ހަސަދަވެރިކަމުގެ އަލިފާންގަނޑު ގިނަ ފަހަރަށް ރޯވަނީ އާއިލާތަކުގެ ތެރެއިން: ޑރ. ޖަމީލް

ހަސަދަވެރިކަމުގެ އަލިފާންގަނޑު ގިނަ ފަހަރަށް ރޯވަނީ އާއިލާތަކުގެ ތެރެއިން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަަޙުމަދު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލުކަން ވެސް ކުރައްވާ ޑރ. ޖަމީލު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން އަދިވެސް ހުންނެވީ މި ސަރުކާރާ އެކު ކަމަށެވެ.
މި ޓްވީޓްގައި ޑރ.ޖަމީލް ވަނީ ޔޫސުފް ސޫރަތުގެ 7ވަނަ އާޔަތާއި މާނަ ހިމަނުއްވައިފައެވެ.
https://twitter.com/MJameelAhmed/status/1464954386564538373?s=20
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރުމުން، މިހާރު ސުޕްރީމް ކޯޓުގައި މި މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި މިހާރު މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލައި، މައްސަލަ އޮތީ ހުކުމް އިއްވުމާ ހަމައިގައެވެ.
ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަދި މިހައިތަނަށް މާބޮޑު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ މި ސަރުކާރާ އެކުކަން އެކި ކަންކަމުގައި ހާމަކުރައްވައެވެ.







ކޮމެންޓް