Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އަނިޔާއަކީ ތާއަބަދު ދެވޭނެ އެއްޗެއް ނޫން، ހައްޤަށް މިވަނީ ނަސްރު ލިބިފައި: އަދުރޭ

އަނިޔާއަކީ ތާއަބަދު ދެވޭނެ އެއްޗެއް ނޫން، ހައްޤަށް މިވަނީ ނަސްރު ލިބިފައި: އަދުރޭ

ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން މިއަދު ސުޕްރީން ކޯޓުން ކުރި ހުކުމުން ހާމަވެގެން ދިޔައީ، އަނިޔާވެރިކަމަކީ ތާއަބަދު ކުރެވޭނެ އެއްޗެއް ނޫންކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ މިހައިތަނަށް ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުގައެވެ.

ދަށު ކޯޓުން އިއްވި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ތާއީދު ކުރައްވައިފައެވެ. އެހެންކަމުން ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު އެ ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ކުށުގެ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޔާމީން މިނިވަން ކުރުމާ ގުޅިގެން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ޙައްޤަށް ލިބުނު ނަސްރެއް ކަމަށެވެ.

"ހައްގަށް މިއަދު މިވަނީ ނަސްރުލިބިފައި. އަނިޔާވެރިކަމަކީ އަބަދު ދެވޭނެ އެއްޗެއް ނޫން" ރައީސް ޔާމީން މިނިވަން ކުރުމުގެ އުފަލުގައި ކީރިތި ކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ވަނީ ތާއީދު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް