ޚަބަރު ސިޔާސީ

ޝިޔާމްގެ ރައްދު މައުސޫމްއަށް: ހިތްފަޅައިގެން ދިޔަޔަސް މި ސަރުކާރަށް ގުލްދަސްތާތަކުގެ ވެދުމެއް ނުލިބޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް ޔާމީނަށް ރައްޔިތުންގެ ފަރާތުން އޮތް ތާއީދެއް މި ސަރުކާރަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ނުލިބޭނެކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ޝިޔާމް މިފަދައިން ވިދާޅުވީ ކޮރަޕްޓް ބޭފުޅަކަށް ގަބީލާ ގަބީލާ ހަދައިގެން މަރުހަބާ ކިޔައި ގުލްދަސްތާތައް ވެދުން ކުރުމަކީ އެހައި ރަނގަޅު ކަމެއް ނޫންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ އެފަދަ ކަންކަމުން ދޭހަވާ ކަމަކީ ކޮރަޕްޝަނަކީ އާދައަކަށްވެ، ރައްޔިތުންނަށް ލިބެންޖެހޭ އާމްދަނީ ނުލިބި ދަރަނިވެރިވުން ވެސް ރައްޔިތުންނަށް ރަނގަޅު ކަމަށެވެ. އަދި މިފަދަ ސިޔާސީ ފަރާތްތަކުން ޖަހާހައި ބެރަކަށް ނެށުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް މިފަދައިން ވިދާޅުވުމާ ގުޅިގެން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތް ވެރިޔަކަށް މަރުހަބާ ދަންނަވައި، ތާއީދު އޮތްކަން ދެއްކުމަށް ރައްޔިތުން ގުލްދަސްތާތަކާއި، ވެދުންތައް އަރުވާނެ ކަމަށެވެ. އެކަމަކީ ނުރުހޭ ބަޔަކު ކިތަންމެ ނުރުހުނު ކަމުގައި ވީނަމަވެސް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙަކީ ގަބީލާތަކުން ގުލްދަސްތާ އަރުވާވަރުގެ ވެރިއެއް ނޫން ކަމުން އެފަދަ މަންޒަރު ނުފެންނަނީ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.

“މުއްސަނދިކަމަކީ ބަންޑާރަ ތިޖޫރީގައި ހުންނަން ޖެހޭ އެއްޗެއްކަމެއް ނުދެނަހުރިން. ކޮބައިތޯ ކީހައި ޅެން. ރައްޔިތުންގެ ޖީބަށް ޕައުންޑު ވައްދައި ނިމުނީތޯ. ސްލޯލިހުއަކީ ގަބީލާތަކުން ގުލްދަސްތާ އަރުވާވަރުގެ ވެރިއަކަށް ނުވާތީ އެފަދަ މަންޒަރެއް ނުފެންނަނީ. ހިތްޕުޅަށް ތަދުވާނެކަން އެނގޭ” ޝިޔާމް ވިދާޅުވިއެވެ.

މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!