ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ހިކިފައިވި ދެ ތުންފަތް ތެންމައިލަމުން ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ހިނިތުންވެލިއެވެ. މުސްކާންގެ ސޫރަ އޭނާއަށް ނުފެނުނު ނަމަވެސް އެއަންހެންކުއްޖާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވާ ހާލުއެވެ.

Ads by MWSC

"މުސްކާން.. ތޭންކްސް ފޯ ސޭވިންގް.. މައި ލައިފް.." އިވުނު ފިރިހެންވަންތަ ބަރު އަޑުން ސިހިފައި އިސްއުފުލައިލަމުން މުސްކާން އެޒުވާނާއަށް ބަލައިލިއެވެ.

އެއަޑު ކަންފަތުގައި ޖެހުމާއެކު ގައިން ހީބިހި ހިލިގެންދިޔަފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދަންނަ އަޑަކާއި އެއަޑު ވައްތަރުވާންވީ ސަބަބެއް މުސްކާނަކަށް ނުވިސްނުނެވެ. ހަނދާންކުރަން އުޅުނަސް އެއްވެސް އެއްޗެއް ސިކުނޑިއަށް އަންނަގޮތެއް ނުވިއެވެ. އޭނާއަށް ހީވި ހީވުމެއްކަމަށް އެންމެފަހުން އެކަން ނިންމަމުން ރުހައިމްއާ ގާތަށް ޖެހިލައި އެއީ އެއްވެސްކަމެއް ނޫންކަމުގައި ބުނެލީ ހިނިތުންވެލަމުންނެވެ. އަދި ރުހައިމް އަށް އަވަސް ޝިފާއެއް ލިބުމަށް އޭނާ އެދޭކަމަށާއި އެއްގޮތަކަށްވެސް ހިތްވަރު ދެރަ ނުކުރުމަށް މުސްކާން ބުނެލިއެވެ. ކޮންމެ ކަމަކީވެސް ﷲ ގެ އިރާދަފުޅާއެކު ރަނގަޅަކަށްވާ ކަމެއްކަމުގައި އޭނާ ބުނެލީ ހިތްހެޔޮކަމާއެކުއެވެ.

މުސްކާންގެ ފޮނިފޮނި އަޑު ކަންފަތު ހިނދުރީގައި ޖެހުމާއެކު ރުހައިމްގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލިއެވެ. ނޭނގޭ ފިނިކަމެއް ހަށިގަނޑަށް އިހުސާސުވެގެން ދިއުމާއެކު އޭނާއަށް ދެލޯމަރައިލެވުނެވެ. އެއަންހެންކުއްޖާގެ ވާހަކަތަކުން ރުހައިމްގެ ހިތުގައި ނިވެމުންދިޔަ އުއްމީދުގެ ބައްތި އަލުން ރޯވެ އަނދައިގަތް ކަހަލައެވެ. ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. މާޒީގައި އޭނާ އަބަދުވެސް ގަބޫލުކުރަމުން އައި ކަމެއް އެހެން މީހެއްގެ ދުލުން އިވުމުން ކުރެވުނު އިހުސާސުތައް މުޅިން ތަފާތުވެއްޖެއެވެ. ރުހައިމްގެ އިޚުތިޔާރުން ބޭރުގައި މުސްކާންގެ މައްޗަށް ހިތުގައި ޚާއްސަކަމެއް އުފެދުނެވެ. އެ ސޫރަ ދެކިލުމުގެ ޝައުގު ހިތުގައި އުތުރިއަރައި ގަތެވެ. އޭނާގެ ދެލޮލަށް ފެންނަ ނަމައޭ އެހިނދު ރުހައިމްގެ ހިތަށް އެރުމާއެކު ހިންދިރުވައިލެވުނެވެ. ކިތަންމެ ބޭނުންވިއަސް އެއީ މިވަގުތު ފުރިހަމަ ނުވާނެކަމެއްކަން އޭނާއަށް ވިސްނެއެވެ.

އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު މުސްކާން ދާން އުޅުމުން ރުހައިމް ގޮވައިލިއެވެ. އަދި ލިބޭ ހުސްވަގުތު ތަކުގައި އޭނާގެ ގާތަށް އައިސްދިނުމަށް އެދުނެވެ. އެކަނި އެހެން އޮންނަން ވުމުން ފޫހިވާކަމުގައި ރުހައިމް ބުނެލުމާއެކު މުސްކާންގެ ނަޒަރު ސީދާވެލީ ކާއިލް އަށެވެ. ހިނިއައިސްފައި ދެފަރާތަށް ކާއިލް ބޯހޫރައިލިއެވެ.

"އަހަންނަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން މީހަކީ ތިއީކަން ދުވަހަކުވެސް.. ހަނދާނެއް ނުނެތޭނެ.. މުސްކާން ރުހޭނަމަ.. ދެމެދުގަ އެކުވެރިކަން ބާއްވަން ބޭނުން.." އެއްގޮތަކަށްވެސް އެބައްދަލުވުން ނިމުމަކަށް އަންނާކަށް ރުހައިމް ނޭދެއެވެ. ކީއްވެކަން ނުވިސްނުނަސް އޭނާގެ ހިތް އެދިގޮވަމުންދިޔައީ މުސްކާން އޭނާގެ ގާތުގައި ވުމަށެވެ. އޭނާއާ ގުޅުން ބަދަހިކުރުމަށެވެ. ހިތްވަރުކޮށްފައި ހިތުގެ އެދުން އޭނާ ދުލުން ބޭރުކޮށްލީ އެހެންވެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި މުސްކާނަށް ހުރެވުނީއެވެ. އެހިނދު ރުހައިމްގެ މައްޗަށް އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެއެދުން ބޮލާލައި ޖަހާނެހައި ހިތްވަރެއް މުސްކާންގެ ނެތެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އޭނާއަށް ވަގުތު ވާވަރުން ރުހައިމްގެ ގާތަށް އަންނާނަން ކަމުގައި ބުނެލިއެވެ. ލިބުނު ހިތްހަމަޖެހުމުގައި ރުހައިމްއަށް ހިނިތުންވެލެވުނެވެ. އެއަޑު ކަންފަތުގައި ޖެހުމުން ރިހެމުންދިޔަ ހިތަށް ޝިފާއެއް ލިބުނުކަހަލައެވެ. މުސްކާންއާ ބެހޭގޮތުން އިތުރަށް އެނގެން ރުހައިމް އޮތީ ނުހަނު ބޭނުންވެފައެވެ.

"ރުހައިމް.. އެއީތަ އޭނަގެ އަސްލު ނަމަކީ؟.. ކީއްވެތަ އެނަން އަހަރެން ކޮންމެވެސް ތަނަކުން އަޑުއެހި ނަމަކާ އެހައި ވައްތަރީ؟.. އެއަޑުވެސް.. ދަންނަ އަޑެއްހެން އަހަންނަށް އިހުސާސު ކުރެވެނީ ކީއްވެތަ؟ އާރގްގް.. މިވަރަށް ވިސްނާއިރުވެސް ހަނދާނަށް އެކައްޗެއްވެސް އަންނަގޮތެއް ނުވޭ.. އަހަންނަށް ހީވާ ގޮތެއް ކަންނޭނގެ.." އައި.ސީ.ޔޫ ތެރެއިން ނުކުތް މުސްކާން ހިތާއިހިތައި ބުނެލިއެވެ. އޭނާއަށް އެފަދަ އިހުސާސުތަކެއް ކުރެވެންވީ ކީއްވެކަމެއް އުޅެއުޅެވެސް އޭނާއަކަށް ނުވިސްނުނެވެ. އެންމެފަހުން ހަތިޔާރު ބެހެއްޓުމަށްފަހު އެކަމާއި މެދުގައި އިތުރަށް ނުވިސްނަން މުސްކާން ނިންމިއެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނުނިދިފައި ރުހައިމް އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. އައިޝްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އެމޫނުން ފައުޅުވެލީ ރިހުމުގެ އަސަރެވެ. ދެން ދުވަހަކުވެސް އެލޯބި ސޫރަ ފެންނާނެކަމެއް ނޭނގެއެވެ. އެނބުރި އެހިތުގެ ލޯބި ހޯދަން އޭނާއަށް ދެން ނުދެވޭނެކަން ގައިމެވެ. އޭނާފަދަ ނުކުޅެދޭ މީހަކާއި އެކުގައި ދިރިއުޅުމެއް ފަށަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ހެދި ޓެސްޓް ތަކުގެ ނަތީޖާ އަދި ނުލިބުނަސް ރުހައިމްއަށް ޔަގީނާއި ގާތަށް އޭނާގެ ދެލޮލަށް ފެނުމުން މަހުރޫމު ވެއްޖެކަން އެނގެއެވެ. އޭނާ ހިތްހަމަޖައްސައިދޭން ކާއިލް ކޮންމެ އެއްޗެއް ބުނިކަމުގައިވިއަސް ހަގީގަތަކީ އެއީކަން އޭނާގެ ޟަމީރު ތަކުރާރުކޮށް ވިސްނައިދެމުން ދިޔައެވެ. ހިތަށް ކުރި އަސަރުގައި މަޑު އާޙެއް އޭނާގެ ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތެވެ. ހިތްވަރުކުރަން ބޭނުންވިއަސް ދެލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެތް ވެއްޓިގެންދިޔައެވެ. މެރިފައިވި އެސްފިޔަތަކުގެ ތެރެއިން އޭނާއަށް ސިފަވެގެން އައީ އެހިތުގެ މަލިކާއެވެ. އެންމެ ފަހަރަކު ނަމަވެސް އެލޯބިވެތި ސޫރަ ފެންނާނެނަމައޭ ރުހައިމްގެ ހިތަށް އަރަމުންދިޔައެވެ.

"އައި.. ލޮސްޓް.. ޔޫ ފޯރއެވަރ.. ދެން ދުވަހަކުވެސް ބައްދަލުވާނެކަމެއް ނޭނގެ.." ހިތަށް ވެރިވެގަތް ލަފްޒުތަކާއެކު އެހިތުގައި އަޅަމުންދިޔަ ވޭން އިތުރުވިއެވެ. އެހިތުގެ ލޯބި ހާސިލްކުރުމަށް އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް އަތުން ބީވިކަމުގެ އިހުސާސުން ރުހައިމްގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެހެނަސް އެއްވެއް ކަމެއް ކުރަން ނުކުޅެދިފައިވާ ބަލިކަށި މީހަކު ފަދައިން އޭނާ އޮތެވެ. ދިރިއުޅުމަށްޓަކައި ދެކުނު ހުރިހައި އުއްމީދެއް ވިއްސިވިހާލިވީއެވެ. ބިނާކުރަމުންދިޔަ ލޯބިވެތި ގަނޑުވަރު ނެގި ބިޔަރާޅެއްގައި ބިމާއި ހަމަވެ ފުނޑުފުނޑުވީއެވެ. ދެކުނު ހުވަފެންތައް ބިލާހަކަށްވެ ނިމިދިޔައީއެވެ. ދެލޮލުން ކަރުނަ އޮހޮރުން ނޫންގޮތެއް މިއަދު އޭނާއަކަށް ނެތެވެ. އެލޯބި ހިތުގައި ފޮރުވުމަށްފަހު އައު ފެށުމަކުން ފެށާނެގޮތެއް ނުވިސްނުނަސް މިއަދު އޭނާއަށް މަޖުބޫރުވެފައި ވަނީ އެފަދައިން ކަންތައް ކުރުމަށެވެ. ދަތްތަކަށް ބާރުކޮށްލަމުން ރުހައިމް ފުންނޭވާތަކެއް ލަމުންދިޔައީ ހިތުގައި އަޅަމުންދިޔަ ވޭން ލުއިވޭތޯއެވެ. އެއްވެސް ކުރިމަގެއް ނުފެނުނަސް ހިތްވަރު އެލުވައިލާކަށް އޭނާ ބޭނުމެއްނުވެއެވެ.

* * * * *

މާރާމާރީގެ އެމައްސަލައާ ބެހޭގޮތުން ރުހައިމްއާ ސުވާލުކުރުމަށް ޕޮލިހުން އައުމުން އެކަމާއި ގުޅޭގޮތުން އެއްވެއް އެއްޗެއް ބުނުމަށް އޭނާ ދެކޮޅު ހެދިއެވެ. އެމައްސަލަ ޖައްސައި އެކަން އިތުރަށް ދިގުދަންމާކަށް ރުހައިން ބޭނުމެއް ނުވިއެވެ. ރުހައިމްގެ އެ ނިންމުން އެއްގޮތަކަށްވެސް ކާއިލްއަށް ކަމަކު ނުދިޔައެވެ. އެތައް ގޮތަކަށް ވާހަކަދެއްކުމުންވެސް އޭނާގެ ޚިޔާލު ބަދަލުވާގޮތެއް ނުވިއެވެ. ޕޮލިހުން އެކޮޓަރިން ނުކުމެގެން ދިއުމާއެކު ހިތްހަމަނުޖެހިފައި ކާއިލް ރުހައިމް ގާތުގައި އެފަދައިން ކަންތައް ކުރީ ކީއްވެތޯ ސުވާލުކުރިއެވެ. ލިބުނު އަނިޔާތަކަށް ރުހައިމް އިންސާފު ބޭނުންނުވަނީތޯ ކާއިލް އަހައިލީ ނުރުހިފައި ހުރެއެވެ. ޖަވާބެއް ނުދީ އިރުކޮޅަކު އޮތުމަށްފަހު އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ރުހައިމް ބުނެލީ މަޑުމަޑުންނެވެ. އަދި އެހަމަލާއަކީ އޭނާ ކުރިން ގުޅިގެން އުޅުނު ގޭންގްއާ ވަކިވުމުން އޭނާއަށް އަމާޒުކޮށްދިން ހަމަލާއެއްކަން ރުހައިމް ބުނެލިއެވެ. މައްސަލަ ޖައްސައިފިނަމަ އޭނާވެސް އެތައް ކަމެއްގައި އެމީހުން ބައްދައިލާނެ ކަމުގައި އޭނާ ބުންޏެވެ. އަދި މިއަށްވުރެ ނުބައި ގޮތަކަށް އޭނާއާ ދިމާކޮށްފާނެ ކަން އޭނާއަށް ޔަގީނެވެ. އިތުރަށް އެމީހުނާއި ކުރިމަތިލައި އެގޭންގާ ގުޅުންހުރި އެއްވެސް ކަމެއްގައި މަޝްއޫލުވާކަށް އޭނާ ނޭދޭކަމުގައި ރުހައިން ބުނެދިނެވެ. އޭނާގެ އުޅުން އިސްލާހުކޮށް އަލުން ފަށައިގަންނަން ބޭނުންވާކަން ހާމަކޮށްދިނެވެ. އެދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލުން އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ރުހައިމް ނިންމިއެވެ. ދެކޮޅަށް އެއްޗެއް ބުނަން ބޭނުންވިއަސް ރުހައިމްގެ ވާހަކަތަކުގައި ހުރި ތެދުކަން ވިސްނުމުން ހިތްހަމަނުޖެހިފައިވެސް ކާއިލް ހިމޭންކަން ޚިޔާރުކުރިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެނދާއި ޖެހިގެންހުރި ގޮނޑީގައި ކާއިލް އިނށީނެވެ.

"ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެ.." ހަމަހިމޭންކަން ފޫދުއްވައިލަމުން ކާއިލް ބުނެލީ މަޑުމައިތިރި ރާގަކަށެވެ. އިތުރަށް ބުނާނެ އެއްޗެއް ނުވިސްނޭ މީހަކުފަދައިން އޭނާ އިރުކޮޅަކު ހިމޭނުން އިނެވެ.

"ދޮންބެ ނުބުންޏަސް ނަތީޖާ އަންނާނެގޮތް އަހަންނަށް އެނގޭ.." އަނެއްފަރާތަށް މޫނު އަނބުރައިގެން އޮވެ ރުހައިމް ބުނެލިއެވެ. އެއަޑުގައިވި މާޔޫސްކަމުން ކާއިލްގެ ހިތުގައި ރިއްސައިލިއެވެ. "އައި އެމް ސޮރީ.." ރުހައިމްގެ އަތުގައި ހިފައި ފިތައިލަމުން މަޑުމަޑުން ކާއިލް ބުންޏެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ބުނުމެއްނެތި ރުހައިމް ބޯޖަހައިލިއެވެ.

"އެކަމަކު އަދިވެސް އުއްމީދު ގެއްލުވާލާކަށް ނުވޭ.. މިތަނުން ނުލިބޭ އެތައް ފަރުވާއެއް ބޭރުގެ އެތައް ޤައުމަކުން ލިބޭ.. ހައިމް ކުޑަކޮށް ފިޓްވެލީމަ ދޮންބެ މި ވިސްނަނީ އިތުރު ފަރުވާއަށް ބޭރަށް ފުރަން.. މިހާރުވެސް ކުޑަކޮށް އެބަ ރިސާޗްކުރަން.. ރަނގަޅު ޑޮކްޓަރެއް ފެނުނުހައި އަވަހަކަށް ފުރަންވީ.. އިރާދަކުރެއްވިއްޔާ އަދި ކޮއްކޮގެ ދެލޮލަށް ފެންނާނެ.. އަހަރެމެންނަށް ވީވަރަކުން ހުއްޓައިނުލާ މަސައްކަތް ކުރެވިދާނު.." ކާއިލްގެ އަޑުގައިވީ އުއްމީދެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އެއުއްމީދު ފަނޑުވެގެން ދިޔަކަ އޭނާ ނުދޭނެއެވެ.

* * * * *

ފާއިތުވެ ދާންފެށި ދުވަސްތަކާއެކު ރުހައިމްގެ ހާލުވެސް އައީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އައި.ސީ.ޔޫ އިން ޕްރައިވެޓް ކޮޓަރިއަކަށް އޭނާ ބަދަލުކުރުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޭނަ އަށް ލިބުނެވެ. އަދިވެސް ހާލު މުޅިއެކުން ރަނގަޅުނުވާތީ ހޮސްޕިޓަލުން އޭނާ ދޫކޮށްލާނެ ވަކި ދުވަހެއް ނުނިންމައެވެ.

ރުހައިމް އެދުނު ފަދައިން ޑިއުޓީ ގަޑިތަކުގައި ލިބޭ ހުސްވަގުތުތަކު މުސްކާން ރުހައިމް ގާތަށް ދެއެވެ. މަދުމަދުން ދަމުންދިޔަ ދިއުންތައް ގިނަވެގެން އައީ ދެމެދުގައި އެފެދެމުންއައި އެކުވެރިކަން ބަދަހިވަމުން ދާން ފެށުމުންނެވެ. ޑިއުޓީ ގަޑީގެ އިތުރުންވެސް ޑިއުޓީ ނިންމުމަށްފަހު ރުހައިމް ގާތުގައި މުސްކާން މަޑުކުރާ ވަގުތުތައް ގިނަވެފައި ވިއެވެ. އެންމެ ފުރަތަމަ ރުހައިމް ގާތަށް މުސްކާން ދާން ފެށީ ހިތުގައި އެޒުވާނާއާ މެދުގައި އުފެދުނު ހަމްދަރުދީގެ ސަބަބުންކަމަށްވިއަސް، މިހާރު ރުހައިމް ގާތަށް ދިއުމުން ނޭނގޭ ހިތްހަމަޖެހުމެއް އޭނާގެ ނަފުސަށް ލިއްބައިދެއެވެ. ރުހައިމްގެ ހުންނަ ހަރުދަނާ ވިސްނުމާއި ކަންކަމާއި މެދުގައި އޭނާ ދެކޭ ގޮތް މުސްކާނަށް ނުހަނު ކަމުދެއެވެ. ދެމެދުގައި އެކި ކަންކަމާ ގުޅުވާ ވާހަކަދެކެވުނަސް ދިރިއުޅުމާއި ގުޅުންހުރި ޒާތީ އެއްވެސްކަމެއް ދެމީހުންކުރެ އެކަކުވެސް ހިއްސާއެއް ނުކުރެއެވެ. އެހެނަސް ފާއިތުވެދިޔަ ދުވަސްތަކާއެކު މުސްކާންގެ ހިތުގައި ރުހައިމްއަށްޓަކައި ތަފާތު އިހުސާސުތަކެއް އުފެދެމުން އައިކަން ޚުދު އަމިއްލަ ޟަމީރުވެސް އެއްބަސްވެއެވެ. އެއީ ހަމްދަރުދީކަމުގައި އަމިއަލް ނަފުސަށް ވިސްނައިދިނަސް ހިތާއި ސިކުނޑި އައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ގަބޫލުކުރަން ބޭނުން ނުވިއަސް އެހިތުގެ ކަނެއްގައި ރުހައިމް އަށްޓަކައި ޚާއްސަ މަޤާމެއްވާކަން ގައިމެވެ. ރުހައިމް ފެނުމުން މުސްކާންގެ ހިތަށް ބުނެދޭން ނޭނގޭ އެތައް ގޮތްތަކެއް ވަނީ އެހެންވެކަން ޔަގީނެވެ.

* * * * *

"އެވަރު ކޮށްލީމަވެސް އެއްޗަކަށް މަރުވާކަށް ނޭނގުނޭ.." އަނދިރިކަން ރަސްކަން ކުރަމުންދިޔަ ކޮޓަރީގެ އެއްފަރާތު ބިތުގައި ލެގިލައިގެންހުރި ހާއިޝްގެ މޫނުމަތިން ފައުޅުވަނީ އިންތިހާ ރުޅިވެރިކަމެވެ. ގޮނޑީގައި ހަމަޖެހިލައިގެން އާރަމް އިނީ ވިސްނުމަކަށް ގެއްލިފައެވެ. އެނާގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުވާން ނެތަސް ސިކުނޑި ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ.

"ދެން ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. ވީކަމެއް ވީ.. އެކަމަކު ދެން އިތުރަށް ރުހައިމްއާ ދިމާކުރާކަށް އަހަރެން ބޭނުމެއްނޫން.. އަހަންނަށް ނޭނގި ކަލޭމެން އެކަކުވެސް އެކަހަލަ ކަމެއް ކުރަން ހިތަށް އަރުވައިގެންވެސް ނުވާނެ.. ހާއިޝް.. ޚާއްސަކޮށް ކަލޭ.. ރުހައިމް ބޭނުންނަމަ އަހަރެމެންނާ ދެކޮޅަށް އޭނާއަށް މައްސަލަޖެއްސުނީސް.. އެކަމަކު މިކަން އޭނާ ދޫކޮށްލީ އޭގެ ފަހަތުގަ ކޮންމެވެސް ސަބަބެއް އޮތީމަ.. ދެވަނަ ފަހަރަށް މިކަހަލަ ހަމަލާއެއް ދޭން ހަދައިގެން ކަމެއްގަ ބެދޭކަށް އަހަރެން ބޭނުމެއްނޫން.. މިބުނި އެއްޗެއް ސާފުވެއްޖެތަ؟" ސީރިއަސް ނަޒަރަކުން ހާއިޝްއަށް ބަލައިލަމުން އާރާމް ބުނެލީ އިންޒާރެއް ފަދައިންނެވެ. ނުރުހުންވިއަސް އެކަން ދައްކާކަށް ހާއިޝްއަކަށް ނުކެރުނެވެ. ހިތާ ދެކޮޅަށް އޭނާ ބޯޖަހައިލީ އާރަމްގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

* * * * *

ހަވީއްރުއްސުރެ އުޑުމަތި ބައްދަމުން އައި ބޯ ކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ޖެހެމުންދިޔަ ރޯޅިތައް ބާރުވެފައި ފަޒާގައި ވަނީ ބޫން އަޑެއް އުފައްދައިފައެވެ. ގަސްތައް ދެފަރާތަށް ހެލެމުންދިޔައީ ވައިރޯޅިތަކުގެ ގޯނާތަކުން އުނދަގޫވެގެން ކަހަލައެވެ.

ދަންވަރު ޑިއުޓީއަށް ދާން ތައްޔާރުވެގެން މުސްކާން ގެއިން ނުކުތްއިރުވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އުޑުމައްޗަށް ނަޒަރު ހިންގައިލަމުން އަތުގައި އޮތް ކުޑަ ހުޅުވައިލުމަށްފަހު ގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ. މާޙައުލުގައިވި ފިނިކަމުން ހަށިގަނޑު ރޫރޫއަޅައިލުމާއެކު ކޮނޑުގައި އަޅުވައިފައިއޮތް އަތްދަބަސް މެޔާލައި އޭނާއަށް ބޮނޑިކޮށްލެވުނެވެ. ގޭގެ ގޭޓާއި ހިސާބުގައި މަޑުކޮށްލައިގެން ހުރި ލުހާމް އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތު އެވެ. ފިޔަވަޅުތައް މަޑުޖެހިލުމާއެކު މުސްކާނަން ހިންދިރުވައިލެވުނީ ހިތަށް ވެރިވި ބިރުވެރިކަން ހިންދައިލަން ބޭނުންވެފައި ހުރެއެވެ.

ވާރެޔާއި ތެމިފޯވެ ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލައިގެން ލުހާމް ހުރީ ގޭޓުގައި ކުޑަކޮށް ލެގިލައިގެންނެވެ. އޭނާގެ ތޫނު ބެލުން އަމާޒުވެފައިވީ ސީދާ މުސްކާންގެ މޫނަށެވެ. ޖެހިލުންވުން މުސްކާންގެ މޫނަށް ވެރިވުމާއެކު ލުހާމްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

ހޮސްޕިޓަލުން އެނބުރި ގެއަށް އައި ފަހުން ލުހާމް އުޅުނީ މުސްކާނާ ދުރުދުރުންނެވެ. މުސްކާން ހުންނަ ތަނަކުވެސް އޭނާ މަޑުކޮށްނުލައެވެ. ލުހާމްގެ ފުށުން އެފަދަ އެއްވެސް ގޯނާއެއް އޭގެފަހުން ނުފޯރުމުން މުސްކާން ހީކުރީ ކުރެވުނު ކަންތަކާމެދު އޭނާ ދެރަވެ ކުށް ގަބޫލުކުރީކަމަށެވެ. އިތުރަށް އެފަދަކަމެއް ތަކުރާރު ނުކުރާނެ ކަމަށެވެ. އެވަކިތައް ދަށުން އޭނާ މިންޖުވީ ކަމުގައި ގަބޫލުކުރެވުނެވެ. އެހެނަސް މިރޭ އެދެލޮލުން ސާފުކޮށް ފެންނަންހުރި ކުލަވަރުން ކުރެވުނީ ކިހައި ބޮޑު ކުށްހީއެއްކަން މުސްކާންގެ ސިކުނޑި ދެނެގަތެވެ. ބިރުގަތް ނަމަވެސް އެތަނުގައި ހުރެވޭކަށްވެސް ނެތެވެ. ޑިއުޓީ ގަޑި ކުޑަތަންވަމުން އައިކަން އިހުސާސުވެ އިސްޖަހައިލަމުން ކުރިއަށް މުސްކާން ހިނގައިގަތީ ލުހާމާ ފުދޭވަރަށް ދުރުމިން ބެހެއްޓުމަށް ނިންމަމުންނެވެ.

މުސްކާން ގޭޓާ ކައިރިވުމާއެކު އޭނާގެ ކުރިބައްދަމުން ފުންނަޒަރަކުން މުސްކާންގެ މޫނަށް ލުހާމް ބަލައިލިއެވެ. އެދެލޮލުގައި އަދިވެސްވީ ކުރިންވެސް ފެންނަން ހުންނަ ނުރައްކާތެރިކަމާއި ކެތްތެރިކަން ކުޑަކަމެވެ. މުސްކާން ހުއްޓުމާއެކު ލުހާމް ނުލަފާ ހިނިގަނޑެއް ޖަހައިލީ އޭނާއަށް ކާމިޔާބުވުމުން އެކަމާއި ފަޚުރުވެރިވާ ފަދައަކުންނެވެ. އެއްފިޔަވަޅު މުސްކާނާ ގާތަށް ލުހާމް އަޅައިލުމާއެކު އޭނާ ފަހަތަށް ޖެހިލިއެވެ.

"ހީނުކުރައްޗޭ އަހަރެންގެ އަތްދަށުން ސަލާމަތްވެވުނީ ކަމަށް.. ދުވަހަކުވެސް އެކަމެއް ނުވާނެ.. އަހަރެން ބޭނުންވާ ކަންތައް ނުފުދެނީސް އެހައި ފަސޭހައިން މުސްކާން ދޫކޮށެއްނުލާނަން.." މުސްކާންގެ ކަންފަތާއި މޫނު ގާތްކޮށްލަމުން ލުހާމް ބުނެލީ އަޑަށް ބާރުލައިފައެވެ. ބިރުންގޮސް ދެލޯ ބޮޑުކޮށްލުމާއެކު މުސްކާން ހުއްޓުންއަރާގޮތްވިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާ އެހެން ހުއްޓައި ލުހާމް އޭނާ ފަސްދީ ގޭތެރެއަށް މިސްރާބުޖެހިއެވެ. އެހުރިހައި އިރު އެތަނުގައި ލުހާމް ހުރީ މުސްކާނަށް އެއިންޒާރު ދޭން ބޭނުންވެގެން ހެއްޔެވެ؟ ދެފަރާތަށް ބޯހޫރައިލަމުން ފުން ނޭވާއެއް ފަޒާގެ ތެރަށް މުސްކާން ދޫކޮށްލިއެވެ. އަދި ތުރުތުރުއަޅަމުންދިޔަ އަތުން ކުޑައިގައި ހިފައި ބާރުކޮށްލަމުން އަވަސް އަވަހަށް ގެއިން ނުކުމެ ގޭޓް ލައްޕައިލިއެވެ.

* * * * *

ޖެހި ބާރު ގުގުރިއެއްގެ އަޑާއެކު ސިހިފައި ރުހައިމްއަށް ދެލޯ ހުޅުވައިލެވުނެވެ. އަވަސްވެފައިވި ނޭވާ ހަމައަކަށް އަޅުވައިލަމުން އޮތް ފަރާތް ނޫން އަނެއްފަރާތަށް އޭނާ އެނބުރުނެވެ. އެވަގުތު ތަންކޮޅެއް ދުރުން މަޑު ގިސްލުމެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ވާރޭގެ އަޑާއި އެކުވެ އެވޭނީ ގިސްލުމުގެ އަޑު އަންނަމުންދިޔައީ ކިތަންމެ މަޑުން ނަމަވެސް އެއަޑަށް ރުހައިމް ސަމާލުވެލިއެވެ.

"ކާކު.. މުސް.. މުސްކާން ތަ؟" ނިތަށް ރޫއަރުވައިލަމުން ރުހައިމް އަހައިލިއެވެ. ރުހައިމްގެ އަޑާއެކު އެމަޑު ގިސްލުމުގެ އަޑު ހުއްޓުމަކަށް އައިކަން އޭނާއަށް ފާހަގަވިއެވެ.

"މުސްކާން ދޯ.." އަނެއްކާވެސް ރުހައިމް އަހައިލީ ޔަގީންކުރަން ބޭނުންވެފައި އޮވެއެވެ. ކޮޓަރީގެ ކުޑަދޮރު ކައިރީގައި ފުރަގަސްދީގެން ހުރި މުސްކާން އަވަސް އަވަހަށް ދެލޯފުހެލަމުން ނަފުސު ހަމައަކަށް އަޅުވައިލިއެވެ. ފަތިހުގެ އެހިތްގައިމު ވަގުތު ލިބުނު ކުޑަ ހުސްވަގުތުކޮޅުގައި އޭނާ އެކޮޓަރިއަށް އައީ ރުހައިމްގެ ހާލު ބަލައިލުމުގެ ގޮތުންނެވެ. އެހެނަސް ނިދިފައިއޮތް ރުހައިމް ފެނުމުން އޭނާއަށް އެއްވެސް އުނދަގުލެއް ކުރާކަށް މުސްކާން ބޭނުމެއް ނުވިއެވެ. ކުޑަދޮރު ކައިރީގައި ހުއްޓި ފަރުދާ ކަހައިލުމާއެކު ވެހެމުންދިޔަ ވާރެއަށް އޭނާގެ ނަޒަރު އަމާޒުވެލިއެވެ. އެއާއެކު ލުހާމްގެ ބަސްތައް ސިކުނޑީގައި އެނބުރިގަތީ މުޅި ނަފުސުގެ ހަމަޖެހުން ނަގައިލަމުންނެވެ. އަމިއްލަ ބަދުނަސީބާއި މެދުގައި ވިސްނެމުންދިޔަ ވަރަކަށް ދެލޮލުން ކަރުނަ ހިލި ގިސްލެވެމުންދިޔަކަންވެސް އޭނާއަށް އިހުސާސުނުވީއެވެ. އެއަށްވުރެ އޭނާ ހުރީ އަމިއްލަ ފިކުރުތަކުގައި ބެހިގެން މާދުރަށް ގޮސްފައެވެ.

ރުހައިމްގެ އަޑަށް ސިހިފައި އެދިމާއަށް މުސްކާން އެނބުރުނެވެ. މޫނުމަތި އަތުން ފުހެލަމުން ކުދި ފިޔަވަޅުތަކެއްގައި އައިސް އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އޭނާ އިނށީނެވެ. އަދި މަޑުމަޑުން ހޫން ލައްވައިލީ ރުހައިމް ތަކުރާރުކޮށް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

"ރޮނީތަ؟" މުސްކާންކަން ޔަގީންވުމުން ރުހައިމް އަހައިލީ ކަންބޮޑުވެފައެވެ. "ނު..ނޫން.." އަވަސް އަވަހަށް މުސްކާން ބުނެލިއެވެ.

"ނުވާނެ އެހެންނެއް.. މުސްކާން ރޮނީކަން އަހަންނަށް ޔަގީން.. ބުނެބަލަ.. ކަމެއްވީތަ؟ ކީއްވެ ރޮނީ؟" ރުހައިމްގެ އަޑުގައިވީ އޯގާތެރިކަމެވެ. އެއަޑުގެ އަސަރުގައިޖެހި މުސްކާން ކުރަމުންދިޔަ ހިތްވަރު ފުނޑުފުނޑުވި ކަހަލައެވެ. ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަތައް އޮހޮރިގަތްއިރު އެތުންފަތް ފޫއަޅޫވައިލަމުން މަޑު އާހެއް ބޭރުވިއެވެ.

"މުސްކާން.. ވަޓްސް ރޯންގް.. ޕްލީޒް.. ތިވެގެން އުޅޭގޮތެއް އަހަރެން ގާތު ބުނެބަލަ.." ކަންބޮޑުވެފައި ރުހައިމް އަހައިލިގޮތުން މުސްކާން އޭނާގެ މޫނަށް ބަލައިލިއެވެ. ހާސްވެފައިހުރިވަރު އެމޫނުމަތިން އެއްވެސް ފޮރުވުމެއްނެތި ފެންނަން ހުއްޓެވެ. އަމިއްލަ މަޖުބޫރީ ހާލަތު ރުހައިމްއާ ހިއްސާކުރަންވީބާއޭ އެވަގުތު މުސްކާންގެ ހިތަށް އެރިއެވެ. ދެޚިޔާލެއްގައި އިން މީހަކު ފަދައިން މުސްކާން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

* * * * *

ކަރުނަ ފޮހެލާފާ... ސިއްރުކޮށްލުންހޭ...
ނޫނީ މޮޅުވާނީ... ހިއްސާކޮށްލުންހޭ...
އޭރުން ވޭނީ ފަރުދާ ކެހޭނީ...
މޭގެ ރިހުމާ ހަގީގަތް އެނގޭނީ...
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...

* * * * *

(ނުނިމޭ)

Ads by Ooredoo
  1. ހަސަނު

    ސަޅި ކަލޯ

  2. ޥަރަށް ރީތި ވާހަކާ އެކަމަކި ކުރު