Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އަޣްލަބިއްޔަތު އޮތަސް، ޕާލަމެންޓްރީ ނިޒާމެއް ނެތި ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ: ރައީސް ނަޝީދު

އަޣްލަބިއްޔަތު އޮތަސް، ޕާލަމެންޓްރީ ނިޒާމެއް ނެތި ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ: ރައީސް ނަޝީދު

ރާއްޖޭގައި ޕާލަމެންޓްރީ ނިޒާމެއް ނެތި ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ "އާސްކް ސްޕީކަރ" ޕްރޮގްރާމުގެ ހަތަރުވަނަ ޕްރޮގްރާމުގައި އެ މަނިކުފާނާ މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ، ވަޒީރުން މަގާމުން ވަކިކޮށް ޖަވާބުދާރީ ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު، މިހާރު ވެސް އެމަނިކުފާނު ލީޑަރެއްގެ ގޮތުގައި ހުންނަވާ އެމްޑީޕީގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮތް އިރު ވަޒީރުންނާ މެދު ފިޔަވަޅު ނޭޅެނީ ކީއްވެތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އުސޫލެއްގެ ގޮތުން ވަޒީރުންނާ މެދު ފިޔަވަޅު އަޅައި، ވަޒީރުން ރައްޔިތުންގެ މަޖިލީހުގައި ވަޑައިގެން ތިއްބަވާ، އެތަނުގައި ކޮންމެ ދުވަހަކު ވެސް ވާހަކަ ދައްކަވައި، އަދި ދިމާވާ ކޮންމެ ކަމަކަށް އެތަނުގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ނިޒާމަކީ (އުސޫލަކީ) ޕާލަމެންޓްރީ ނިޒާމް ކަމަށެވެ.

Advertisement
HDC — Sidebar (box)

"ޕާލިމެންޓްރީ ނިޒާމް ނެތި އެ އުސޫލުގެ އެންމެ އަސާސީ ސިފަ އަޅުގަނޑުމެން ދިޔުމަކީ ވަރަށް ދަތި ކަމެއް. އަަޅުގަނޑުމެންނަށް އެ އުސޫލު ބޭނުންވޭ. ޕާލިމެންޓްރީ ނިޒާމެއް ނެތި މަޖިލީހުގެ ކިތަންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނު ކަމުގައިވީ ނަމަވެސް އެއީ ސަރުކާރު ހިންގުމުގައި މަޖިލިސް ބޭނުން ކުރެވޭނެ ގޮތްތަކެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޕާލިމެންްޓްރީ ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް