ޚަބަރު ސިޔާސީ

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއްކަން ރައީސް ޔާމީނަށް ދަސްކޮށްދިނީ ރައީސް ނަޝީދު: ޔައުގޫބު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު ޔައުގޫބު އަބްދުﷲ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއްކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަސްކޮށްދީ ދިވެހި ރައްޔިތުން އެކަމަށް ޑިމާންޑު ކުރުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ"އާ ގޅޭގޮތުން ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެއް އެންމެ ފުރަތަމަ ފެށީ 2008ވަނަ އަހަރު އައި އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އަސާސީ ހައްގެންކަން ދަސްކޮށްދިނީ އޭރުގެ ރައީސް ނަޝީދުކަމަށް ވެސް ޔައުގޫބު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކަށް ވަދެލުމުން ވަރަށް ނިކަމެތި ރައްޔިތުންނަށް އެ ތަންތަނަކީ ދިރިއުޅެން ރަނގަޅު ތަންތަންކަމުގައި ވެދާނެ ކަމަށާއި އެއީ ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.

"އެހެން ނަމަވެސް ސުވާލަކީ އެ އީހެއްޔޭ ދިވެހިންގެ ވެލިއުއަކީ. ދިވެހިންނަކީ އެހައި ދަށް ބައެއްތޯ. ދިވެހިންނަކީ ކުޑަކުޑަ ކޮށްޓެއްގައި ތިބެންޖެހޭ ބައެއްތޯ. އެއީ 400،500 އަކަފޫޓު އަނެއްކަ ބޮޑު އާއިލާއެއް އުޅެން މިޖެހެނީ" ހިޔާ ފްލެޓުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ހިޔާ ފްލެޓުތަކަކީ ދިވެހިން އުޅޭ ޒާތުގެ ތަނެއް ނޫން ކަމަށެވެ. އެއީ ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށާއި އެހެންކަމުން ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިންކަމަށް ރައީސް ޔާމީނަށް ނުދެންނެވޭނެކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އެކު ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދު ފުއްދާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް ޔައުގޫބު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެހެން ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ޔައުގޫބު ވިދާޅުވީ ކުރީ ސަރުކާރަށް ކުރިއަށް ގެންދެވުނީ މާލޭގެ ދެތިން މަޝްރޫއެއްކަމަށެވެ. އެއީ ހައުސިންގ މަޝްރޫއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، މިސްކިތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޔައުގޫބުގެ ވާހަކައިގައި އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އައު ރަންވޭއާއި ޓާމިނަލްތައް ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީކުރިކަން ފާހަގައެއް ނުކުރައްވައެވެ. އަދި މާލޭގެ ވަށައިގެން ތާރު އެޅުމުގެ މަޝްރޫއާއި، މާލެއާއި ހުޅުމާލެއާއި ދެމެދުގެ ބަހުގެ ހިދުމަތުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ފާހަގައެއް ނުކުރައްވައެވެ.

"އެކަމަކު ބައްލަވާ މިއިން ކޮންމެ މަޝްރޫއަކުން ގޮތް ނޭނގޭ ގޮތަށް އެތައް ބޮޑެތި އަދަދުތަކުން ބޮޑު ހަމަ ކަރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ބައިވަރު ފައިސާއެއް ގޮސްފި" މެމްބަރު ޔައުގޫބު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔައުގޫބު ވިދާޅުވީ ކޮރަޕްޝަން ނުހިންގި ނަމަ ހިޔާ މަޝްރޫއުން އިތުރު 1000 ފްލެޓު އެޅޭހައި ފައިސާ ސަލާމަތް ކުރެވުނީސް ކަމަށެވެ.

ޔައުގޫބު މިފަދައިން ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމުގެ ނަމުގައި 30 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގައިފައެވެ. ގާނޫނާއި ހިލާފަށް ދޫކުރި އެފައިސާގެ ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އަދިވެސް އެފައިސާ ދައުލަތަކަށް ނުލިބެއެވެ.

Ads by HDC
  1. ގަނެ

    ޔައުގޫބަށް ކިޔަވައިދިނީ މައުމޫނު

    • ށަވިޔަނި

      ވަގުހިފަން އައިމީހަކު ވިއްޔާ މިހާރު ހިތަށްއަރާނެ އެހެން ނުބުނެހުރެވުނު ނަމައޭ ހިފަންޖެހުނު ވަގުގެ ބަރުކަމުން ދަމާ ނެރެވޭ ގޮތެއްނުވި. އެހެންވެހެން ހީވަނީ ނުހިފުނީ

  2. ބޯގޯސް

    ތިކަންދަސްކޮއްދިންމީހާއް ނުކުރެވުނު އެއްކަމެއްވެސް

  3. ނަސޭހަތް

    ނަޝީދަށް އަޅުދާސްތުވުން ހުއްޓާލިޔަސް ސަޕޯޓް ހޯދޭނެ

  4. އައި

    މީފަހެ ކޮން ޔައުގޫބެއް؟؟؟

  5. ޢަލީ

    ތިޔައުގޫބައް ހިގަންދައްކޮއްދިނީ އަޅުގނޑު! އަނގަ ނާރުވާ ހުރެބަމަ ތީގުނޑީގެއްލިފަ ހުރި މީހެއް=