Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މަސްތުވާތަކެތީގެ ބޮޑުން ޑިފެންސް މިނިސްޓަރަށް އެނގިވަޑައިގަންނަވާ، ފިޔަވަޅެއް ނޭޅޭ

މަސްތުވާތަކެތީގެ ބޮޑުން ޑިފެންސް މިނިސްޓަރަށް އެނގިވަޑައިގަންނަވާ، ފިޔަވަޅެއް ނޭޅޭ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮތް މަސްތުވާތަކެތީގެ ނެޓުވޯކުގެ ތެރޭގައި ހިމެނޭ މީހުން އެނގިވަޑައިގަންނަވާކަމަށް ދޭހަވާ ފަދަ މޭރުމަކުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅު ދައްކަވައިފިއެވެ.

އިންޑިއާގެ ވިއޯން ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވައިލާ ހިންގަމުންދާ ކެމްޕެއިނުގެ ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ނެޓްވޯކުގެ ތެރޭގައި އުޅޭ މީހުން ކަމަށެވެ. އެހެންކަމުން އެއީ ކޮން ބައެއްކަން މިނިސްޓަރަށް އެނގިވަޑައިގަންނަވާކަން ވަނީ ހާމަވެގެން ގޮސްފައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ނެޓްވޯކުގެ ތެރޭގައި އިސްކޮށް އުޅޭ މީހުން އިންޑިއާއާ ގުޅުމާ މެދު ނުރުހުން ފާޅުކުރަނީ ރާއްޖެއާއި އިންޑިއާއާ ގުޅިގެން މަސައްކަތް ކުރާތީކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އިންޑިއާއާއި ރާއްޖެ ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމަކީ އެފަދަ މީހުންގެ ބޮޑު ކަންބޮޑުވުމެއް. ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށްގެންދާ ސަރވައިލެންސްތަކުގެ ސަބަބުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެބަ އަތުލައިގަނެވޭ. މިއީ އެމީހުންނަށް ބަލައިގަންނަން އުނދަގޫކަމެއް" މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ މި ފަދައިން ވިދާޅުވިއިރު މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހުން އެނގި ތިބެ އެމީހުންނާ މެދު މިހައިތަނަށް ވެސް ފިޔަވަޅު ނޭޅި ވަނީ ކީއްވެކަމެއް ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް ވިދާޅުވީ އެމީހުން ހިންގާ "އިންޑިއާ އައުޓު" ކެމްޕެއިންގެ ސަބަބުން އިންޑިއާއާ އެކު ރާއްޖެއިން ބާއްވަމުން އައި ގާތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް