ދީން

އަނބިމީހާގެ ނުރުހުމުގައި ޖިމާޢުވުމުގެ ޙުކުމް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ފިރިމީހާ ޖިމާޢުވާން އެދިއްޖެ ޙާލަތުގައި އެކަމަށް އިންކާރު ކުރުމަކީ އަނބިމީހާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, އެކަމަނާގެ ބަލި ޙާލަތެއް ނެތް ނަމަ, ނުވަތަ އަދާކުރަން ޖެހޭ ވާޖިބަކަށް ހުރަސް ނޭޅޭ ނަމަ, ފިރިމީހާގެ އެދުމަށް އިޖާބަ ދިނުމަކީ ވާޖިބު ކަމެކެވެ.

Ads by Sosun Fihaara

އިމާމް ބުޚާރީއާއި މުސްލިމް ރަޙިމަހުމަالله އަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުالله ޙަދީޘް ކުރައްވާފައި ވެއެވެ. (إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ ) މާނައަކީ: “ފިރމީހާ އޭނާގެ އަނބިމީހާއަށް ތަންމައްޗަށް ގޮވައިލާހިނދު އެކަމަށް އިންކާރުކޮށްފި އަންހެނާއަށް ލަޢްނަތްލެއްވުން އެދި ހެނދުނުވަންދެން މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަތެވެ.”

ޢުޛުރެއްނެތި އެކަމުން މަނާވެގެންފި ނަމަ އެކަމަނާ ވާނީ ނުކިޔަމަންތެރި އަނތްބަކަށެވެ. މިކަމުގެ ސަބަބުން އެކަމަނާގެ ޙައްގުގައި ފިރިމީހާގެ މައްޗަށް ޙައްގުވެގެންވާ ނަފަގާ ނުވަތަ ޚަރަދު ކުރުމުގެ ޙައްގު ގެއްލިގެންދާނެއެވެ.

ފިރިމީހާގެ މައްޗަށް ވާޖިބު ވެގެން ވަނީ އެކަމަނާއަށް ނަޞޭޙަތް ދިނުމެވެ. އަދި اللهގެ ޢުގޫބާތުގެ ބިރުވެރިކަމުގެ ވާހަކަ ކިޔައިދިނުމެވެ. އަދި ތަންމަތިން އެކަމަނާ ވަކި ކުރުމެވެ. އަދި އަނިޔާ ނުވާ ގޮތަށް ޖެހި ވެސްދާނެއެވެ. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. (وَاللاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا) މާނައަކީ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ނަމަ, ފަހެ އެކަނބަލުންނަށް ނަޞޭޙަތްދޭށެވެ. އަދި އެކަނބަލުން ތަންމަތިން ވަކިކޮށްލާށެވެ. އަދި އެކަނބަލުންގެ ގައިގާ އަނިޔާނުވާނެ ގޮތަށް ޖަހާށެވެ. ފަހެ ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެ ނަމަ, އެކަނބަލުންގެ މައްޗަށް އަނިޔާވެރި މަގަކަށް ނޭދޭށެވެ. ހަމަކަށަވަރުން, اللهއީ އެންމެ މަތިވެރި އެންމެ ބޮޑު އިލާހެވެ.”

އަނބިމީހާ އެއްދާން ކުރަން ދެކޮޅު ހަދައިފި ޙާލަތުގައި ކަންތައް ކުރާނެ ގޮތަކީ ކޮބައިތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުاللهއާ ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. “ނުކިޔަމަންތެރިވުމަކީ އަނބިމީހާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ފިރިމީހާއާއި އެކު އެއްދާންކުރުން މަނާވެގަތުމަކީ ވެސް އަނބިމީހާއަށް ލިބިގެންވާ ޙައްގެއް ނޫނެވެ. އަދިކިއެއްތަ, އެކަމަށް މަނާވެގަނެ, އެގޮތުގައި ދެމިހުރެއްޖެ ނަމަ އަނިޔާ ނުވާނެ ގޮތަކަށް އެކަމަނާ ގައިގާ ޖެހުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. އަދި އެފަދަ އަންހެނަކަށް ޚަރަދު ކުރުމެއް އަދި އެހެން އަނބިން ތިބިނަމަ ރޭތައް ބެހުމުގައި ހަމަހަމަ ކުރުމެއް ވެސް ނެތެވެ.” މަޖްމޫޢުލް ފަތާވާ 32/279

ނުކިޔަމަންތެރި އަނތްބަކު ހުރި ފިރިހެނަކު އޭނާގެ އަނބިމީހާއަށް ޚަރަދު ކުރުން ހުއްޓައިލެވިދާނެތޯ އަދި އެކަމަނާއާ މެދު ކަންތައް ކުރަންވީ ކޮންގޮތަކަށްތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުاللهއާ ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. ފިރމީހާއަށް ނުކިޔަމަންތެރިވުމުގައި ދެމިހުރެއްޖެހައި ހިނދަކު އެކަމަނާގެ ނަފަގާ (ޚަރަދު) ވެއްޓިގެންދާނެއެވެ. ނުވަތަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ.އަދި އެގޮތުގައި ދެމިހުރެއްޖެނަމަ އަނިޔާ ނުވާ ގޮތަށް ޖެހުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވެއެވެ. ފިރިމީހާ އެދިއްޖެ ޙާލަތުގައި މަނާވެގަތުމަކީ އެކަމަނާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, މިޙާލަތުގައި އެކަމަނާއަކީ الله އަށާއި ރަސޫލާ އަށް ނުކިޔަމަންތެރިވެފައިވާ އަންހެނެކެވެ. އިމާމް މުސްލިމް ރަޙިމަހުاللهއަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (ما مِن رَجُلٍ يَدْعُو امْرَأَتَهُ إلى فِرَاشِهَا، فَتَأْبَى عليه، إِلَّا كانَ الذي في السَّمَاءِ سَاخِطًا عَلَيْهَا حتَّى يَرْضَى عَنْهَا) މާނައަކީ: “ފިރިޔަކު އޭނާގެ އަނބިމީހާ އަށް ތަންމައްޗަށް ގޮވާލާ ހިނދު އެކަމަށް މަނާވެގެންފިނަމަ, ފިރިމީހާ އެކަމަނާ ދެކެ ރުހިއްޖެއުމަށް ދާންދެން އުޑުގައި ތިއްބަވާ ބޭކަލުން އެކަމަނާދެކެ ކޯފާވެގެންވެއެވެ.” މަޖްމޫޢުލް ފަތާވާ 32/278.

އެހެންކަމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަނބިމީހާއަށް ނަޞޭޙަތްތެރިވުމެވެ. އަދި ނުކިޔަމަންތެރިވެއްޖެ ނަމަ اللهގެ ކޯފާއާއި މަލާއިކަތް ބޭކަލުންގެ ލަޢްނަތްލެއްވުމާއި އެ ބޭކަލުންގެ ނުރުހުން އެކަމަނާއަށް ލިބިގެންވާ ކަމުގެ ވާހަކަތައް ހަނދާންކޮށްދިނުމެވެ. އެ ގޮތުން ވެސް އެކަމަނާ އިޖާބަ ނުދީފި ނަމަ ތަންމަތިން ވަކިކުރާނީއެވެ. އެގޮތުން ވެސް އިޖާބަ ނުދީފި ނަމަ އަނިޔާ ނުވާގޮތަށް ޖަހާނީއެވެ. އެގޮތުން ވެސް ކިޔަމަންތެރި ނުވެއްޖެ ނަމަ ޚަރަދު ކުރުން ހުއްޓައިލާނީއެވެ. ދެންވެސް ރަގަޅު ނުވެއްޖެ ނަމަ ވަރި ކުރާނީއެވެ. ނުވަތަ ޚުލްޢުވަރިއަކުން ވަރިވުމަށް އަނބިމީހާއަށް އިޚްތިޔާރު ދެވިދާނެއެވެ. والله أعلم.

ނޯޓް: މިލިޔުމަކީ https://islamqa.info/ar/answers/33597/%D8%A7%D8%AC%D8%A8%D8%A7%D8%B1-%D8%A7%D9%84%D8%B2%D9%88%D8%AC-%D8%B2%D9%88%D8%AC%D8%AA%D9%87-%D8%B9%D9%84%D9%89-%D8%A7%D9%84%D8%AC%D9%85%D8%A7%D8%B9އަޞްލެއް ކަމުގައި ބަލައިގެން ކުދިކުދި ބަދަލުތަކާ އެކު ލިޔެފައިވާ ލިޔުމެކެވެ. وبالله التوفيق والسداد.

Ads by HDC
  1. ޢަހްމަދު

    ސުރުހީގަ އިނީ ހުކުމް.. ކިޔާ ނިމުން އިރުވެސް ސާފެއްނުވި.

  2. ަނޭގެންޔާ ނުލިޔެބަލަ

    ހޑ ހެޑިން ގަ އޮތް ވާހަކަ އެއްނުން ލިޔެފަ މިއޮތީކީ. ފިރިމީހާ އާއި ޖިމާއުވަާން ދެކޮޅުހަދާ އަނބިމީހާގެ ހުކުމް ލިޔެފަ މިއޮތީ. ގަދަކަމުން އަބިމީހާ ރޭޕް ކުރާ ފިރިއެއްގެ އެއްވެސް ވާހަކައެއް ނެތް މިތާކު ލިޔެފައެއް

  3. ހުކުމް އެއޮތީ ފެންނަން ތަރުތީބުން. ނެތްކަމެއް ނުކުރެވޭނެ. އެންމެ ފަހު ޕެރެގްރާފްގަ އެއޮތީ ކަން ކުރަންވީ ތަރުތީބު. އެތަރުތީބު ނިމޭއިރު އޮތީ ވަރި. އެތަރުތީބުތެރޭގައި، ތިޔަބައިމީޙުން ގަދަކަމުން ނަމަވެސް އެކަން ކުރާށެކޭ ނެތް

  4. އުމަދު

    ގަދަކަމުން ކަމެއްކުރުމުގެ އިޚުތިޔާރު މީގައި ފާހަގަ ކުރެވިފައިނެތް. ވީމާ ރޭޕްވާނީ ހަމަ ރޭޕަށް.

  5. ހެއްސޯ ހުތާ

    އެހެންވެގެން ބައެއް ފިރިން ނުވަތަ ބައެއް އަނބިން އެހެން ދިމަދިމާލަށް ދާގޮތް ވަނީ. ދެރަ ކަންކަން. ވިސްނޭއިރު އޮންނަނީ އެހެން ދިމާލަކުން ރުކެއް އިންދިފަ، އެހެން ވަޅަކުން ފެން ބޮވިފަ..!!

  6. ރިއަލްސް

    ފިރިމީހާއަކީ އަނބިންނަށް އަނިޔާކޮށް ހަރަދުނުދީ އަނބިން މެދުގައި ތަފާާތުކޮށް ގަދަކަމުން ޖިންސީގުޅުން ހިންގަށް އުޅޭނަމަ އަންހެނުންނަށް އެކަމަށް ދެކޮޅު ހެދުމުގެ ހައްގު އޮންނާނެ.އަދި ގެވެށި އަނިޔާ ލިބޭނަމަ އެކަމުން ވިކްޓިމް ސަލާމަތް ކުރުމަކީ ވާޖިބުކަމެއް.އަނިޔާވެރިކަމަކީ އިސްލާމް ދީން ހުއްދަކޮށްފައެއް އެއްޗެއްނޫން.

  7. ޓަކި މޫނާ

    ލާދީނީ މީހުންތަށް ކޮމެންޓުތަކުން މިހާރު ފެންނާނެ.