ޚަބަރު ސިޔާސީ

އަނެއް ބަންދު ހުރަސް އަންނަންދެން ރައްޔިތުންނަށް ޚިދުމަތް ކުރާނަން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަނެއްކާ ވެސް ޖަލަށް ލަންދެން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް އިިދިކޮޅު ލީޑަރު ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކްރިމިނަލް ކޯޓުން މީގެ ދެ އަހަރު ކުރިން ރައީސް ޔާމީނަށް އިއްވި ހުކުމް، އިސްތިއުނާފީ އެންމެ މަތީ މަރުހަލާއިން ބާތިލް ކުރުމާ ގުޅިގެން ދެ އަހަރު ފަހުން މިނިވަންވެ ވަޑައިގެން މިރޭ ރައީސް ޔާމީން ވަނީ ޕީޕީއެެމް ހަރުގޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލު ބަންދުގައި ހުންނެވިއިރު، އެމަނިކުފާނު ސަލާމަތްކޮށްދެއްވުމަށް ޕީޕީއެމްގެ ލީޑަރުންނާއި ކައުންސިލް މެންބަރުންނާއި އާއްމު މެންބަރުން ކުރެއްވި މަސައްކަތަަށް ޝުކުރު އަދާކުރައްވައިފައެވެ.

"[ސަލާމަތްވުމަށް މެދުވެރިވިއެއް ސަބަބަކީ] އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ތިޔަ ލޮބުވެތި އެތައް ހާސް ރައްޔިތުންގެ ހެޔޮ އެދުމާއި ހެޔޮ ދުޢާއާއި ރޭގަނޑުގެ ވަގުތުތަކާއި ދުވާލުގެ ވަގުތުތަކުގައި ދެ އަތްޕުޅު އުފުލައިގެން ﷲގެ ހަޒްރަތަށް އަޅުގަނޑު ސަލާމަތް ކުރައްވާތޯ ދުޢާ ކުރެއްވި ކުރެއްވުމުން" ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދުޢާކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިހާލަތުން ކުރިޔަށް ދިއުމަކީ އިލާހީ ބަސްފުޅު ކަމަށާއި އެގޮތަށް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ

"ﷲ މިންވަރު ކުރައްވަނީ އިމްތިހާންތަކެއް. އަހަރެމެން ބަލިކަށި އިންސާނުން އެ އިމްތިހާން އެކި ގޮތް ގޮތަށް ތަޙައްމަލު ކުރާނެ، އެހެން ނަމަވެސް އަޅުގަނޑުމެން ޤަބޫލު ކުރަންވީ މިފަދަ ހާލަތެއްގައި ވެސް ކުރިޔަށް ދިއުމަކީ އިލާހީ ބަސްފުޅު"

ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނު މިނިވަންވުމާ އެކު ޕީޕީއެމްއިން ކުރަމުންދާ މަސައްކަތުގެ ގިޔަރު، މަތީ ގިޔަރަކަށް ބަދަލުވާނެ ކަމަށެވެ. އަދި "އިރާދަ ކުރެއްވިޔާ އަނެއްކާ ވެސް އަނެއް ބަންދު ހުރަސް އަންނަންދެން" ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ ފަރާތްތަކަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޖައްބާރު ބައެއްގެ ކުރިމަތީގައި ޙައްޤުބަސް ބުނާއިރު، އަންނަ އުދަނގޫތަކެއް ކުޑަ ނުވާނެ ކަމަށާއި މަސައްކަތް ކުރަނީ އެކަން ދެނެގެން ކަމަށެވެ. އަދި ޙައްޤަށް ނަޞްރު ދެއްވާނެ ކަމަށް އޮންނަ އިލާހީ ބަސްފުޅު މިއަދު ވެސް ތެދުވެއްޖެ ކަމަށާއި ކޮންމެ ހަމަލާއަކާ ކެރިގެން ކުރިމަތި ލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި މިސްކިތްތަކަށް އިހާނެތިކޮށް ހިތުމާއި މިއީ އަޅުގަނޑުމެން ޤަބޫލު ކުރާ ކަންތައްތަކެއް ނޫން" ކޮންމެ ގޮތެއް ހެޔޮ ކަމެއް ޤަބޫލު ކޮށްގެން ޕީޕީއެމްއިން ނުތިބޭނެ ކަމަށާއި ޤައުމު ދެކެ ލޯބިވާ ފަރާތްތަކާ އެކީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވައި ލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެން ގޮސްފި ކަމަށާއި ރައްޔިތުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްއިން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިސޯސް ތަނަވަސްވި ނަމަ، ފުދުންތެރިކަން އިތުރުވި ނަމަ މިއަށް ވުރެ ގިނަ މަސައްކަތް ކުރެވުނީސް، އެހެން ނަމަވެސް ޤަބޫލުފުޅު ކުރައްވަން ޖެހޭނެ، ޤާނޫނު ހިންގުމުގެ ހުރިހާ ބާރުތަކެއް، ޤާނޫނު ހެދުމުގެ ހުރިހާ ބާރުތަކެއް އަދި ތަންފީޒް ކުރުމުގެ ހުރިހާ ބާރުތަކެއް ރައްޔިތުންގެ ކިބައިން ކެހިގެން ދިޔަ ގޮތަށް އެ އޮތީ އެއްބައެއްގެ އަތަށް ޖަމާވެފައި" ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް އޮތުމުން އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by HDC
  1. ޤާސިމް

    ދެންވެސް ވައްކަން ނުކުރާތި.މައިތިރިވެ ތައުބާެވެ، ނެގި ހުރިހާފައިސާ ހަވާލުކިރީމަ ވަރަށްރަނގަޅުވާނެ. ޙެޔޮބަސްއަހާ. ރުޅިނާދޭބުރޯ

  2. ހަސަން ތައްޚާނު

    ވައްކަމާއި ބާރުވެރިކަމުގައި ހިންގާ އަނިޔާވެރި ވެރިކަމަކީ އަހަރެމެން ނިކަމެތި ރައްޔިތުން ނުރުހޭ ސިފައެއް. މިގައުމުގަ ޢިއްޒަތް ލިބެނީ ޖަރީމާ ހިންގައި މުއްސަނދިވާ މީހުނަށް. އިޚްލާސްތެރި ހެޔޮލަފާ މީހުންނަކީ މޮޔައިންކަމަށް ދުށުން ޢާންމުވެ އެފަދަ މީހުން މިތިބީ ބާކީވެފަ. ދީނާއި ގައުމަށްޓަކައި ކަމަށް ބުނެ އަޑުއުފުލާ މީސްމީހުންގެ ކަންކަން ހުރިގޮތް ގާތުން އަހަރުމެން ބަލައި ތަޖުރިބާ ކޮށްފީމު. މިފަދަ ސަބަބުތަކާހުރެ ގިނަބަޔަކު މިތިބީ މައިދާނުން އެއްފަރާތްވެގެން. ސިޔާސީގެ މާނައަކީ މަކަރާއި ޙީލަތްކަން ޔަގީންވެއްޖެ.