ޚަބަރު އިޖުތިމާޢީ ސަރުކާރު

ބިޑް ޕްރޮޕޯސަލް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ލޯންޗުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޓަކައި ތައްޔާރުކޮށްފައިވާ "ބީލަން ޕޯޓަލް" މިއަދު އިފްތިތާހުކޮށްފިއެވެ.

Ads by STELCO

ބީލަން ޕޯޓަލް ލޯންޗުކޮށްދެއްވައިފައި ވަނީ މިނިސްޓަރ އިބްރާހީމް އަމީރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 12 މަސްތެރޭ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200އަށް ވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށެވެ.

މީގެ އިތުރުން ‏މި ޕޯޓަލްއަކީ ހާމަކަން ބޮޑު ގޮތެއްގައި ބީލަމުގެ މަރުހަލާ ކުރިއަށް ގެންގޮސް, ބިޑް ހުށަހެޅުމުގައި ބީލަންވެރިން ކުރާ ޚަރަދުކުޑަކޮށް, އެ ފަަރާތްތަކުގެ އިތުބާރާއި ޔަޤީންކަން ލިބޭނެގޮތަށް, ބިޑްތައް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެހެން ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕޯޓަލް ފަރުމާކޮށްފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ. މި ޕޯޓަލް ތަރައްގީކޮށްފައި ވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މިފަދަ ޕޯޓަލްތަކުގައި ހިމެނޭ ސެކިއުރިޓީ ފީޗާޒްތައް ހިމަނައިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!