Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާ ފަރާތްތައް ފޯމު ހުށަހަޅަން ހުޅުވައިލައިފި

ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާ ފަރާތްތައް ފޯމު ހުށަހަޅަން ހުޅުވައިލައިފި

ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުއްވައިލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މި ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 12:30އަށް އެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރެޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި މި ފޯމުތައް ބަލައިގަންނާނީ މިކަމަށް ޚާއްސަކުރެވޭ ކައުންޓަރުތަކުން ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވާތީ އަލުން ރެޖިސްޓްރީ ވާން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް