Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

ރުމާލު2ގެ ހުކުމް ،ޕީޕީއެމްއަށް އުފާވެރި ކަރުނައިގެ ދުވަހެއް!

ރުމާލު2ގެ ހުކުމް ،ޕީޕީއެމްއަށް އުފާވެރި ކަރުނައިގެ ދުވަހެއް!

އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ހޭލަމޭލައަށް އޮތް ޕީޕީއެމް، އޮފީހުގެ ތެރޭގައި މިއަދު ކިތަންމެ ބައިބޯ ނަމަވެސް މުޅި ތަނުގައި އޮތީ ހަމަހިމޭންކަމެވެ. އާންމު މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އިސްވާރުން އެކި މާލަންތަކުގައި މިއަދުގެ ޝަރީޢަތް ބަލަމުން ދިޔައިރު ،އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ހުކުމަށެވެ. އެ ޙުކުމުން ރައީސް ޔާމީން މިނިވަންވެވަޑައިގަތް ސިޔާސީ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނޭކަމުގެ މުގުރު ޖަހައިލާ ވަގުތަކަށެވެ.

9 ޖެހިއިރު ފެށި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ބެންޗުގެ އިސްފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުންދިޔައިރު އަތަކަށް ގުނޑިނުލައި އެންމެން ވެސް ތިބީ ކަނުލައި އަޑުއަހާށެވެ. އިދިކޮޅު ކޯލިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމާއި ކުރީގެ ރައީސް ، ރައީސް ވަޙީދާއި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ޕާޓީގެ އިސްވާރުން ވެސް ހަނު ތިއްބެވީ މުޅި ސިކުނޑި މަހާޒުގެ ވާހަކައަށް ދޫކޮށްލައްވައިގެންނެވެ.

އިސްތިޢުނާފަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށަހެޅި 22 ޕޮއިންޓްގެ ތެރެއިން ފަހަރަކު ޕޮއިންޓަކަށް އިސްފަނޑިޔާރު މަހާޒުގެ ރައުޔު އިއްވައި އަދި ސުވާލު އުފައްދަވައި ، ހުއްޖަތް އިއްވަމުން ގެންދެވިއިރު ޕީޕީއެމް އޮފީހުގެ ތިން މާލަން އޮތީ މިލައިފައެވެ. ބަސް ހުއްޓިފައެވެ. އިސްތިއުނާފީ ޕޮއިންޓްތަކުގެ ތެރެއިން ފުރަތަމަ އިއްވެވި ހުރިހާ ޕޮއިންޓަކުން ވެސް ރައީސް ޔާމީނާއި ޕީޕީއެމް ބަލިވަމުން ދިޔައިރު މީހުންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރަމުންނެވެ. ކަންބޮޑުވުންތައް ފާޅުކޮށް މޫނުތައް ނުތަނަވަސްވަމުންނެވެ. ބައެއް މީހުން އަޑުލައި ރޮމުން ދިޔައިރު އެ މީހުންނަށް ހިތްވަރުދީ މަސަލަސްކުރާން ބައެއް މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

Advertisement
Allied Insurance — Square (box)

މުޅި މާހައުލު ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. އިސްތިއުނާފްގެ ފަހު ޕޮއިންޓްތަކުގައި ރައީސް ޔާމީނަށް ޕޮއިންޓް އިތުރުވަމުން ދިޔައިރު ކޮންމެ ޕޮއިންޓެއްގެ ރައުޔާއެކު އަތްތިލަބަޑީގެ އަޑުން މާހައުލު ގުގުވަމުން ދިޔައެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ކަށަވަރު ނުވާކަމަށާއި ދަށު ކޯޓްގައި ރައީސް ޔާމީނާ ދެކޮޅަށް ދިން ހެކިބަސްތަކަކީ ފާސިގު ހެކިބަހަށް ކަމަށް އިއްވި ރައުޔުތަކުގެ އުފާވެރި މާހައުލު ، މާ ބޮޑަށް ބަދަލުވެގެން ދިޔައީ ފަނޑިޔާރު މަހާޒުގެ ރައުޔު ޖުމްލަ ރައުޔު ހިސާބުންނެވެ. ރައީސް ޔާމީން މިނިވަން ވެއްޖެކަމަށް ނިންމައި އެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްޑާ ތާއީދު ކުރެއްވުމުން ތަކުބީރާއި ހަމްދުގެ އަޑުން މާހައުލު ގުގުވަމުން ދިޔައިރު ކަރުނަ ނާޅާ އެންމެ ލޮލެއް ވެސް ނެތެވެ. އިސްވާރުންނާއި އާންމުން އެކަކު އަނެކަކާ ބައްދައި ، ކޮނޑާއި ކޮނޑު ޖައްސައި ރޮމުން ، ހެމުން ސަލާމް ކުރަމުން ދިޔައިރު މުޅި މާހައުލުގައި އޮތީ ރުއިމުގެ އަޑެވެ.

<img class="alignnone wp-image-128692" src="https://cdn.dhen.mv/wp-content/uploads/2021/11/05946DF3-7A7D-4C61-B6C6-0209E2C5EB70-300x169.jpeg" alt="" width="511" height="288" />

[caption id="attachment_128693" align="alignnone" width="478"]<img class="wp-image-128693" src="https://cdn.dhen.mv/wp-content/uploads/2021/11/2E22230A-AABA-49C6-AE25-403445A4F9DD-300x225.jpeg" alt="" width="478" height="358" /> ޕީޕީއެމްގެ މެމްބަރުން އުފަލުން ރޮނީ[/caption]

އުފާވެރި ކަރުނައިގެ އެ މަންޒަރަށް ފަހު "ޝަރީޢަތުގެ މަޖިލީހުގައި" ޕީޕީއެމް އޮފީހުގެ އެކި މާލަންތަކުގައި ތިބި ސަތޭކައެއްހައި މީހުން މަގު މައްޗަށް ނިކުތް ނަމަވެސް މަގުމަތީގައި އެ އަދަދު އޮތީ އެތައް ގުނައެއް އިތުރުވެފައެވެ. ރައީސް ޔާމީނާއި ޕީޕީއެމްއަށް ތާއީދު ކުރައްވާ އެތައް ސަތޭކަ ބަޔަކު މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅުނު ހިސާބުން ފެށިގެން ރައީސް ޔާމީންގެ ގެކޮޅު ، ހ.ދޫވެއްސާ ހަމަޔަށް ދެ ސަފަށް އެތުރިލިއިރު ދެމުންދިޔަ ގަދަ އަވީގެ އިހުސާސެއް ވެސް ނެތެވެ. "ކުށްވެރިއެއް"ގެ ގޮތުގައި ސްޕްރީމް ކޯޓަށް ވަޑައިގެންނެވި ރައީސް ޔާމީން ، މައުސޫމް ބޭފުޅެއްގެ ގޮތުގައި ސްޕްރީމް ކޯޓުން ނިކުމެވަޑައިގެން "ޕީޕީއެމްގެ ޖައްވަށް" ނޭވާ ދޫކޮށްލެވިއިރު އެ މަނިކުފާނުގެ އިސްތިގުބާލުގައި ތިބި މީހުން ދިޔައީ އުފަލުން ހެމުން، ޝުޢޫރު ފާޅު ކުރަމުންނެވެ. ރަތްދޫލައިގައި ގެކޮޅަށް ވަންނަން އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް ދެ އަހަރަށް ވުރެ ގިނަ ދުވަހު ރައީސް ޔާމީނާ ދުރުގައި ތިބޭން ޖެހުނު އެ މަނިކުފާނުގެ ސަޕޯޓަރުން އެ ވަގުތު ގިނަވެ ބޮޑިވުމާ އެކު އާންމުންނާ ސަލާމް ކުރައްވަން ރައީސް ޔާމީނަށް ޖެހިވަޑައިގަތީ މަގުގެ އަނެއްފަޅި ޚިޔާރު ކުރައްވާށެވެ. ސަލާމް ކުރުމަށް ސަފު ހަދައި ، ގެއިންނާއި އެތަން މިތަނުން އެ ސަފާ ގުޅުނު މީހުން ގިނަވުމުން ސަލާމް ކުރެއްވުން ނިންމަވައިލެއްވީ އަސްރު ނަމާދު ވަގުތު ޖެހުމުންނެވެ.

[caption id="attachment_128689" align="alignnone" width="470"]<img class="wp-image-128689" src="https://cdn.dhen.mv/wp-content/uploads/2021/11/597FF6B9-AF29-455E-8600-A6EAC3329BA3-300x200.webp" alt="" width="470" height="313" /> ބޮނޑިވެފައިވާ މީހުންގެ ތެރެއިން ރައީސް ޔާމީން އާންމުންނަށް ސަލާމުގެ އިޝާރާތް ކޮށްލައްވަނީ | ފޮޓޯ: އަދަދު[/caption]

ޕީޕީއެމް،ޕީއެންސީއަށް މިއަދު މިއީ އުފާވެރިކަމުގެ ދުވަހެކެވެ. ނަޞްރާއި ކާމިޔާބީގެ ދުވަހެކެވެ. "ކާލާ މަންނަ"އަށް ފަހު ދިވެހި ސިޔާސީ މައިދާނުގައި ވިދައިލި "ރުމާލު2" ގައިދުކުރުމާ އެކު ފެށި ފިނި "ދެދޮރު ދޭތެރޭ މުޒާހަރާ"އިން ފެށިގެން ޕީޕީއެމުން , މިއަދު ހޯދުމަށް އިއްޔެ ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. ކާނިވަލުގައި ފެށި ވަނދު "ވަށް ޖަލްސާ"އިން ފެށިގެން މަގުމަތީގައި މަދު މީހުންތަކެއް ކުރި މުޒާހަރާތައް އެ ޕާޓީން ވަނީ އެތައް ގުނައެއް އިތުރުކޮށްފައެވެ. ޕާޓީގެ ޤާނޫނީ ގުނަވަންތައް ރަށްރަށުގައި އުފައްދަވައި ލަޝްކަރު ތަރުތީބު ކުރައްވައިފައެވެ.

[caption id="attachment_128678" align="alignnone" width="520"]<img class="wp-image-128678" src="https://cdn.dhen.mv/wp-content/uploads/2021/11/IMG-d34029579d4d0525a3a0ce3faab5e0c4-V-300x225.jpg" alt="" width="520" height="390" /> ރައީސް ޔާމީން ގެއަށް ވަޑައިގަންނަވަނީ[/caption]

ޖަލުގައި އޮންނަވައި ރައީސް ޔާމީން ނެރުއްވި "މަގޭ ރާއްޖެ"ޝިޢާރުގައި ނިކުމެ ޕީޕީއެމް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް ވެރިރަށް މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއް ފަތަހަކޮށްފައެވެ. އޭގެ ފަހުން "ކޮބާ ކޮބާ މަގޭ ފްލެޓާއި" ، "މަވެސް ޕީޕީއެމް"އާއި "މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން"ގެ އެތައް ސަތޭކަ "ބޮޓުންނެއް" ނިކުމެ ރައީސް ޔާމީންގެ ގައުމީ އަދި ތަރައްގީގެ ފިކުރު ވަނީ ގަދަކޮށްފައެވެ.

މިއަދު ސްޕްރީމް ކޯޓުން އިއްވި ހުކުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ޝައުޤުވެރި އެތައް ބަދަލެއް އަންނާނެކަމަށް މަޞްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. މިއަދުގެ ހުކުމަކީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ވެސް ތަދުވާނެ ހުކުމަކަށް ވާނެކަމަށް މީސްމީޑިއާގައި އެކި ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

[caption id="attachment_128697" align="alignnone" width="587"]<img class="wp-image-128697" src="https://cdn.dhen.mv/wp-content/uploads/2021/11/7A3409CA-DA06-492C-ABCC-91B7EA95EFE0-300x225.jpeg" alt="" width="587" height="440" /> ޕީޕީއެމް އޮފީހުގައި ހަރުކޮށްފައި ހުރި"ފްރީ ރައީސް ޔާމީން" ޕޯސްޓަރު ، ދެ އަހަރަށްފަހު ބަދަލުވެފައި[/caption]

ސިޔާސީ ހުކުމެއްގައި ގައިދުކޮށް ދިވެހި ފަސްގަނޑުން ބޭރުކުރުމަށް ކުރުމަށް ހެދި އެއްވެސް ޑީލެއްގައި ނުހިއްޕަވައި ރައީސް ޔާމީން ދެއްކެވި ހިތްވަރުގެ ސަބަބުން ސްޕްރީމް ކޯޓުގެ ހުކުމް މިއަދު އައީ ރުމާލު ދެއަކަށެވެ. ހާމަވެގެން ދިޔައީ ސިޔާސީ މައިދާނުގައި އެ ކާޑަކީ ތާއީދު ބޮޑު ، ގަދަފަދަ ކާޑެއް ކަމެވެ. ޕާސްޕޯޓް ހިފެހެއްޓުމާއި ޝަރީޢަތްތައް ކުރިއަށް ފެންނަން އޮތް ނަމަވެސް ، ޕީޕީއެމްއަށް މިއަދު މިއީ ދިރުން ލިބުނު ދުވަހެކެވެ. 2018ގެ އިންތިޚާބުން ބަލިވެ ލިބުނު ހިތާމައިގައި ތިއްބާ އެ ޕާޓީގެ ލީޑަރު ޖަލަށް ލައި ކޮށްލި ހިތްދަތިކަން ފިލައި ގޮސް މާ ރީތި ދުވަހަކަށް އަލިވިލުނު އުއްމީދީ ދުވަހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް