވެ. މަންމަގެ ރުއިމުގެ އަޑު އަހަން އިނުމަށްފަހު ކާއިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"މަންމާ... ރިލެކްސް.. ކޮއްކޮ ގާތު އަޅުގަނޑުވެސް މިހުރީނު.. އަޅުގަނޑު ހުރިހައިކަމެއް އިރާދަކުރެއްވިއްޔާ ވީ އެންމެ ރަނގަޅަކަށް އެބަ ބަލަހައްޓަމޭ.. މަންމަ ތިގޮތަށް ހާސްވެގެން އުޅެންޏާ އަޅުގަނޑުގެ ހިތްވަރުވެސް އެލޭގޮތް ވާނީ... އެހެންނޫނަސް.. އަޅުގަނޑަކަށް ހިއެއްނުވޭ މިވަގުތު މަންމަމެން މިކޮޅަށް އައުން އެއީ އެންމެ ރަނގަޅު ގޮތް ހެނެއް.. ހޭއަރާ ވަގުތު މަންމައާއި ބައްޕަ ފެނިއްޖެނަމަ ކޮއްކޮގެ ހާލަތު އިތުރަށް ގޯސްވެސް ވެދާނެ.. ހައިމްގެ ގޮތް މަންމައަށް ވަރަށް ރަނގަޅަށް އެނގެއެއްނު.."

"ކާއިލްގެ ވާހަކަތަކާ އަހަރެން އެއްބަސް.. އަހަންނަށް ފެންނަނީ މިވަގުތަށް އަދި މަޑުކޮށްލަން.. ރާއްޖެ ދާން ޖެހިއްޖެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކާއިލް ވަގުތުން އަހަރެމެންނަށް އަންގާނެ.." ރައުލާއަށް ހިތްވަރުދެމުން ކާއިލްގެ ވާހަކަތަކާ ވިއްދައި މާލިކް ބުނެލިއެވެ. ހަދާނެގޮތް ހުސްވެފައި އެދެބަފައިންގެ ވާހަކަތަކަށް އެއްބަސްވުން ނޫންހެން ގޮތެއް ރައުލާއަކަށް ނެތެވެ. ހިތް އެކަމަށް ދެކޮޅު ހެދިއަސް ކާއިލް ދެއްކީ ރަނގަޅު ވާހަކަތަކެއްކަން އޭނާ ވެސް ގަބޫލުކުރެއެވެ. ގާތުގައި ހުރި މާލިކްގެ މޭގައި މޫނު ފޮރުވައިލުމާއެކު ރައުލާއަށް ގިސްލަ ގިސްލައިފައި ރޮއެގަނެވުނެވެ. ރުހައިމްއަށް ވީ އެންމެ ރަނގަޅަކަށް ބެލުމަށް ކާއިލް ގާތުގައި ތަކުރާރުކޮށް އޭނާ އެދެމުންދިޔައެވެ. އެޔަގީންކަން ރައުލާއަށް ދެމުން ކާއިލް ކޯލު ކުރުކޮށްލީ މަންމަގެ ވޭންދެނިވި ރުއިމުގެ އަޑު އަހަން އިތުރަށް ކެތްނުވުމުންނެވެ.

* * * * *

ބާލީސް ދަށުގައި އޮތް ފޯނުގެ އެލާމް އަޑަށް މުސްކާނަށް ހޭލެވުމާއެކު އާފުރިލަމުން އަވަސް އަވަހަށް ފޯނު ނެގުމަށްފަހު އެލާމް އޮފް ކޮށްލިއެވެ. ގަޑިން ފަތިހު ހަތަރުގަޑި ބައިވީއެވެ. މޯޅިއަކަށް ދެމިލަމުން އެނދުން ފޭބުމަށްފަހު އޭނާ އަވަސްވެގަތީ ތާޒާ ވެލައިގެން ފަތިސް ނަމާދު ކޮށްލުމަށެވެ. ޑިއުޓީ ނިންމައިފައި އައިސް ޖައްސާލިއިރު ވަރުބަލިވެފައި ހުރިވަރުން ނިދުނު ގޮތްވެސް އޭނާއަށް ނޭނގެއެވެ. ހަށިގަނޑަށް މަދުވެފައިވި ނިދީގެ ފޮނިމީރުކަން ލިބުމުން އެމޫނުމަތީގައިހުރި ވަރުބަލިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލައިގޮތްވެފައެވެ.

ގޭތެރަށް ނުކުތްއިރު މުޅިތަނަށް ވެރިވެފައިވި ހަމަހިމޭންކަން ފެނި އޭނާ ހައިރާންވާގޮތްވިއެވެ. އިއްޔައިންސުރެ ގެއިން އެކަކުވެސް ނުފެންނަކަން އޭނާއަށް ވަނީ ފާހަގަވެފައެވެ. އަނެއްކާ އޭނާއަށް އަންގައިލުމެއްނެތި ޒުލޭހާމެން ތަނަކަށް ދިޔައީ ހެއްޔެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން އަޅައިގެންހުރި ކަޅު ބުރުގާކޮޅު ރަނގަޅުކޮށްލުމަށްފަހު މުސްކާން އައިސް ބަދިގެއަށްވަނީ ހެނދުނުގެ ސައި ތައްޔާރުކުރުމަށެވެ.

މަސައްކަތުން އަވަދިވީއިރު ހުރީ ހަތެއްޖަހަން ކައިރިވެފައެވެ. ސައިބޮއެގެން ބަދިގެއިން ނުކުންނަން އޭނާ ނިންމީ ހައިވެފައިހުރި ވަރުންނެވެ. ވަރަށް ހަމަޖެހިލައިގެންހުރެ ކޮފީއެއް ތައްޔާރުކޮށްލުމަށްފަހު އޭނާ އައިސް މޭޒުދޮށުގައި އިނށީނެވެ. ތައްޓަށް މަސްހުނިކޮޅެއް އަޅައިލަމުން ރޮށްޓެއް ނެގިވަގުތު ގޭގެ ދޮރު ހުޅުވައިލިހެން ހީވެ މުސްކާން ހުއްޓުންއަރާގޮތްވިއެވެ. ލުހާމްގެ ނަން ސިކުނޑިއަށް ވެރިވުމާއެކު މުޅި ހަށިގަނޑު ސަމާލުކަމަށް އައި ފަދައިން ފާޑެއްގެ ހަރުކަށިކަމެއް އޭނާއަށް ވެރިވިއެވެ. ޒުލޭހާގެ ޒީލަގަދަ އަޑު ކަންފަތުގައި ޖެހުމުން ހިތްހަމަޖެހުމުގެ ފުންނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. އިސްޖަހައިލަމުން އަވަސް އަރުވައިލައިފައި ސައިބޮއެ ނިންމަން މުސްކާން އުޅުނެވެ.

ލުހާމް ގޮވައިގެން ބަދިގެ ހުރަސްކުރި ޒުލޭހާގެ ދެލޮލުގައި މުސްކާން އަޅައިގަތުމާއެކު ހުރިފިޔަވަޅު މަތީގައި ހުއްޓެމުން އުނަގަނޑުގައި ދެއަތް ވިއްދައިލުމަށްފަހު ލޯއަޅައިލިއެވެ. އިސްޖަހައިގެން އިން މުސްކާނަށް ޒުލޭހާ އެތަނުގައި ހުރިކަން އެނގުނަސް ބަލައިލާކަށް ނުކެރުނެވެ.

"ކަމަނާފާނު ކޮންތަނަކުތޯ ތިއުޅުއްވަނީ؟ ކަމަނާގެ ފައިންޕުޅު ނުފެނޭވިއްޔަ އިއްޔަ ހަތަރުދަމު ގޭ ތެރެއިން.." ބަދިގޭގެ ދޮރާއި ގާތްވެލަމުން އެއްއަތް ފާރުގައި ވިއްދައިލުމަށްފަހު މަލާމާތުގެ ރާގަކަށް ޒުލޭހާ އަހައިލިއެވެ. އެއްޗެކޭ ނުބުނެ ލަސްލަހުން އިސްއުފުލައިލަމުން މުސްކާން ބަލައިލިއެވެ. ޒުލޭހާގެ ފަހަތުގައި ހުރި ލުހާމްގެ މޫނަށް އޭނާގެ ނަޒަރު ހުއްޓުމާއެކު މޫނުމަތިން ފޫހިކަން ފައުޅުވެލިއެވެ. ބެންޑޭޖްގެ ސަބަބުން ނިތްކުރިން ބައެއް ފޮރުވިފައިވުމުން އެއީ އޭނާގެ އަތުން ލުހާމަށްދިން ހަމަލާކަން މުސްކާނަށް ވިސްނުނެވެ. ޖެހިލުންވެފައި އޭނާއަށް ޒުލޭހާއާ ދިމާއަށް ބަލައިލެވުނީ އެއިން ކަމެއް ޒުލޭހާއަށް އެނގޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަމުންނެވެ.

"އަދި އެއްޗެކޭ ބުނާއިރަށް މަގޭ މޫނަށް ބަލާނެ މާ ލަދުހަޔާތް ކުޑަވެގެން.. ތާހިރެއްނު ގޭގެ އެކަކުވެސް ސައި ނުބޮނީސް އަރައި ސައިބޯން އިންލެއް.. މި ހީވަނީ މީނަގެ އަމިއްލަ ގެހެން ބޭނުން ވައްތަރަކަށް ތެޅެން.. ހަމަމިހާރު ތިތަނުން ތެދުވޭ.. ކަލެއަށް ސައި ބޮވޭނީ ގޭތެރޭގެ ހުރިހައި މަސައްކަތެއް ނިންމުމަށްފަހު.. ބަލާބަލަ ގޭތެރެ ހަޑިވެފަ އޮތްވަރު.. އަތުން ފައިން މަސައްކަތެއް ނުކޮށް ރާނީއެއްހެން ނިކަން އުޅޭހިތްވެއޭ ދޯ.. ހަޔާތްކުޑަވިއަސް ނޫނޭވާ މިވަރެއް މަށެއް ނުދެކެން.. ދުވާލު ހަތަރުދަމު ގެއަށް ވަދެނުލާ ބޭރުތެރޭ އުޅޭކަށް ލަދެއްވެސް ނުގަނެއެއްނު.. ނޭނގޭ ވިއްޔަ ކޮންފަދަ ނުބައި ކަމެއް ކޮށްފަކަމެއް އައިސް މިތާ އެ އިންނަނީކީއެއް.." ދަތްކުނޑި ވިކައިލަމުން ނުރުހިފައި ޒުލޭހާ ހަޅޭއްލަވައި ގަތުމާއެކު އަވަސް އަވަހަށް އަތުގައިއޮތް ރޮށި ތައްޓަށްލަމުން އިންތަނުން މުސްކާން ތެދުވިއެވެ. ދެލޮލުގައި ބޮނޑިވެފައިވި ކަރުނަތަކާއެކު އޭނާ އިސްޖަހައިލީ ހިތަށް އަސަރުކުރި ވަރުންނެވެ.

"ޒުލޭހާ.. ސާބަސް ސާބަސް.. ތިދެން ބޮޑުވަރު.." ދަބަހެއް ކޮނޑުގައި އަޅުވައިގެންހުރެ ގެއަށް ވަދެގެން އައި މުހުސިން ހިތްހަމަނުޖެހިފައި ޒުލޭހާއަށް ބަލައިލިއެވެ. މުހުސިން ފެނުމާއެކު ޒުލޭހާގެ ނިތަށް ރޫތައް ގިނަވެގަތެވެ. މުހުސިނަށް ބަލައިލަމުން ތުން އަނބުރައިލުމަށްފަހު ލުހާމް ގާތުގައި ކޮޓަރިއަށް ގޮސް އަރާމުކުރުމަށް އޭނާ ބުނެލިއެވެ.

ރިސޯޓުން ކުޑަ ޗުއްޓީއެއް ނަގައިގެން މުހުސިން އައީ ލުހާމް ހޮސްޕިޓަލުގައި އޮތް ވާހަކަ ދީމް ގުޅައިފައި ބުނުމުންނެވެ. ފޯނާ ކުޅެމުން މުހުސިންގެ ފަހަތުން ގެއަށް ވަންނަމުން ދީމް އެންމެންގެ މޫނަށް ބަލައިލީ ވެގެންއުޅޭގޮތެއް އެނގެން ބޭނުންވެފައި ހުރެއެވެ.

"ކަލެއަށްވެސް އަންނަން އެނގުނީ އަދި ކިރިޔާ ދޯ.. ދަރި ހޮސްޕިޓަލުގައި އޮތްހައިއިރު އާދެވޭ ކަމަކަށް ނުވި ވިއްޔަ.. ފަސޭހައެއްނު.." މުހުސިނަށް ބަލައިލަމުން ޒުލޭހާ ބުނެލީ ރުންކުރު ރާގަކަށެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އޭނާ އެއްވެސް އެއްޗެއް ބުނުމެއްނެތި ގޭތެރަށް ވަދެގެން ދިޔައީއެވެ. ޒުލޭހާގެ ގޮތް އޭނާއަށް އޮޅިފައެއް ނެތެވެ. އަނގަތަޅުވަނީ ކޮންމެވެސް ޒުވާބެއް ފަށަން ބޭނުންވެގެންކަން ވިސްނި އެ ފުރުސަތު އޭނާއަށް ދޭން މުހުސިން ބޭނުންނުވީއެވެ. ހަމަޖެހިލުމަށްފަހު މުސްކާންއާ ވާހަކަ ދައްކާލަން ނިންމަމުން، މުސްކާނަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. މޭޒުދޮށުގައި ކޮޅަށްހުރި މުސްކާނަށް ލޯއަޅައިލަމުން ޒުލޭހާވެސް އެތަނުން ދިއުމަށް ހިނގައިގަތެވެ.

* * * * *

ޕޭޝަންޓެއްގެ ފައިލް ޗެކްކުރަން އިން ކާއިލް ކެބިންގެ ދޮރުގައި ޓަކި ޖަހައިލިއަޑަށް ބަލައިލިއެވެ. ވަންނާށޭ ބުނަމުން އަތުގައި އޮތް ފައިލް އޭނާ ލައްޕައިލިއެވެ. ދޮރު ހުޅުވައިލަމުން އެތެރަށް ވަތް ނަރުސްކުއްޖާ ދިން ޚަބަރަކާއެކު އިންތަނުން ތެދުވެވުނު ގޮތްވެސް ކާއިލްއަށް ނޭނގުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ކެބިން އިން ނުކުންނަމުން އައި.ސީ.ޔޫ އާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. އައި.ސީ.ޔޫގެ ދޮރުހުޅުވައިލަމުން އެތެރަށްވަތް ކާއިލްއަށް ކުޑަކުޑަކޮށް ދެލޯ ހުޅުވައިލައިގެން އޮތް ރުހައިމް ފެނި ﷲ އަށް ޙަމްދުކޮށްލެވުނެވެ. އަވަސް އަވަހަށް އައިސް ރުހައިމް ގާތުގައި ހުއްޓިލަމުން ހައިމްއޭ ކިޔައި ނުހަނު ލޯބިން ގޮވައިލިއެވެ. އުފައުވެފައި ހުރިވަރުން ރުހައިމް އޮތް އެނދުގެ އަނެއްފަރާތުގައި ހުރި ޑޮކްޓަރުގެ މޫނުމަތީގައި ފައުޅުވާންހުރި ނުތަނަވަސްކަން ކާއިލްއަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ.

"ދޮންބޭ.. މިތަން.. އެހައި އަނދިރީ ކީއްވެތަ؟ ލައިޓްސް ތައް.. ޖައްސާލަބަލަ.." ވަށައިގެން އެކި ދިމާއަށް ނަޒަރު ހިންގަމުންދިޔަ ރުހައިމް އުނދަގުލުން ވާހަކަ ދެއްކިއެވެ. ރުހައިމްގެ ވާހަކަތަކާއެކު ކާއިލްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ކުރިމަތީގައިހުރި ޑޮކްޓަރަށް އޭނާ ބަލައިލީ ހާސްވެފައި ހުރެއެވެ. ކާއިލް ބަލައިލުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން އެޑޮކްޓަރު އިސްޖަހައިލިއެވެ. އެއާއެކު ކާއިލްއަށް ގަބޫލުނުކުރެވިފައި ދެފަރާތަށް ބޯހޫރައިލެވުނެވެ.

"ހައިމް.. ހައިމްއަށް ދޮންބެ.. ފެނޭތަ؟" ރުހައިމްގެ މޫނުގައި އަތްޖައްސައިލަމުން އޭނާއާ ވީދިމާއަށް އަނބުރައިލުމަށްފަހު ކާއިލް އަހައިލީ ސީރިއަސް ރާގަކަށެވެ.

"މުޅި ކޮޓަރި އަނދިރިކޮށްފަ ހުއްޓަ.. ކިހިނެއް އެއްޗެއް ފެންނާނީ..؟ އަހަންނަށް.. އެއްވެސް އެއްޗެއް.. ނުފެނޭ.." ނިތަށް ރޫއަރުވައިލަމުން ހައިރާންވެފައި ރުހައިމް ބުނެލިއެވެ. ހަށިގަނޑަށް އިހުސާސުވަމުންދިޔަ ވޭންތަކުން ވާހަކަދެއްކުން އޭނާއަށްވީ ދަތިކަމަކަށެވެ. ރުހައިމްގެ ޖުމުލަތައް ކާއިލްގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. މޫނުގައި އަތް އުނގުޅައިލުމާއެކު ދެފަރާތަށް ބޯހޫރައިލަމުން އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ހިތުގައިވި ޝައްކު ފިލުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ހަގީގަތުގައިވެސް އޭނާގެ ލޯބިވާ ކޮއްކޮގެ ދެލޮލަށް ނުފެންނަނީ ހެއްޔެވެ؟ ނޫނީ އެއީ ރުހައިމް ކުރާ ނުބައި ސަމާސައަކީ ހެއްޔެވެ؟ ނޫނެކެވެ. ރުހައިމް އަކީ އެފަދައިން އޭނާއާ ސަމާސަކުރާނެ ޒުވާނެއް ނޫނެވެ. އެހެންވެއްޖެނަމަ.. ލިބުނު އަނިޔާގައި އެކޮއްކޮގެ ދެލޮލަށް ފެނުމުން މަޙުރޫމުވީ ހެއްޔެވެ؟ ދެލޮލަށް ކަރުނަތައް ޖަމާވެގަތީ ކާއިލްގެ އިޚުތިޔާރުން ބޭރުއެވެ. އިތުރު ޓެސްޓްތައް ހަދައި ޔަގީން ކުރަން އޭނާ ބޭނުންވެއެވެ. ރުހައިމްއަށް އެޚަބަރު އޭނާއަށް ދެވޭނީ ހުރިހައިކަމެއް ޔަގީންކޮށްފައެވެ. އެކޮއްކޮގެ ހިތަށް ކުރާނެ އަސަރު މިހާރުވެސް އޭނާއަށް އިހުސާސުކުރެވެއެވެ. ރުހައިމްގެ ހިތް ހަލާކުވާނެކަން ޔަގީނެވެ. އެހެނަސް އެކަމަކީ އަބަދު އޭނާއަށް ސިއްރުކުރެވޭނެ ކަމެއްނޫންކަން ކާއިލްއަށް ވިސްނެއެވެ. ކާއިލްއަށް ވަމުންދިޔަ ގޮތް ފެނި އެތަނުގައި ތިބި ނަރުހުންވެސް ބަލަހައްޓައިގެންތިބީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

"ހައިމް.. އެހަށް ރެސްޓް ކޮށްލަންވީނު.." އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ކާއިލް ބުންޏެވެ. ސިއްރުކުރަން ބޭނުންވިއަސް ކާއިލްގެ އަޑުގައިހުރި ހާސްކަން ރުހައިމްއަށް ފާހަގަކުރެވުނެވެ. އަމިއްލަ ނަފުސާއި ވަށައިގެންވި ކަންކަމާއި މެދުގައި އޭނާ ކޮންމެވެސް ވަރަކަށް ވިސްނައިލިއެވެ. މަޑު މަޑުން އަނެއްފަރާތަށް ބޯއަނބުރައިލަމުން އޭނާ ދެލޯމަރައިލިއެވެ. އަދި ކުޑަ ހިނދުކޮޅަކަށްފަހު އަނެއްކާވެސް ލޯހުޅުވައިލަމުން ވަށައިގެން ކަޅި ހިންގައިލިއެވެ. ކަނު އަނދިރިކަން ފިޔަވައި އޭނާއަށް އެއްވެސް އެއްޗެއް ނުފެނުމުން ވެގެންއުޅޭގޮތް ރެއަކައިލާން ފެށިކަހަލައެވެ. ތުންފަތުގައި ދަތްއަޅައިލަމުން ކާއިލް ހުރިހެން ހީވާ ދިމާއަށް ރުހައިމް ބޯއަނބުރައިލިއެވެ.

"އެމް އައި ބްލައިންޑް..؟" އަސަރުން ފުރިފައިވި ގޮތަކަށް މަޑުމަޑުން ރުހައިމް އަހައިލިއެވެ. ގަބޫލުކުރަން ދަތިވިއަސް އެއީ ހަގީގަތް ކަމުގައި ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔައެވެ.

"ހައިމް... ރިލެކްސް... އަދި ގޮތް ނިންމަން މާ އަވަސް.. އެހައި ގިނައިރު ޚަބަރު ހުސްވެފަ އޮތުމަށްފަހު ހޭއެރީމަ ދިމާވިގޮތެއް ކަމަށްވެސް ވެދާނެ..." ރުހައިމްގެ އަތުގައި ހިފައިލަމުން ކާއިލް ބުނެލިއެވެ. ވިސްނުން އަދިވެސް ރަނގަޅު ދިމާއަކަށް ބެހެއްޓުމަށް އޭނާ އިސްކަން ދިނެވެ. އަދި އޭނާއާ އެކުގައި އެތަނުގައިތި މީހުނަށް ބަލައިލަމުން އޭނާއާއި ރުހައިމްއަށް ކުޑަ ވަގުތުކޮޅެއް ދިނުމަށް އެދުނެވެ. އެއްވެސް މީހަކު ނެތި ވަކިން ރުހައިމްއާ ވާހަކަ ދައްކައިލަން އޭނާ ހުރީ ބޭނުންވެފައެވެ. އެތަނުގައިތިބި ޑޮކްޓަރާއި ދެނަރުހުން ނުކުތުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އޭނާ އިނށީނެވެ.

"ހައިމް... ކޮއްކޮއަށް މިހެން ދިމާވި ސަބަބު ދޮންބެއަށް ކިޔައިދީބަލަ.." ފުންނަޒަރަކުން ރުހައިމްގެ މޫނަށް ބަލައިލަމުން ކާއިލް އަހައިލިއެވެ. ކާއިލްގެ ސުވާލާއެކު ހިނދުކޮޅަކަށް ރުހައިމް ވިސްނުމަކަށް ގެއްލިގެން ދިޔައެވެ. ދެވަނަ ފަހަރަށް ރުހައިމް އަށް ކާއިލް ގޮވައިލީ އޭނާގެ ފުށުން އެއްވެސް ޖަވާބެއް ނައުމުންނެވެ. އެއާއެކު ކާއިލް އިން ދިމާނޫން އަނެއް ދިމާއަށް ރުހައިމް މޫނު އަނބުރައިލިއެވެ. ހަގީގަތް އެނގުނެއްކަމަކު އެކަން ކާއިލްގެ ކުރިމަތީގައި ހާމަކުރާކަށް ރުހައިމް ބޭނުމެއް ނުވިއެވެ.

"ބޯހަމަޖައްސައިލަން ބޭރަށް ނުކުމެފަ... ގެއަށް އަންނަނިކޮށް އެކްސިޑެންޓް..."

"ޓެލް މީ ދި ޓްރޫތް ހައިމް.. ސިއްރުކޮށް އޮޅުވައިލުމުގެ ބޭނުމެއްނެތް.. ގައިގެ ތަންތަނުގައ ތިހުރި ޒަޚަމް ތަކަކީ އެކްސިޑެންޓެއްގެ ސަބަބުން ވެފަހުރިގޮތެއްކަން ގަބޫލުކުރަން ވަރަށް ދަތި.. ނުބުނާން މަސައްކަތް ކުރިއަސް ދޮންބެއަށް އެނގޭ ކޮންމެވެސް ބައަކު ހައިމްއާ ދިމާކުރީކަން.. އެބައެއްގެ އިހާނެތި އަނިޔާތަކުގެ ޝިކާރައަކަށް ހައިމް ވީކަން.." ރުހައިމްގެ އަތަށް މަޑުމަޑުން ފިތައިލަމުން ކާއިލް ބުނެލިއެވެ. ހައިރާންކަން ރުހައިމްގެ މޫނުމަތިން ފައުޅުވެލީ ކާއިލް އަށް އެކަން އެނގުނު ގޮތަކާމެދު ހިތުގައި ސުވާލު އުފައްދަމުންނެވެ.

"އެރޭ ހައިމްއަށް އަނިޔާކުރިތަން ފެނުނީ މިހޮސްޕިޓަލުގަ މަސައްކަތްކުރާ ނަރުހަކަށް.. ދޮންބެއަށް މިހުރިހައި ކަމެއް އެނގުނީ އޭނަގެ ފަރާތުން.. ހައިމް ހޮސްޕިޓަލަށް ގެނައި މީހަކީވެސް އެއީ... އެވަގުތު މުސްކާނަށް އެތަނަށް ނުދެވުނުނަމަ... ހައިމްގެ ފުރާނަ..."

"ސަލާމަތެއް ނުވީސް ދޯ.." ކާއިލް އަށް ފުރިހަމަ ކުރަން ދަތިވި ޖުމުލަ ރުހައިމް ފުރިހަމަކޮށްލިއެވެ. ދެލޯމަރައި ފިއްތައިލަމުން ކާއިލް އާނއެކޭ ބުނެލީ އަސަރުން ފުރިފައިވި ގޮތަކަށެވެ.

"މުސްކާން.. ހައިމްއަށް އެވަގުތު ދެވެންއޮތް އަވަސް ފަރުވާއެއްދިންކަމުން... ހޮސްޕިޓަލާ ހަމައަށް ގެނެވެން ދެންވެސް ހައިމްގެ ފުރާނަ.. ނުގޮސް ހުރީ.. އެކަމުގެ މެދުވެރިއަކަށް އެއަންހެންކުއްޖާ މެދުވެރި ކުރެއްވި ފަރާތަށް ޙަމްދުހުރި.. އެހެންނޫންނަމަ.." ހިތަށް ކުރަމުންދިޔަ އަސަރުގައި އަރުބެދޭގޮތް ވުމުން ވާހަކަ މެދުކަނޑައިލަމުން ކާއިލް އިސްޖަހައިލިއެވެ. ހުރިހަމައެކަނި ކޮއްކޮ މަރަށް ތެޅޭތަން ދުށުމަކީ އޭނާއަށް ކުޑަކޮށްވެސް ކެތްވާނެ ކަމެއް ނޫނެވެ.

"ސޯ.. ޝީ.. ސޭވްޑް.. މީ.." ވިސްނުމަކަށް ގެއްލިފައި އޮތްގޮތަށް އޮވެ ރުހައިމް ބުނެލީ އަމިއްލަ ނަފުސާ ވާހަކަދައްކާ ފަދައަކުންނެވެ. އާނއެކޭ ބުނެލަމުން ކާއިލް ބޯޖަހައިލިއެވެ.

"އަހަރެން ބޭނުން.. މުސްކާންއާ ބައްދަލުކޮށްލަން.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރުހައިން ބުންޏެވެ. އޭނާގެ ހިތުގައި އެވަގުތު ކުރެހިގެން އައީ އައިޝްގެ ސޫރައެވެ. މުސްކާންގެ ބަދަލުގައި އޭނާގެ ފުރާނަ ސަލާމަތްކުރަން މެދުވެރިއަކަށް އައިޝްވި ނަމައޭ ރުހައިމްގެ ހިތަށް އެރުމާއެކު ހިތި ހިނިތުންވުމެއް އެތުންފަތުގައި ދުވެލިއެވެ. ރުހައިމްގެ ވާހަކައަށް އެއްބަސްވަމުން ކާއިލް އިންތަނުން ތެދުވިއެވެ. ހަވީރު ޑިއުޓީއަށް މުސްކާން އައުމުން އޭނާ ގޮވައިގެން ރުހައިމް ގާތަށް އަންނާނަން ކަމުގައި ކާއިލް ބުނެލިއެވެ. ކުޑަކޮށް ބޯތަޅުވައިލަމުން ރުހައިމް ދެލޯ މަރައިލިއެވެ. ލޯހުޅުވައިގެން އޮތުމެކޭ ނުވަތަ މަރައިގެން އޮތުމެކޭ އޭނާއަށް މިހާރު އެއްވެސް ތަފާތެއް ނެތެވެ. ކަނުއަނދިރިކަން ފިޔަވައި އެއްވެސް އެއްޗެއް އެދުނިޔޭގައި ނުވެއެވެ. ހިތުގައި އަޅަމުންދިޔަ ވޭނާއި ޝަކުވާތައް ހިންދައިލަން އޭނާ ހިތްވަރު ކުރަމުންދިޔައީ އެއިން އެއްވެސްކަމެއް ފައުޅުކުރާން ބޭނުން ނުވުމުންނެވެ. ޝަކުވާކޮށްގެން ވާނެ ފައިދާއެއް އެބައޮތް ހެއްޔެވެ؟

* * * * *

މުސްކާނާއި ލޫޔާ އެކުގައި އައިސް ހޮސްޕިޓަލަށް ވަންނަމުން ފިންގަރ ޖަހައިލުމަށްފަހު އެމީހުން މަސައްކަތްކުރާ ސްޓޭޝަނާއި ދިމާއަށް މިސްރާބުޖެހިއެވެ. ދެއެކުވެރިން އެކި ވާހަކައިގައި ތިބެ ހިނގަމުން ދިޔައިރު، ކުރިން ރޭގައި ލުހާމާއި އޭނާއާ ދެމެދު ހިނގި ހާދިސާ މުސްކާން ވަނީ ލޫޔާއަށް ސިއްރުކޮށްފައެވެ. އޭނާގެ ސަބަބުން ލޫޔާ އިތުރު ކަންތައްތަކަކާއި ވިސްނައި ފިކުރު ކުރާކަށް މުސްކާން ނޭދެއެވެ. އެއެކުވެރިޔާ މިހާރުވެސް ކުރަމުންދިޔަ ފިކުރުތައް މަދެއް ނޫންވިއްޔާއެވެ. ހިތުގައި އެކަން ފޮރުވަން ވުމުން އުނދަގޫވިއަސް މިއަދު މިނޫން ގޮތެއް އޭނާއަކަށް ނެތެވެ.

"ޑޮކްޓަރ ކާއިލް ބުނުއްވީ މުސްކާން އައީމަ އައި.ސީ.ޔޫއަށް ގޮސްލަން ބުނެލައްޗޭ.." ސްޓޭޝަނުގައި އިން ނަރުސް ކުއްޖެއް މުސްކާން ފެނުމާއެކު ބުނެލިއެވެ. ހައިރާންވެފައި މުސްކާނާއި ލޫޔާ އެކަކު އަނެކަކަށް ބަލައިލިއެވެ. "ޕޭޝަންޓް ހޭއަރައިފި.. އެކަމަކު.. އަހަރެން އަޑުއެހިން.. ލިބުނު އަނިޔާގެ ސަބަބުން ޕޭޝަންޓްގެ ދެލޮލަށް ފެނުމުން މަހުރޫމުވި ވާހަކަ.. އިތުރު ޓެސްޓްތައް ހަދަން ރެޑީވަނީ މިހާރު.. ޔަގީން ވާނީ އޭގެ ފަހުން.." ދެފަރާތަށް ބަލައިލަމުން ސިއްރު ސިއްރުން އެކުއްޖާ ބުނެލިއެވެ. ދެލޯބޮޑުވެފައި މުސްކާނަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. އިވުނު ވާހަކަ ގަބޫލުކުރަން ދަތިވެފައި އޭނާ އަށް ހުރެވުނީއެވެ. އެފަދަ ހިތާމަވެރިކަމެއް އެޒުވާނާއަށް މެދުވެރިވުމުން ހިތުގައި ހަމްދަރުދީ އުފެދޭގޮތްވިއެވެ. ހުއްޓުން އަރައިފައި ހުރި މުސްކާންގެ ކޮނޑުގައި ލޫޔާ މަޑުމަޑުން ޖަހައިލަމުން ދާން ހިނގާށޭ ބުނެލިއެވެ. ބޯޖަހައިލުމާއެކު ލޫޔާއާ އެކުގައި މުސްކާން އައި.ސީ.ޔޫއާ ދިމާއަށް ހިނގައިގަތެވެ.

"ކާއިލް ބުނި އެއީ ކާއިލްގެ ހުރި ހަމައެކަނި ކޮއްކޮ އޭ.." އެއްދިމާއަށް ނަޒަރު ހުއްޓައިލައިގެން ވިސްނުމަކަށް ގެއްލި ހުރެފައި މުސްކާން ބުނެލިއެވެ.

"އަހަރެން ވެސް އަޑުއެހިން ތިހެން ކިޔާ އަޑު.. އަދި އަލަށް މިއެނގުނީ ކާއިލްގެ ކޮއްކޮ އެއް ހުންނަކަންވެސް.." ލުއި ހިނިތުންވުމެއް މުސްކާނަށް ހަދިޔާކޮށްލަމުން ލޫޔާ ބުންޏެވެ.

"ލޫ އަށް ރަނގަޅެއްނު.. ކާއިލް ނުލިބުނިއްޔާ އޭނާގެ ކޮއްކޮ..."

"ހޫން.. ކޮންމެހެން ފާޑުފާޑު ވާހަކަ ދައްކާ އަހަންނާ ދިމާކުރަން އުޅޭނެކަމެއްނެތް.. ދެންވެސް އަވަހަށް އެތަނަށް ގޮއްސަ ވާރޑަށް އަންނަން އުޅޭ.. އަހަރެން އިންތިޒާރު ކުރާނަން.." ހިނިގަނޑެއް ޖަހައިލަމުން މުސްކާންގެ ކޮނޑުގައި ހިފައި ކުޑަކޮށް ކޮށްޕައިލުމަށްފަހު ލޫޔާ ދެލޯ އަޅައިލިއެވެ. އަދި ވަކި ހިސާބަކުން މުސްކާނާ ވަކިވެ އެތަނުން ވާރޑެއްގެ ތެރެއަށް އޭނާ ވަނެވެ.

ޖެހިލުންވެފައި ހުރެ ލަސްހިނގުމެއްގައި އައިސް މުސްކާން އައި.ސީ.ޔޫގެ ދޮރުގައި ޓަކި ޖަހައިލަމުން ހުޅުވައިލިއެވެ. ރުހައިމް ގާތުގައި އިން ކާއިލް މުސްކާން ފެނުމާއެކު ހިނިތުންވެލަމުން އިންތަނުން ތެދުވިއެވެ. އެނދުގައި އެކި މެޝިންތަކަށް ގުޅައިފައި އޮތް ރުހައިމްގެ ވަރުދެރަ ހަށިގަނޑަށް މުސްކާންގެ ނަޒަރު ހުއްޓުނެވެ. ހަށިގަނޑުގެ އެކި ތަންތަން ބެންޑޭޖް ކޮށްފައި ހުރިއިރު މޫނުމަތީގައިވެސް ދެތިން ތަނެއް ނޫފައިގެންފައި ހުއްޓެވެ. އެޒުވާނާއަށް ނިސްބަތްކޮށް ލިބުނު ޚަބަރު ގަބޫލުކުރަން އަދިވެސް މުސްކާނަށް ދަތިވެފައި ވިއެވެ.

"މުސްކާން.. ވަރަށް ބޮޑަށް ޝުކުރިއްޔާ އައިސްދިނީމަ.. އަދި އިއްޔަ ޕޮލިހަށް ދިން ބަޔާނުގަ ހުރިހައި ކަމެއް ހިއްސާކުރީމަ.. އައި ކާންޓް ތެންކް ޔޫ އިނަފް.." މުސްކާންގެ ކުރިމައްޗަށް ހުއްޓިލަމުން ކާއިލް އެހެން ބުނެލުމާއެކު މުސްކާން ބޯޖަހައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ވިސްނުމަކަށް ނައެވެ. އެއަށްވުރެ އޭނާގެ ސިކުނޑި ހާސްކުރުވީ ދެލޯކުރިމަތިން ސިފަވެލި މަންޒަރު ތަކުގެ ސަބަބުންނެވެ.

"ހައިމް ބޭނުންވޭ މުސްކާނާ ބައްދަލުކޮށްލަން... އެހެންވެ މިތަނަށް ވަދެލަން ބުނީ.." ފަހަތަށް އެނބުރި އެނދުގައި އޮތް ރުހައިމްއަށް ބަލައިލަމުން ކާއިލް ބުނެލީ މަޑުމޮޅި ރާގަކަށެވެ. ދެއަތް ދެއަތާއި މޮޑެމުން ނުކެރިފައި ހުރިފަދަ ގޮތަކަށް މުސްކާން އައިސް ރުހައިމް އޮތް އެނދު ކައިރީގައި ހުއްޓިލިއެވެ.

"ހައިމް.. މިހުރީ މުސްކާން.." ދެލޯމަރައިލައިގެން އޮތް ރުހައިމްއަށް ގޮވައިލަމުން ކާއިލް ބުންޏެވެ. ވަގުތުން އެސްފިޔަތަށް ތަޅުވައިލަމުން ރުހައިމް ދެލޯ ހުޅުވައިލުމަށްފަހު ކާއިލްގެ އަޑު އައި ދިމާއަށް އޭނާގެ މޫނު އަނބުރައިލިއެވެ. އެއަންހެންކުއްޖެއްގެ ސޫރަ ދެކިލުމަށް އެވަގުތު އޭނާގެ ހިތް އެދުނީ ކީއްވެކަމެއް ރުހައިމް އަކަށް ނޭނގެއެވެ. އޭނާއަށް އެކުއްޖަކު އެހީތެރިކަން ފޯރުކޮށްސިނުމުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. އެހެނަސް އެވަގުތު ރުހައިމް އަށް ކުރެވެމުންދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. ހިތުގެ ހިނގުން އަވަސްވަމުން އައި ސަބަބު ދެނެގަތުމަށް އޭނާ ނުކުޅެދުނެވެ. ހިކިފައިވި ދެ ތުންފަތް ތެންމައިލަމުން ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ހިނިތުންވެލިއެވެ. މުސްކާންގެ ސޫރަ އޭނާއަށް ނުފެނުނު ނަމަވެސް އެއަންހެންކުއްޖާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވާ ހާލުއެވެ.

"މުސްކާން.. ތޭންކްސް ފޯ ސޭވިންގް.. މައި ލައިފް.." އިވުނު ފިރިހެންވަންތަ ބަރު އަޑުން ސިހިފައި އިސްއުފުލައިލަމުން މުސްކާން އެޒުވާނާއަށް ބަލައިލިއެވެ.

(ނުނިމޭ)

  1. ާރީން

    އަޅެ

  2. ވަރަަށް ކޭހިވޭކަހަލެއި ވާހަކާ މީ